އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ހިމަނައިފި ނަމަ ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން އެހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައި އެވެ. އަލްހާން ވިދާޅުވީ ނަޝީދަށް ޕްރިމަރީގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅުން ނެރޭ ކެންޑިޑޭޓު ކަނޑައަޅާނީ ޕާޓީތަކުގެ އެތެރޭގައި ބާއްވާ ޕްރައިމަރީއަށްފަހު ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއްޔެ އިއުލާން ވެސް ކުރައްވާފައެވެ. ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އައްޔަން ކުރައްވާފައެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާއިރު އިދިކޮޅު ފަރާތް ތަކުން ހުކުރު ދުވަހު އއ ރަސްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އިބޫ ވިދާޅުވީ، އިދިކޮޅު އެއް ކެނޑިޑޭޓެއް ހުންނާނެ ކަމަށާއި ރައްޔިތުން ކުރަންވީ ކަމަކީ އެ ކެނޑިޑޭޓަށް ވޯޓު ދޭން ތައްޔާރުވުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އަލްހާނު ގަދައިނގޭ.

  2. އަހުމަދު

    ހުމާމުގެ ނަންވެސް އޮންނަންޖެހޭ

  3. Anonymous

    ހުމާމުގެނަންވެސް އޮންނަންޖެހޭ

  4. ފަހުމީ

    ކަލޭތީ ކާކުތަ އަނެއްފަހަރު?

  5. މާސް

    އައްނިޔައް ވާދަކުރެވެންޔާ ޖަލުގަތިބޭ މީހުންގެ ނަންއޮންނައް ޖެހޭނެ

  6. ދޮށީ ސޮރު

    މަށަށް ފެނޭ ރާއްޖޭގެ އެކަހެރި ހިސާބަކުން ބޮޑުފަޅެއް ހިއްކާފަ ނަމަވެސް ނަށީދުއާ އެކު ހިއްޕަވަން ބޭނުންވާ ރައްޔިތުންނަށް ވަކި ސަރުކާރެއް ހަދާފަވެސް އެސޮރަށް ވެރިކަމެއް ދޭން