ގިނަ ބަޔަކާއި އެކު މާލެ އިން ދ.އަތޮޅު މީދުއަށް ދަތުރުކުރި ދޯންޏެއް އެރަށު ވިލުތެރޭގައި ކަރަންޓީން ކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނި މީދޫ ފަޅަށް ވެސް ވަނުން މަނާކޮށް ވިލުތެރޭގައި ކަރަންޓީން ކޮށްފައި އޮންނަތާ މިހާރު ހަތަރު ދުވަސް ވެއްޖެއެވެ. ދޯނީގައި 12 ވަރަކަށް މީހުން އެބަތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ދޯނީގައި ތިބި މީހުން މީދުއަށް އެރުން އެރަށު ކައުންސިލާއި، ރަށުގައި އޮންނަ ޓާސްކްފޯހުން މަނާކޮށްފައި ވަނީ ދޯނީގައި ހުރި މީހަކު މާލޭ ލިލީ ސްޓޯރު ފިހާރައަށް ގޮސްފައި ވާތީއެވެ. އެ ފިހާރައިގެ މުވައްޒަފަކު ކޮވިޑް-19 އަށް މީގެ ކުރިން ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ.

މީދޫ ފަޅުތެރޭގައި ހަތަރު މީހަކު ލޯންޗެއްގައި ވެސް ކަރަންޓީން ކޮށްފައި އެބަތިއްބެވެ.

ކޮވިޑް-19 މާލެ އިން ފެނުނު ފަހުން އެކި ރަށްރަށުގެ ކައުންސިލްތަކުން އެކި ނިންމުންތައް އެކި ގޮތައް ނިންމަމުން ގެންދިޔަ ނަމަވެސް އެކަމާއި ގުޅިގެން ސަރުކާރަށް އެއްވެސް ފިޔަވަޅެއް އެޅޭ މަންޒަރެއް ނުފެނެއެވެ. މިހާރު ވެސް އެކި ރަށްރަށުގެ ފަޅުތެރޭގައި އެތައް ބަޔަކު ރަށަށް ނޭރި ތާށިވެފައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނާޝިދު

    ބަލި ކޮންޓުރޯލު ކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެ

    40
  2. އައިޝާ

    ބަލަ މާލޭގައި ބަލި ފެތުރުނު ގޮތަށް ފެތުރެން ދޫކޮށްލައިގެންތަ ރަށްރަށުންވެސް ތިބެންވީ. ރަށްރަށުގެ ސިއްހީ ނިޒާމު އޮތްގޮތް އެނގޭތަ؟ ވަގަށް ލޯންޗެއްގެ ވެރިފަރާތުގެ ދަނބިދަރި މާލެއިން ގެނެސްގެން ރަށަށް ނާރުވައިގެން އަނބުރާ ގޭސްގަނޑެއްމީ. މާލޭގައި ރަށަށް ނުދެވި އެތައް ބަޔަކު ތިއްބައި ވަގަށް ރަށަށް ގެނެސް ރަށުގައި މިމީހުންގެ ބާރާއި ނުފޫޒުއޮތްކަން އަންގަން މިއުޅެނީ.

    53
    1
  3. ޕަންޕު

    ދޯނީ ކުދިން ޝަކުވާއެއް ނުކުރޭ.އެމީހުން އެތިބީ އެއްބާރުލުންދީގެން.ޝުކުރިއްޔާ ބެންޑޭ.

  4. ޏަން

    ޜަށް ރަށުން އަމަލުކުރާ ގޮތްގޮތާ މެދު ފާޑުނުކިޔުން މިވަގުތިގެ ހާލަތަށް ބަލާއިރު މުހިއްމު..... ޢިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ.... ޜަށަކަށް މިބަލި އަރައިފިއްޔާ ދެން ވާން އޮތް ގޮތް ވެސް ހަމަ ރަނގަޅަށް އެންމެނަށް އެނގޭނެ.... ޜަށްރަށުގެ ސިއްހީ ނިޒާމެއް ނެތް... ޢައިސީޔޫއެއް ނެތްތާ ހަމައަށް ޑަކްޓަރުން ތިބީ އެއްނޫން.... މައިމޫނާ ވެސް ބޮޑޭ ވެފަ ރަށްރަށުން އަމަލު ކުރާގޮތް ހަރުކަށްޓޭ މަޑު ކައްޓޭ ކިޔައިގަތީމާ ހަރުކަށިކޮށް ފިޔަވަޅު އަޅަމުންދާ ރަށްރަށުގެ މީހުން ނުކުންނަނީ ކައުންސިލާ ޓާސްކް ފޯސް އާ ދިމާލަށް.... މީވަރަށް ވާހަކަ... ލޯބި ލޯބިންނެއް "ދިވެހިން" މަތަ ނުކުރެވޭނެކަން ހަމަ ވަރަށް ރަނގަޅަށް އެނގޭނެ އެއްބައެއް މައިމޫނާމެންނަކީ... ޙަރުކަށި ވެ ދަނޑިމާރު އެޅުން ނޫން ގޮތެއް ދިވެހިންނަށް އެބައޮތްތަ...؟

    10
    1
  5. ރޯނު އެދުރު

    ކީކޭ ބުނާނީ ދެން. މިތިބަ ބޯގަމާރު ކައުސިލަރުން މިއޮއްކުރާ ލާއިންސާނީ ކަންކަމެއްދޯ! މިކަން އަޅެފަހެ ޖެހިއްޖެންނު އެލްޖީއޭއިނާއި އެޗްޕީއޭން ހުއްޓުވަން. ތަނެއް ދޮރެއް ދޮރުއަށްޓެއް ނޭނގޭ ބަޔަކު ބައެއްގެ އެތަކެއް އިންސާނީ ހައްގުތަކެއް ނަގާލަމުންމިދަނީ. މިމީހުންނަށް ނޭނގެނީތަ އެމީހުން ގެންގޮއްސަ ރަށުގަ ކަރަންޓީން ކުރަން. މީ އިންޑިޔާގެ އަވައްގަނޑެއް ނޫނެ މިއޮށްފަދަ ޒަމާނުގަ މިގޮތަށް ދިވެހި ރައްޔިތުންނާމެދު ކަންކުރަން ދޫކޮށްލައިގެން ތިބެން.

    16
  6. ކޮތަރު

    ތިޔަމީހުން ރަށަށް އަރުވައިގެން ގޯސްގޮތަކަށް ކަމެއް ދިމާވެއްޖެއްޔާ ގޮވާނެ ކޮބައިހޭ ކައުންސިލް، ކޮބައިހޭ ޓާސްކްފޯރސް، ކޮބައިހޭ އެޗް.ޕީ.އޭ! މިނާޒުކު ދަނޑިިވަޅުގައި ކެއްތެރި ވެލުމަކީ އެންމެންގެ ސަލާމަތަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް.

    13
  7. ޟީބަނަ

    އިއްޔެވެސް މ މުއްޔަށް އައިސް އެބައުޅޭ ރާއްޖޭގެ އެތަން މިތާންގަ މަހައްދާން އުަލުނުމީހަކު އެމީހާއަޢީ އެއަތިޅު ކޮޅުފުށީން ލިޔުމެއް ހިފައިހެންކަމަށް ހަބަރުލިބޭ އެގިތަށް މީހުން ރަށްރަށަށް އެރުމުގެ ހުއްދަ އޮބޭބާ

  8. ރާކަނި

    މިއީ މިހާލަތުގައި ކަންކުރަންވީ ގޮތެވެ. ދީނުގައި އޮންނަނީވެސް ބަލި އުޅޭތަނަކަށް ނުދިއުމާއި ބަލި އުޅޭތަނަކުން ނުނިކުތިމަށެވެ. ވީއިރު އެމީހުން މާލެއިން ރަށަށް ދިއުމަކީވެސް މިއަމުރާ ޚިލާފް ކަމެކެވެ.

    14
  9. ހޭލާ

    ބަލަ އަހުރެންވެސް ކޮލަރާތެރޭގަ ހަފުތާއެއްވަންދެން ފަޅުގައޮތީމޭ. އަމުރަށްކިޔަމަންވެގެން