ކޮވިޑް-19 އާ ރާއްޖެ ކުރިމަތިލާން ޖެހުމުން އެތައް ޒަމާނެއް ވަންދެން ރާއްޖޭގެ ރީތިކަން ވިއްކި ރިސޯޓް މަހުޖަނުން، މިއަދު ފިލާ ތިބުމުން ހިތާމަ ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައް ކޮށް، އިގްތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް 4.2 ބިލިއަން ރުފިޔާ ބޭނުންވާތީ ފިނޭންސް މިނިސްޓްރީން މަޖިލިހަށް ހުށަހެޅި މައްސަލަ އަށް ބަހުސް ކުރައްވައި ރާއީ ވިދާޅުވީ ރިސޯޓްގެ ބޮޑެތި ވެރިންނަށް ހިފަހައްޓާ ނުލެވިދާނެ ކަމަށް ސަރުކާރުން މީގެކުރިން ގަބޫލު ވެސް ކޮށްފައި ނުވާ ކަމަށެވެ.

އެތައް ރިސޯޓް މުވައްޒަފުންނެއްގެ ވަޒީފާ ގެއްލި، މަގުމަތިވެފައިވާ އިރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ކޮބާއިތޯ ރާއީ ސުވާލު ކުރެއްވިއެވެ.

ސަރުކާރުން ގައުމު ހަލާކުވާން ދޫކޮށް ނުލާނެ ކަަމަށާއި ހުރިހާ ކަމެއް ވެސް ކައިރިން ބަލަމުންދާ ކަމަށް ރާއީ ވިދާޅުވިއެވެ. އަދި ރާއީގެ ވާހަކައިގައި ވަނީ ރާއްޖޭގެ ރިސޯޓުތައް ހިންގަމުންދާ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"މިހާލަތު މިއަދު ދިމާވީމަ ރާއްޖޭގެ ރީތިކަމާއި މުއްސަނދި ފަޅުތަކާއި، މައުސޫމްކަން ވިއްކައިގެން މީގެ އެތައް ޒަމާނުއްސުރެ ތިބި ރިސޯޓް މަހުޖަނުން އެމީހުން ކޮބައިތޯ މިއަދު؟ ފިލީ. މިދިޔަ ސަރުކާރުގައި ފައިސާތައް އެކި ގޮތްގޮތަށް ވަގަށް ނަގައިގެން ތިބި މީހުން އެ ފައިސާތައް ދޭންވީ ނޫންތޯ؟" ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މިވަގުތު އިމްޕޯޓް މަދުކޮށް ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ޓުއަރިޒަމް މި ހާލަތުން އަރައިގަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އިގްތިސާދު ކުރިއަރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ގިނަ އަދަކަށް ރިސޯޓްތަކުން މުވައްޒަފުން ވަކި ކުރާތީ އެކަން އެގޮތަށް ނުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. ދިވެހި މުވައްޒަފުން ވަކިކުރާ ރިސޯޓްތަކަށް ސަރުކާރުގެ ސްޓެމިއުލަސް ޕެކޭޖުން އެހީއެއް ނުލިބޭނެ ކަމަށް ވެސް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

ސަރުކާރުން ބުނީ ޕެކޭޖްތަކުގެ އެންމެ ބޮޑު ބޭނުމަކީ ރިސޯޓް ދާއިރާގެ ވެސް އަދި ވިޔަފާރީގެ ދާއިރާގެ މުވައްޒަފުން ހިމާޔަތް ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޓަކިބޭ ދައިތަ

    "ކޮވިޑް-19 އާ ރާއްޖެ ކުރިމަތިލާން ޖެހުމުން އެތައް ޒަމާނެއް ވަންދެން ރާއްޖޭގެ ރީތިކަން ވިއްކި ރިސޯޓް މަހުޖަނުން، މިއަދު ފިލާ ތިބުމުން ހިތާމަ ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެއެވެ." ---

    މިގޮތަށް ޢިއްޒަތްތެރި މެންބަރު ވިދާޅުވިއިރު، ތިޔަ ޢިއްޒަތްތެރި މެންބަރަކީ ކަނޑައެޅިގެން އިސްލާމްދީނާއި ރަސޫލާގެ ސުންނަތަށް ފުރައްސާރަކުރާ އެމްޑީޕީ ރީނދޫބައިގަނޑުގެ ތެރޭގައި އެނބުރޭ ވަހުތާނެއް ނޫންތޯއެވެ؟ ތިޔަޢިއްޒަތްތެރި މެންބަރަށް ދާއިރާގެ މެންބަރުންގެ ޙައްޤުތައް އަދާކުރެވޭތޯއާއި މަކުނުދޫ ދާއިރާ މަޖިލީހުގައި ތަމްޘީލު ކުރެއްވޭތޯއެވެ؟ ކޮންމެހެން މަހަކު 10 ފަހަރު ނޫސްތަކުގެ ފަލަ ޞުރުޚީން މަޝްހޫރުވެ ވަޑައިގަތުމަށްޓަކާ ތިޔަވެވަޑައިގަންނަވަނީ ހާދަހާވާ ވަރެއް ދެއްތޯއެވެ؟

    66
    4
  2. ކަތްދާފުޅު

    "މިދިޔަ ސަރުކާރުގައި ފައިސާތައް އެކި ގޮތްގޮތަށް ވަގަށް ނަގައިގެން ތިބި މީހުން އެ ފައިސާތައް ދޭންވީ ނޫންތޯ؟" މަކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ރާއީ ވިދާޅުވިއިރު:

    ޑިމޮކްރަސީގެ ހެޔޮވެރިކަމެއް ދިވެހިންނަށް ކޮށްދޭންކަމަށް ވަޢުދުވެ ވަޑައިގެން ބޮޑުބަދަލަކަށް ރައްޔިތުން ނިކުމެ ވޯޓްލާ 30 އަހަރުގެ މައުމޫން ޢަބްދުލްޤައްޔޫމްގެ ޚުދުމުޚުތާރު ވެރިކަން ދިވެހިން ބަދަލުކުމަށްފަހު، ކ. މާލެ / ގ. ކެނެރީގޭ އަލްފާޟިލް މުޙައްމަދު ނަޝީދު (މިހާރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި ރައީސް) ވެރިކަމާއި ޙަވާލުވެ ވަޑައިގެން ރައްޔިތުންގެ ވަލިއްޔުލް އަމަރަކަށް ހުންނެވި އިރު 4.8 ބިލިޔަން ދިވެހިރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާކަން ހިސާބުތަކުން ދައްކައެވެ. އެފައިސާ ދިވެހިރައްޔިތުންގެ މާލިއްޔާ އަށް ޖަމާކޮށް ނުދީ މިއަދާއި ހަމައަށްވެސް ރައްޔިތުން ވަނީ ދަރަނިވެރި ކުރުވާފައެވެ. މިފައިސާ ރައްޔިތުންގެ މާލިއްޔާއަށް ވެސް ޖަމާކޮށް ދެއްވާށެވެ! ޤައުމު ލޫޓްވާލާފައިވާ އެންމެންގެ މައްޗަށްވެސް ޙައްޤު އަދަބު ދޭން ޖެހޭނެ ދެއްތޯއެވެ؟

    66
  3. ނަައީމް

    ތިކަމެއްނޭގުނު ކަލޭވެސް މިވަރުގެ ވެރިކަމެއްނެތިގެން ތެޅުނުއިރު ބަލަކަލެޔަށްނޭގުނުތާ އެންމެފުރަތަމަވެސް މިސައުކާރު ވެންޓިލޭޓަރަށް ލާންޖެހުނީމާވެސް ސަލާމަތްކުރި އެރީތިކަން ވިއްހި ޗަމްޕާކަން ކަލެއަށް އެވަރުވެސް ނޭގުނު ބަލަ މީ މިސަރުކާރުގެ ދޯހަޅިކަމޭ ކީއްވެތަ ބުނަން ނުކެރިގެން ތިއޫޅެނީ އަދިވެސް ތެލިބައލާ މިވަތުގެ ކަމުން ސޯލިހު ނަމުން ނަމުން ދޯހަޅި ވެރިޔަކު ނެތިގެން މުޑުދާރު އަންނިގެ ފަހަތުގަ ހުރިހާ ދުވަހަކު މިގައުމަކަށް ރަނގަޅު ގޮތެއްނެތް

    57
  4. ސިކުނޑި

    އިތުރު ވާހަކައެއް ބޭނުމެއްނޫން! ތިޔަ ބޭފުޅުންގެ މުސާރައިގެ %50 މިހާރުން މިހާރަށް އުނިކޮށް ދެއްވާ! ތިޔަ ބޭފުޅުން ވަގަށް ގޮވި ރައީސް 5 އަހަރުވަންދެން ނެގީ މުސާރައިގެ %50 އިންސައްތަ؟ ކޮބައިތޯ ތިޔަ ބޭފުޅުންގެ ލަދު ހަޔާތް! ގައުމާ ދޭތެރޭ ވިސްނާ ފިކުރުކޮށްލައްވާ!

    62
    1
  5. އަޙްމަދު މުހައްމަދު މަނިކު

    އަހަރެން ވެސް ހިތާމަ ކުރަން މަނިކުފާނު މަޖުލީހުގައި ކޮވިޑާއި ބެހޭ ގޮތުން ދެއްކި ވާހަކަ. މަނިކުފާނު ދައްކާ ވާހަކަ މީހުން ބަލައިގަންނަ މިހަކަ ފުރަތަމަ ވޭ. އޮޅިގެން މަޖުލީހު މެންބަރުކަން ލިބުނަސް ފެންވަރު ނޯޅޭށެވެ

    63
    1
  6. Anonymous

    މިއީ އެހާއެހާ ނުރައްކާތެރި ބައްޔެއް ނޫން ކަމަށާއި، އާދައިގެ ރޯގާއެއް ކަމަށާއި، ކޮވިޑް 19 މާބޮޑު ކަމަކަށް ހަދައިގެން އުޅެނީ ބައެއް މީޑިއާ ތަކުން ކަމަށާއި، އަމިއްލައަށް ޖަލުބަންދުވެގެން ތިބެން ނުޖެހޭ ކަމަށްބުނެ މަޖުލީހުގައި ހަޅޭއްލެވީ މި މެންބަރެއްނޫންތޯ. މިހާރު ކީކޭތޯ މިކިޔަނީ.

    60
    1
  7. Anonymous

    މިއީ އެހާއެހާ ނުރައްކާ ބައްޔެއް ނޫންކަމަށް ވިދާޅުވި ގައުމު މިހާލަތަށް ވައްޓައިލި މަޖިލީސް މެންބަރުންވެސް ތިބީ ރައްޔިތުންގެ ފައިސާ ބަނޑުއަޅައިގެން ފިލައި ތިބީމަ ހިތާމަކުރަން

    52
    2
  8. އައިޝަތު ހުމާމާ ހުސައިން

    މަޖުލީހުގައި ކޮވިޑުގެ މައުޅޫމާތު ދިމުނުން އެނގި ހާމަ ވެއްޖެ މަނިކުފާނުގެ ފެންވަރު. މީހެއްގެ ނިވަލުގައި ހުރި މީހެއްކަން އެނގުނު. ނަޝީދު ބުނާ ކޮންމެ އެއްޗެއް އެއީ މަނިކުފާނުއަށް ރަނގަޅު އެއްޗެއް. އެހެންވިމާ ކަނޑަ އިގޭ... ތިމާ ގެ ބަސް ވިކޭ މީހަކަށް ފުރަތަމަ ވޭ

    46
    1
  9. ާއެދަމް

    ތިސޮރުކިތަންމެރަނގަޅަށްވެސް ތިހުރިީ ފެންވަރު އޮޅިފަ ތިމަާ ޔަށްނޭންގޭ ކިޔޭ ނުކިޔޭ އެއް ވާނުވާގަ ހަމަޔަށް ވާަހަކަ ދެއްކޭނަމަ ކިހާ ވަރަކަުން ދާނެބާ ބޮލަށްފިތާލާފަ ހުރި ތާވަޅެއް ހެން ތެޅިބާލަނީ ތީ އެއްވެސް އަގެއް ހުރި އޮށްޓަރެއް ހުރި ވާހަކަ އެއް ދައްކަން އެނގޭ ސޮރެއް ނޫން އޮޅިގެން ތިއުޅެނީ ވ ސަލާމް

    43
    1
  10. ހަގީގަތް

    މީނަގެ ދާއިރާގެ މީހުންގެ ހާލު މި އުދަގޫ ދަނޑިވަޅުގައި ބަލާލިތޯ؟ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ އެއްޗެހި ދާއިރާގެ ރަށް ތަކުން ލިބޭތޯ

    43
    1
  11. ކަނަމަނަ

    ރާއްޖޭގެ ރީތިކަންވިއްކިމަހުޖަނުން ފުރަގަހުންގޮސް އެމަހުޖަނުންގެ ބުރަކަށީގަ ގަލުންތަޅާފަ މިއަދު ކޮންވާހަކައެއްތިދައްކަނީ ކަލޭމެންގެތެރެއިން ބައެއްމެމްބަރުންގެ ބަލާވެރިކަން އެމަހުޖަނުންނައްވަނީ ބޮޑުވެފަ މެމްބަރަކައް ވެވުނީމަ ކަލޭމެންގެ ހިތްވެސް ބޭނުންވީ ތިޔަބުނާ މަހުޖަނުންނާ އެއްހަމައަކައްދާން ވަރައް ދިގުރާސްތާއެއް ވަރައްހިއްވަރުހުރެގެން މަހުޖަނުން އެހިސާބައްދިޔައީ ކަލޯމެންހެން މެމްބަރުކަން ލިބުނީމަ ދާއިރާ ރައްޔަތުންގެ މަސްކައިގެނެއްނޫން މަހުޖަނުނައްވީ

  12. ބޭޗާރާ

    ކީރިތި ރަސޫލާގެ މަތިވެރި ސުންނަތަށް ފުރައްސާރަ ކުރާ ބަޔަކު ރައްޔިތުންގެ މަޖިލީހުގައި ތިބީތީ ހިތާމަކޮށް ރޮއިހަދަން.

    31
  13. ފިޔަވަޅު

    ކުރަންވީ ކަމަކީ މުސާރައިން ކަނޑާ އަދި މުސާރަ ނުދިން ރިސޯޓްތަކކުގެ ލައިސަންސް ސަރުކާރުން ހިފަހައްޓަންވީ .
    ކުރިޔައް އޮތް 3 މަހު މުސާރަ ދިން ރިސޯޓް ތަކުގެ ލައިސަންސް ދޫކުރާނީ .

    13
    4
  14. ތިރިބެ

    މިގައުމުގަ އެއްމެ މުއްސަދީ ކަންމަތި ފިފާރަހިންގިމީހުން ، ރިސޯޓުހިންގަނީ ފަގީރުން އެހެއްޏަފަހެ އެއްމަސް ހުވަސް ނުވެޓއަރސްތަކުނާނަތާ އަގަޔާ އަތާދިމާނުވި ރައް

  15. ީރިސާޗު ބޮޓު

    ޓުރިޒަމް ބޮއިކޮޓު ކުރަން ގޮވީ ކޮންބަޔެއް؟ ތިމާމެން އަމިއްލަ ސަރުކާރުގައި ގުދުރަތީ ސަބަބަކާއި ހެދި ނަމަވެސް މިއަދު ތިޔަތިބީ ރިޒޯޓުތަކަށް ފަތުރުވެރިން ނާންނަން ޖެހި، ބޮއިކޮޓުވެފައި. ދެން ބަކީއޮތް 3 އަހަރުވެސް ޖެހޭނީ އިގްތިސާދު ނަގައި ކޮޅަށްޖަހަން، ރައްޔިތުންނަށް ކަމެއްކުރަން މި ސަރުކާރުގެ ނަސީބުގައި ނެތް.

  16. ޖަޒީރާ ކޮވިޑް

    ޥޯޓާއިޖެހުނީމަ ރައްޔިތުން! ގައުމު، ވަތަން ދީން ! ޜައްޔިތުން ބިކަވެއްޖެ! ހާލުގައިޖެހިއްޖެ!ވަޒީފާގެއްލިއްޖެ! ޢެހީއަކަށް އަތްދިއްކޮށްފާނެތީ މަހުޖަނުން ނާއި ސިޔާސީވެރިން ފިލައިފި! މިޔޭމިވެރިންގެ ސޫރައަކީ!

  17. އަހްމަދު

    ރާއީކީއްކުރަންތަ ރިސޯޓުއޯނަރުންތިހޯދަނީ ކަމެއްގޯސްވީތަ މިދެންއާދައިގެރީގާއެއްނޫންތަ ސަރުކާރުމިއުޅެނީކިހިނެއްވެގެންތަ

  18. އޭއެމް

    ރާއީ ........... ތީބޮޑުވަރެއް ——— މިގައުމުގެ މޮޔަސޮރު ޖަހާހާ ބެރަކައް ލޮޅިލާ ކުދިންނައް ގޮވޭނީ ތިކަހަލަމޮޔަ ކޮވިޑޭ ،،،،،،،، ކިޔާފަވެސް މޮޔަ މިހާރުވެސް މޮޔަ !!!!!! އެމީހުންދިނިއްޔާ ލިބޭނީ !!!!’ ގޮވަގޮވާ ހުންނަން ޖެހޭނީ