ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނޭވާހޮޅިއަށް އެޅިފައިވާ ކަމަށާ މިހާލަތުގައި ދެން އޮތީ އަވަސް އިންތިޚާބަކަށް ދިއުންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ ރާއްޖެ އަށް ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތާ ގުޅިގެން އެހީއަށް އެދިއްޖެ ނަމަ، އެމެރިކާ އާއި ޗައިނާ އަދި އިންޑިއާ ފަދަ ގައުމުތަކުން އެހީވާނެ ކަމަށެވެ.

މީގެއިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މަސައްކަތަށް ފާޑު ވިދާޅުވެ އާދަމް ޝަރީފް ވިދާޅުވީ ފިނޭންސްް މިނިސްޓަރަށް އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން ނޫން ގޮތެއް ދެން ނެތް ކަމަށެވެ.

"މި ގައުމު ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރަން އެބަ ޖެހޭ. މިފަދަ ހާލަތަކުން ގައުމު އަރައިގަނެވޭނެ ވަރުގެ ހަރުދަނާ މަސައްކަތެއް ކުރެވޭނެ ބޭފުޅަކަށް ހުންނެވީ ރައީސް ޔާމީން. އަޅުގަނޑު ދެކޭ ގޮތުގައި އެފަދަ ބޭފުޅުންގެ އެހީތެރިކަމާ އެކީގައި، މިއަދު އެބަ ޖެހޭ އަޅުގަނޑުމެން ގައުމު ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރަން. އަޅުގަނޑު ދަންނަވާނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބާރު ނުކެނޑޭގޮތަށް ރައްޔިތުންގެ ކަންކަމަށް ބޭނުންވާ ފައިސާ ދިނުން މުހިންމޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް-19 އިގެ ސަބަބުން މުޅި ރާއްޖެ ފުރަބަންދު ކުރުމާއި ގުޅިގެން ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތި ވެފައިވާ ކަމަށާއި އެކި ބޭނުންތަކަށް މާލެ އައިސް ތިބި އެހެން ރަށްރަށުގެ މީހުން ހާލުގައި ޖެހިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ފުރަބަންދުގައި ތިބެން ޖެހުމުން ދުވަހު މުސާރައަށް މަސައްކަތް ކުރާ އާދައިގެ މީހުނަށް އާމްދަނީ ލިބޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ހާލަތެއް ގައުމުގައި އޮތް ސަރުކާރުގެ މިނިސްޓަރުންގެ ފަރާތުން ފެންނަމުން ދަނީ ޢައިރު ޒިންމާދާރުކަން ކަމަށާއި ހާލުގައި ޖެހޭ ރައްޔިތުންނަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތެއް ކޮށްނުދެވޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. މޮޔަސޮރު

    ކަލޭއަނެއްކާ ހަމަތަ މިފަދަ ބަލިމަޑުކަމުގެ ދުވަސްވަރު ތާކުންތާކު ނުޖެހޭ މޮޔަ ގޮވަނީ

    146
    159
    • ރާގޮޑިރާޖަ

      ދަތްދޮޅި ދުއްވާލަން ބުނިކަހަލަ ވަާހަކައެއް.
      ޥެރިކަމާހެދި މޮޔަވެފަ .މީދެން ތަންފުކެއް ބޮޑުވަރު ސަރީފޫ.

      76
      47
    • Anonymous

      ކުޑަ ކުދިންނަކަށް ނޭނގޭނެ، ގައުމުތަކުގެ ސަރުކާރުތައް އިސްތިއުފާ ދެނީ ރައްޔިތުންނަށް ދެވޭނެ ޚިދްމަތެއްނެތި އަތް ފައި ބަނދެވިމުން. މިސަރުކާރުގެ އަތްފައި ބަނދެވިފައިވަނީ އިންޑިޔާއިން ހުއްދަ ލިބިގެން ނޫނީ މާލީ ކަމެއްވެސް އެހީއެއްވެސް ހޯދުމަކީ މިސަރުކާރަށް ނުކުރެވޭނެ ކަމަކަށްވުން. އެހެންވީމަ މިސަރުކާރަށް އަދި ރައްޔިތުންނަށްވެސް ފައިދާވާނީ އިންޑިޔާގެ ވަކިތަކުގެ ދަަށުގައި އޮތް މިސަރުކާރު އިސްތިއުފާދިނުން.

      126
      46
      • ޢަހޮމަދު

        ކުޑަކުދިންނައްވެސް އެގޭނެ ވައްކަން ސާބިތުވީމަޢޮންނަން ޖެހޭނީ ޖަލުގަކަން.

        29
        19
  2. ނަައީމް

    ހާދަރަގަޅު ވިސްނުންފުޅެކޭ ހަމަތެދެއްތިބުނީ ނިކަމެތި ވެއްޖެ އަޅާލާނެ ވެރިޔަކުނުވި ރައްޔިތުން ހާލުގަ ޖައްސައިފި އަދިވެސް ސީދާ ހާލުގަޖެހިފަ ތިބި މީހަކަށް އެއްޗެއްނުދެވޭ ބަޖެޓް ހުސް ވީގޮތެއްވެސް ނޭގުނު މިކަން އަންގާނެ ގޮތެއްވެސްނެތިފަ

    116
    76
  3. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    މިހިނދުން މިހިނދަށް ސަލާމަތީ ބާރުތަކުން ޤައުމުގެ ކަންކަމާއި ޙަވާލުވެ ވަޑައިގަންވަންވީއެވެ. ނިކަމެތި ރައްޔިތުންގެ ކަންކަމާއި ޙަވާލުވާނެ ވެރިޔަކު އިންތިޚާބު ކުރެވެންދެން އަމާނާތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު ރައްޔިތުންގެ ކަންކަން ބެލެހެއްޓޭނީ ވެސް ސަލާމަތީ ބާރުތަކުގެ ބޭކަލުންނަށާއި ސަލާމަތީ ބާރުތަކުގެ ކަނބަލުންނަށް ކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. މިޤައުމު ސަލާމަތުގެ އައްސޭރިއަށް ވާޞިލް ކުރައްވާނދޭވެ! ވަލްޙަމްދުލިﷲ.

    135
    81
    • ޢަލީ

      ޢޭރުން ވެސް އަންނާނީ ޑިފެންސް މިނިސްޓަރ މާރިއޯ ދީދީ

      8
      11
    • ރާގޮޑިރާޖަ

      ގާދިރުބޭ ހިދުކޮޅެއްއައީތޯ. ޙަމަބުއްދީގަ ތިބޭމީހުން ދައްކާކަހަލަ ވާހަކައެއްނޫން
      ތީ.

      9
      8
  4. ޢިޔާބު

    މީ ސަރުކާރު އިސްތިއުާ ދޭންވީ ވަގުތު.

    116
    68
  5. ވެރިކަން މަށަށް

    މިޔޮއްފަދަ ވަގުތުގައިވެސް މަށަށް ވެރިކަން ވެރިކަން ވެރިކަން މައިންމަގަށް ލައްގަޅޭ ކިޔުން ނޫންކަމެއް ނެތް ދޯ. ކެތްތެރިކަމެއް ނެތްތާނގައި ޝުކުރުވެރިވާންވެސް ނޭނގޭބަޔެއް.

    118
    75
    • Anonymous

      ވެރިކަމެެއް ނުކުރެވުނެއްނު ކިނބޫ ހިތުން ޞޯލިހަށް. ދެން އަދިވެސް އޭގަ ބަގުޑި ބައްދައިގެން އޮންނަންވީތަ؟ ކަށްވަޅަށް ގެންދަނީ ތޯއްޗެއް

      49
      26
    • ޢަބްދުއްލަޠީފު

      ވައްކަންކޮށް ދިވެހިދައުލަތުގެ ހުސްވިއަހަރުގެ ބަޖެޓު ފޫދުއްވާލިބަޔަކަށް ކޮންކަމަކާ ޝުކުރުވެރިވާން ޖެހެނީ. ދެބަންދިހާރަ ވިޔަސް ތިދެން ތަންފުކެއްބޮޑުވަރު.

      62
      11
    • ހހހހ

      މިހާލަތުން އަރައިގަނެވޭނީ ޗައިނާގެ އެހީގަ. މިސަރުކާރަކަށް އެކަމެއްނުވާނެ. އިންޑިޔާ މޯދީ ކޮންޓްރޯލް ކުރާ ސަރުކާރެއް އޮތުމުން ހާލުގައި މިޖެހެނީ ދިވެހިގައުމު. ރަނގަޅުގޮތަކީ މިސަރުކާރުބއިސްތިެުފާ ދިނުން. އޭރުން ޗައިނާއިން ފައިސާއާ މެޑިކަލް ސަޕްލައިއާ ޒަރޫރީ ބޭނުންތކަށް ބޭނުންވާ ސާމާނު ހިލޭ ލިބޭނެ. ގައުމުގެ އިގުތިސާދު ހުއްޓުމަކަށް ނާންނާނެ.

      56
      22
  6. މަގޭ ގައުމު

    މުޅި ދުނިޔެ ނޭވާ ހޮޅިއަށް އެޅެމުންދާ މިފަދަ ހާލެއްގާ ކަލޭމެން ވެރިކަމާހެދީ ފެންބޮވާފަ ދޯ.ތީ ރައްޔިތުންނަ ހެޔޮއެދޭ ބައެކޭ ކިޔާނެތަ.

    116
    80
    • Anonymous

      އާނ. ރައްޔިތުންނަށް ހެޔޮ އެދޭ މީހުން ވިއްޔާ ވެރިކަމުގަ ތިބެގެން މިބަލި މިގައުމަށް ވެއްދީ.

      75
      18
  7. ޢަހޮމަދު

    ބަލަ ތިބޭފުޅުންގެ ވެރިކަމުފަ ވަގައްނެގި ރުފިޔާ ތަށް ރައްޔިތުންނައް ބަހަންވީނޫންތޯ.ދަތްދޮޅި ދުއްވާލާށޭ ބުނިކަހަލަ ވާހަކަ ނުދައްކަވާ.

    29
    46
  8. ޙުސްނާ

    ކީއްވެ ކައްޑެވި މޫސާ ބަނޑައް ބަދެގެން ތިއުޅެނީ ؟
    ގައުމު މިހާލަރު އޮއްވާވެސް ވެރިކަން ހޯދަން?

    27
    22
  9. މ . އ

    ހުރިހާ ގައުމެއްގެ އިގްތިސާދު ނޭވަހޮޅިއަށް އެޅިފައިވާއިރު ކޮން ގައުމެއް ބާ އެހީވާނީ؟1

    30
    16
    • Anonymous

      ޗައިނާ، ރަޝިޔާ. ސައޫދީއަރަބިއްޔާ.

      21
      2
  10. ޕީޕީއެމް

    ހަމަހޭގަ ހުރި އެކަކުވެސް ނެތޭ ޕިންކް ޕާޓީގައެއް.. ހައްހައްހާ..

    26
    49
  11. ުއުނދުޅި

    ކަލޭމެންނައް ދޭންވީ ދުނިޔަެގެ ވެރިކަން ވެރިކަމާހެދި ތެޅުނަސް ތީބޮޑުވަރު މިދަނޑިވަޅުގެ ނާޖާއިޒް ފައިދާ ނަގަންވެސްނޭގުނު ރައްޔިތުންދެކެ ލޯބިވާނަމަ ކުޑަމިނުން ހެޔޮބަހެއްވެސް ބުނަން ނޭގުނު.
    ކުއްވެރިން ތިބެންވާތަނުގަ އެތިބީ. ޯޯޯޯޯޯޯޯޯޯޯޯޯ.
    ރައިސް އިބޫއަށް ވަނީ ރައްޔިތުންގެލޯބި ލިބިފަ

    29
    45
  12. މީޒްލީ

    މިދަތި ހައްސާސް ވަގުތުގައި މީނަ މިކިޔާ ނަގަނީ ކީކޭތަ؟ ކުރާނެ ކަމެއް ނެތިގެން އުޅެއްޏާ 5 ވަގުތު ނަމާދު ކޮށްގެން މާތްﷲ ސުބްޙާނަޙޫ ވަތަޢާލާއަށް މިބަލިމަޑު ކަމުން ސަލާމަތްކަން ލިބުމަށް ދުޢާކުރަންވީނު، މިމާތް މައްސަރުގައި ދެއިރު ދެދަޅައަށް ކޮސްނުގޮވާ!

    32
    30
  13. ޒުމަރު

    އަހަރެއް ޔާމީނައް ތާއީދު ކުރިޔަސް، މިދަނޑިވަޅު ވޯޓުލާ ބޮޑު ސިޔާސީ ކުޅިގަނޑެއްކުޅެން ތާއީދެއްނޫން...

    24
    33
  14. ބޭޗާރާ

    ބޭފުޅާއެވެ. ތިޔައީ މިވަގުތު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. އެކަމަކު އަހަރެންވެސް އެއްބަސްވާ ކަމެއް އެބައޮތް. މިހާރު މިއޮތް ރައްޔިތުންގެ މަޖިލިސް މިހާރުން މިހާރަށް އުވާލައި، މިގައުމަށް ކަތާވަރުގެ މަޖިލީހެއް އުފެއްދުމާއި، މިހާރު މިތިބަ ކައުންސިލަރުންގެ އުވާލުން. އަދި މިގައުމަށް ކަތާވަރުގެ ނިޒާމެއް އޮތުން. ކޮންމެ ރަށެއް ހިންގާނެ އެޑްމިނިސްޓްރޭޓަރަކާއި ނާއިބަކު ރައްޔިތުން ވޯޓުން ހޮވާގޮތަށް ބަދަލުކުރުން. ބޮޑު ކައުންސިލެއް ބޭނުމެއް ނުވޭ. 85 މެންބަރުންގެ މަޖިލީހެއް ބޭނުމެއް ނުވޭ. ދުނިޔޭގައި މީހުން ގިނަވާ ނިސްބަތަކުން ދުނިޔޭގެ އެންމެ މަތީ މަޖިލިސް، އދ.އަށްވެސް މީހުން އައްޔަނެއް ނުކުރޭ.

    39
    8
  15. މުދިންބެ

    މިހަރަ ބީތާ ޔާ ވެރިކަ މާ ހެދި ހޭބަލި ވިޔަސް ތީބ ބޮޑު ވަރު މިފަދަ ހާލެއް ގަ ވެސް ވެރިކަން ނުގެނެވި ގެން މި ބީތާ މި އުޅެނީ

    23
    53
  16. ދުންތަރި

    ވެރިކަމާހެދި ބޫތުކޭމަ ވާގޮތް މިފެންނަނީ، ހާރުކައިގެން ނިޔަތަކަށްވެސް ކިޔަނީ ވެރިކަން ވެރިކަން، ރަނގަޅުކަމެއް ނުކުރެވޭތާ ބޭކާރު އަނގަ ނުތަޅާ ހުރެބަލަ

    26
    71
  17. އައިން

    އާދަނޫ. އިރެއްގައި މީދޫ ރައްޔިތުން މޮޔަ ހައްދައިގެން ގޭގޭގެ ބައްތި ނިއްވައި އުޅުނަސް މިހާރަކު އާދަނަކަށް ދިވެހި ރައްޔިތުން މޮޔައެއް ނުހެއްދޭނެ. އިންތިޚާބު ބާއްވާނީ 5 އަހަރުގެ ދައުރު ހަމަވީމަ. ކެތްތެރިވެ ގޭގައި މަޑުކުރައްވާ. އަދި ގިނަގިނައިން އަތްދޮވުމަށް އާދަކުރައްވާ.

    27
    24
  18. ޙައްލު

    ޕީޕީ..ޕީއެންސީ ގައުމަށް ހެވެއް ނޭދޭނެ ވެރި ކަމާއި
    ގެން ދުވަނީ..
    ޚކަލެޔައްތަ އެނގެނީ އިންތިހާބުބާވަންވީމަ..

    24
    47
  19. ކެލާ އާރިފް

    ދަތްދޮޅި އާދަނު ހާދައަމިއްލަ އެދުންބޮޑޭދޯ

    17
    28
  20. ާަދއ

    މިހާލަތުގަވެސް ވެރިކަން ވެރިކަން..?? ސަރުކާރުން ކަންތައްތައް ކުރަމުން ދަނީވަރަށް ރަގަޅަށް..

    18
    30
  21. ރައީސުގެ މީހާ

    މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރައްވާ 30،000 އަށް ވުރެ ބޮޑުނުވާގޮތެއްގެ މަތީން..

    މިރޭޓުން ޕޮލިޓިކަލް ކަލްޓުންގެ މުސާރަވެސް

    އަދި މަޖިލީހުގެ ފަރިއްކޮޅު ދިނުން ހުއްޓާލާ.. އެއީ ދައުލަތަށް ބޮޑު ބުރައެއް.. ކޮންމެ ގަޑިޔަކު
    15 ވައްތަރުގެ ރިހަ ހަދަން ޖެހޭ
    ފްރެޝް ފްރުޓު ހުންނަން ޖެހޭ މީ ލާހިކަވަރެް ނޫންނ.. އެއްހެން މަގާމުތަކަށް ވެސް ކާން ނުދޭ ކީއްވެ ވަކި މަޖިލީހުގެ ބޮޑުންނަށް ދައުލަތުން ކާންދޭންވީވެސް..

    40
    2
  22. ހަސަން ލަތީފް

    މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރައްވާ 30،000 އަށް ވުރެ ބޮޑުނުވާގޮތެއްގެ މަތީން..

    މިރޭޓުން ޕޮލިޓިކަލް ކަލްޓުންގެ މުސާރަވެސް

    އަދި މަޖިލީހުގެ ފަރިއްކޮޅު ދިނުން ހުއްޓާލާ.. އެއީ ދައުލަތަށް ބޮޑު ބުރައެއް.. ކޮންމެ ގަޑިޔަކު
    15 ވައްތަރުގެ ރިހަ ހަދަން ޖެހޭ
    ފްރެޝް ފްރުޓު ހުންނަން ޖެހޭ މީ ލާހިކަވަރެް ނޫންނ.. އެއްހެން މަގާމުތަކަށް ވެސް ކާން ނުދޭ ކީއްވެ ވަކި މަޖިލީހުގެ ބޮޑުންނަށް ދައުލަތުން ކާންދޭންވީވެސް..

    31
  23. ފަރީޝާ

    މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރައްވާ 30،000 އަށް ވުރެ ބޮޑުނުވާގޮތެއްގެ މަތީން..

    މިރޭޓުން ޕޮލިޓިކަލް ކަލްޓުންގެ މުސާރަވެސް

    އަދި މަޖިލީހުގެ ފަރިއްކޮޅު ދިނުން ހުއްޓާލާ.. އެއީ ދައުލަތަށް ބޮޑު ބުރައެއް.. ކޮންމެ ގަޑިޔަކު
    15 ވައްތަރުގެ ރިހަ ހަދަން ޖެހޭ
    ފްރެޝް ފްރުޓު ހުންނަން ޖެހޭ މީ ލާހިކަވަރެް ނޫންނ.. އެއްހެން މަގާމުތަކަށް ވެސް ކާން ނުދޭ ކީއްވެ ވަކި މަޖިލީހުގެ ބޮޑުންނަށް ދައުލަތުން ކާންދޭންވީވެސް..

    13
  24. ސުޢޫދު

    ތަޖުރިބާނެއް ޓުވަރިޒަމް މިނިސްޓަރެއް ތަޖުރިބާނެއް ހެލްތްމިނިސްޓަރެއް އެތައްއަހަރެއްވަންދެން ގޮވީމަ އައްމައްޗައްނަގަން ފިތަންހުރި މީހަކުކިހިނެއްމިމީހުން ގައުމެއް ހިންގާނީ މިދެއަހަރު ފާސްކުރި ބޮޑުބަޖެޓުތައްވީހުސް ކުރިކަމެއްނެއް ޖީބުތައްވީހުސް އާވަސްކުރަންވީ ކޮމެސް އެހެންގޮތެއްހޯދަން އެޖެންޑާ 19 ފޭލްވީ

    12
    4
  25. ގލޅ

    ރާއްޖޭގައި އަވަސް އިންތިޚާބެއްބާއްވައި ވެރިކަމުގެ ނިޒާމު
    ބަދަލުކުރަން ޖެހިއްޖެއެވެ މިސަރުކާރު ފޭލްވެ ރައްޔިތުން
    ބިކަވެއްޖެއެވެ.

    18
    6
  26. ކަދުރު

    ވެ ރިކަން ބޭނުންވާނެކަން އެނގޭ. ޢެކަމު 2023 އް ކެއްކޮއްލާ.

    7
    10
  27. ޥަރަ

    ޙީވަނީ ގަސްދުގައި ބަޔަކު މި ގައުމަށް ގެނެސްގެން އުޅޭ ކަމެއް ހެން، ބައެއްގެ މަގުސަދު ހާސިލް ކުރެވިދާނެކަމަށް

    13
    3
  28. ކަލޯ

    އެމއރިކާއޭ ކިޔާއިރު މިކލޭގެ އަށް ނޭގެ އެމެރިކާ އޮތް ހާލު. މިފެންވަރުގެ ވާނުވާ ނޭގޭ މީހުން މިތިބީ ަމަޖިލީހަށް ވަދެ އަނގލަވާނީ. މީނައަށް އިބަ އެނގޭތަ އިގުތިސާދަކީ ކޯޗެއް ކަން އަނެއްކާ. ވެރިކަމާ ހެދި އެއޮތް ހޭހުސްވަނީ

    10
    9
  29. ނަމަ

    އާދަމް ޝަރީފް އިންތިޚާބަކާއިންނަންވީނު އަވަހާ

    5
    2
  30. މުހައްމަދުﷲ

    ރައީސުލް ޖުމްހޫ ރިއްޔާ އަލްފާލިލް އާދަމް ޝަ ރީފް.

    6
    2
  31. މުހައްމަދުﷲ

    ރައީސުލް ޖުމްހޫ ރިއްޔާ އަލްފާލިލް އާދަމް ޝަ ރީފް. މަ ރްހަބާ. މަނިކުފާނު އެއްމެ ގާބިލީ.. ވަގު ޖަލުގައި ބާއްވާ

    6
    4
  32. ޙަސަން ސަބްރީ

    އަދިވެސް ވަޒީރުކަމުގެ ހުވަފެނުގަ ދެއްތޯ؟

    5
    3
  33. އަލީ

    މިފަދަ ހާލަތެއްގައި ތިދައްކާ ވާހަކައިން ލިބެނީ ގެއްލުމެއް އެކަނި، މިކަމުން އިނގިގެން މިދަނީ އަމިއްލަ އެދުން ފޯވެފައި ތިބި ވަރު، އެއްބާރުލުން ދޭންޖެހޭ މިފަދަ ބޮޑު ކަމެއްގައިވެސް އެއްބަބާރުލުންދީ ގައުމުގެ ހައްގުގައި މަސައްކަތް ކުރުމަށް ގޮވާލަން، މިއީ ﷲ އަހަރެމެން ކުރާ އިމްތިހާނެއް. މިއީ ޔާމީން ނެތުމުން ދިމާވެގެން އުޅޭކަމެއްނޫން. ހެޔޮނުވާނެ، މިއޮއްފަދަ ރޯދަމަހު ﷲ އެދި ދަންނަވާދެއްވާ. އަމިއްލަ އެދުން އިސްނުކުރައްވާ. ހަމަ ގައިމުވެސް ހައްގުންވިޔަސް/ނުހައްގުންވިޔަސް ޔާމީން ޖަލައްމުމަކުން މުޅިދުނިއެއަށް ކޯފާއެއްނުފޮނުއްވާނެ.

    2
    2