ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާއި އެއްގޮތަށް ކަރަންޓީނަށް ދާން ދެކޮޅު ހެދި މީހަކު ކޯޓު އަމުރެއްގެ ދަށުން ކަރަންޓީނަށް ގެންގޮސްފިއެވެ.

ސިވިލް ކޯޓުން ބުނީ ރޭ ދަންވަރު ކަރަންޓީނަށް ދިއުމަށް ދެކޮޅު ހެދި ދިވެއްސަކު ކަރަންޓީނަށް ދިއުމަށް އެންގުމާއި އެކު އެފަރާތް ކަރަންޓީން ފެސިލިޓީއެއްގައި ބަންދު ކުރުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށެވެ. ސިވިލް ކޯޓުން ވަނީ މީގެކުރުން ކަރަންޓީނަށް ދިއުމަށް ދެކޮޅު ހަދާ މީހުންގެ މައްޗަށް އަމުރު ނެރެވޭނެ އުސޫލެއް އާއްމުކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނިފައިވުމާއި ގުޅިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެޗްޕީއޭގެ އެންގުންތަކަށް ހުރިހާ ފަރާތްތަކުންވެސް ތަބާވާން ޖެހެއެވެ. އެޗްޕީއޭގެ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުޝަހެޅުމުގެ އިޚްތިޔާރު އެ އިދާރާއެއް ލިބިގެން ވެއެވެ. އަދި މިފަދަ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ގޮތް ވެސް ސިވިލް ކޯޓުން ވަނީ ހަމަޖައްސާފައެވެ.

ރާއްޖެއިން މިހާތަަނަށް ކޮވިޑް-19ގެ 177 ކޭސްއެއް ވަނީ ފެނިފައެވެ. ރާއްޖެއިން މިހާތަނަށް މި ވައިރަސް އަށް އެންމެ ގިނަ ބަޔަކު ފައްސިވީވެސް މާލެއިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނިކަމެތި ދިވެހި ރައްޔިތުމީހާ

    ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހަދާނަމަ ޤާނޫނީ ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެހެންނަމަވެސް، ހިތާމަޔަކީ މިވައިރަސް އަކީ ޖައްވުން އައިސް މިތަނަށް ވެއްޓުނު ވައިރަސް އަކަށް ނުވާއިރު، މިވައިރަސް މިޤައުމަށް އެތެރެވިޔަ ނުދިނުމަށްޓަކައި ޤައުމުގެ ދޮރޯށިތައް ބަންދުކުރަން އެދި ރޮއި އާދޭސްކުރިއިރު ޞިއްޙީ މާހިރުންނާއި ޑޮކްޓަރުންނާއި ނޫސްވެރިންނާއި ދިވެހިރައްޔިތުންގެ ބަސްތަކަށް ބީރުކަންފަތެއްަ ދެއްވި މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ޚިލާފްވެ، ޤާނޫނު އަސާސީ އާއި ޤާނޫނުތައް ބޮލާލާޖެހި މިޤައުމު ހިންގަވަން ތިއްބެވި ބޭފުޅުންގެ މައްޗަށް ކޯޓް އަމުރު ނެރެ، ޖިނާއީ ތަޙްޤީޤު ހިންގެވުމަށް ސަލާމަތީ ބާރުތަކުން ފަސްޖެހިވަޑައިގަންނަވަނީ ކޮން ޤާނޫނެއްގެ ދަށުންތޯއެވެ؟

    20
  2. އަހްމަދު

    ގޭގެ ތެރޭގައި ބަހައްޓާ ބޭރުން ދަނގަޑުފްރޭމެއް ހަދާފައި ބޮޑު ތަޅުއަޅުވާފައި ބަހައްޓާ!

    12
    2
  3. ދިވެހިން

    މީހަހު ބަލިވުމަކީ ކުއްވެރިވެ ކޯޓުއަމުރު ނެރެންޛެހޭ ކަމެއްތަ؟ ބަލިވުމަކީ ކުއްވެރިވުންދޯ؟

    4
    18
    • ބީތާ

      މީހަކު ބަލިވުމަކީ ކުށެއްނޫން! އެކަމަކު ބަލިމަޑުކަމެއް އައިސްގެން އުޅޭއިރު އެބަލި މަޑުކަމުން ސަލާމަތްވާން މަސައްކަތް ކުރުމަކީ ލާޒިމުކަމެއް، އެއަމުރުނެރެން ތިބިމީހުންނަށް މަޖުބޫރުކަމެއް! އެއަމުރު ބަލައިގަންނަން މަޖުބޫރުކަމެއް!

      10
  4. ބަންގާޅު މީހާ

    އަލުންޓެސްޓުހަސަވީނޫން؟ ތިންވަނަޓެސްޓު ނަތީޖާއްކާނީ ބަލިނެއްކަމަށް. ރައުނާގެ ކޭސްއަށްވެސްވީ އެގޮތަކަނޫންތަ؟

    11
    1
  5. ހާރިސުބެ

    ބަލިވުމަ ކީ ކުއްވެރިވާނެ ކަމެއްނޫން. ގާނޫނީ ގޮތުން ބާރު ލިބިފައިވާ ފަރާތަ ކުން ކުރެއްވި އަމުރަށް ނު ިކކޔަމަންތެރިވުން. އެއީ ކުށަ ކީ. އެގިއްޖެތޯ؟!

  6. ގަމާރު

    ގެއިން ނުކުމިގެން ގޮސް ފަޅުރަށެއްގައި އެކަނި އޮވޭ، އެއިރުން ކޯޓްއަމުރެއް ހޯދާކަށް ހައްޔަރުކުރާކަށް ނުޖެހޭނެ! ތިކަހަލަ މަދު ބަޔަކު މަޖިލީހުގަވެސް އެބައުޅޭ! ތިކަހަލަ ބުރާންތިން ކޮންމެތާކުވެސް އުޅޭނެ! ފުޓްބޯޅައިން ކިތައްމެ މަޝްހޫރު ގައުމަކަށްވިއަސް، ބްރަޒިލްގެ ރައީސަކީވެސް ތިކަހަލަ ބްރާންޗެއް، އެމެރިކާގެ ރައީސަކަށް މިހާރު ހުރި މީހާ އަދި ރާއްޖޭގެ މަޖިލީހުގެ ރައީސަކަށް އިންނަނީވެސް އެއިގެ މީހެއް!

    10