11 ނޮވެމްބަރު ވަނަ ދުވަހުގެ ރޭ ލަންކާއަށް ފުރި އެމްޑީޕީގެ ފޮރިން ރިލޭޝަންސް ޓީމު -- ފޮޓޯ: އެމްޑީޕީ

(ކޮލޮމްބޯ، ސްރީލަންކާ): ރާއްޖޭގެ ހާލަތާއި މެދު، ރާއްޖެއާ އެންމެ ގާތް ގުޅުމެއް ބާއްވާ އެންމެ އަވަށްޓެރި ސްރީލަންކާއިން ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އެމްޑީޕީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ޓީމެއް މިރޭ ސްރީލަންކާއަށް އައުމަށް ފުރައިފިއެވެ.

ADS BY SHEESHA

މިރޭ ލަންކާއަށް އައުމަށް ފުރާފައިވަނީ އެމްޑީޕީ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި، އެމްޑީޕީ އިޤްތިސާދީ ކޮމިޓީގެ މުޤައްރިރު އަހްމަދު ތަސްމީނު އަލީގެ އިތުރުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޒް ހަސަަން ލަތީފެވެ.

ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިން، ޝާހިދު "ރާއްޖެ އެމްވީ" ނޫހަށް ވިދާޅުވީ، ރާއްޖެއާ ގާތްގުޅުމެއް ބަހައްޓަވާ ހުރިހާ ފަރާތްތަކަކާ މި ފަހަރު ބައްދަލު ކުރައްވާނެ ކަމަށެވެ.

އޭގެ ތެރޭގައި، ރާއްޖޭގެ ހާލަތާއި މެދު ނުހަނު ކަންބޮޑުވެފައިވާ ރާއްޖޭގެ އެކުވެރި ސްރީލަންކާގެ ސަރުކާރާއި، ސްރީލަންކާގައި ތިބޭ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާ ވެސް ބައްދަލުކުރަން ހަމަޖެހިފައިވެއެވެ.

ADS BY SHEESHA

ސްރީލަންކާއިން އިއްޔެ ވަނީ، ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެޤައުމުގެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި ހިނގަމުންދާ ކަންކަމުގައި ސްރީލަންކާ ޝާމިލު "ކުރުވަމުން" ދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ADS BY ASTERS

12 ކޮމެންޓް

  1. ކޮންމެފަހަރަކު މިތިންމީހުން ޗުއްޓީ ހަދާލަން ލަންކާޔަށް އެބަދޭ، އެކަމަކު ވާކަމެއް ހަރާމް...

  2. މި ޚަބަރަކީ ސްރީލަންކާގައި ހުރި ރިޕޯޓަރަކު ލިޔެފައިވާ ޙަބަރެއްބާ؟

  3. މިގޮލާތައް މިދަނީ ރަގަޅު ކަމަކުނޫން

  4. މީ ދެން ކިހާ ބޮޑު ކަމެއް. ކަލޭ މެން އެހެން ބަޔަކަށް ވެސް ހަމަޖެހިގެން އުޅުނަ ނުދެނީޔޭ ދޯ.. ތި ޗަރުކޭސް މާލޭގަ ކުޅޭ. މިހާރު ވެސް ހާދަ އުދަގުލޭ ވިސާ ގަނޑު ހޯދަންވެސް.. ދިވެހިން އައިސް އުޅޭ ވައްތަރުން.. މިތަނަށް އައިސް ތިހުރިހާ ހާޖާނެއް ހެދީމަ ހުރިހާ އުދަނގުލެއް އަހަރެމެންނަށް.

  5. މިފަހަރު ތަންކޮޅެއް ގިނައިން ހަޖަމު ބޭސް ގެންނާތި. ތިއުޅެނީ ރައީސް ޔާމީން ތަގުރީރުގަ ވިދާޅުވި ތައްރައްގީގެ މަޝްރޫއުތައް އަޑުއިފަ އެކަންތައް ﷲ އިރާދަފުޅުން ކުރާނެތީ ހަޖަމު ނުވެގެން. ތަސްމީން އަދި ޝާހިދު ބަނޑަށް ބަލާލާފަ އިނގޭ ހަޖަމުނުވާތީ ފާހާނާ ނުކުރާތާ ލައްކަ ދުވަސް ވެއްޖެކަން

  6. އެމް.ޑީ.ޕީ މެމްބަރުން އިތުރުކުރަން ކާޅު ބަލާ ދާދަތުރަކާ ވައްތަރީ.

  7. ރާއްޖޭގަ ހެދޭ ފަނި މަދުވެގެން އިތުރު ފަނިހަދަން ރާއްޖެއިން ބޭރަށް ދާން ފެއްޓީ ދޯ؟ ބަލަ ދިވެހިރާއްޖެއާއި ދިވެހި ސަރުކާރާއި ބެހޭ ވާހަކަ ދައްކަން އެންމެ އެކަށީގެންވަނީ ދިވެހި ސަރުކާރު. ކޮސް ނުހަދާ . ރާއްޖޭގަ ހާޖާނު ހަދާހެން ސިލޯނުގަވެސް ހަދަާނަމޭ އތިއުޅެނީ؟

  8. އެމްޑީޕީގެ ފޮރިންގް ރިލޭޝަންސް ކޮމެޓީ އެއް ލަންކާ އަށް ފުރީ އެއީ މިހާރު އެމްޑީޕީގެ ހަރުގެއަށް ވެސް ލަންކާ އިން ފޮނުވާ އުންބަޅަ ކަޑަކާން އަންނަނީ ވަރަށް މަދު ބަޔަކަށްވާތީއެވެ. ލަންކާ ގެ ޑީއެންއޭ ހުންނަ އެއްޗެހި ތަކެއް އެމްޑީޕީގެ ހަރުގެއަށް އުންބަޅަ ކަޑަ ކާން ދިޔައަސް އެ ތަނަށް ދިވެހި ޑީއެންއޭ ހުރި އެކަކު ވެސް ނުދެެއެވެ. ސައުތު ކަންޓްރީ ސައިޑް ގެ ކަރަޕްޓް ލޯޑުން ތަކެއް ގިނައިން އެހަރުގޭގައި އެނބުރެނީ. އެހެންވެ އެމީހުންނަށް މިހާރު އެނގިއްޖެ އެމީހުންނަށް ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ކަން. އެހެން ވެގެން ލަންކާ ސަރުކާރުގެ ބޮޑުންނާއި އެކު މޭޒު ދަށުން ދަމާ ކުޅެގެން ރާއްޖޭގެ އަގު ވެއްޓޭ ގޮތަށް ލަންކާ ސަރުކާރު މެދުވެރިކޮށް ބަޔާން ތައް ނެރުމަށް ޓަކައި އެމްޑީޕީގެ ބޮޑުން ތައް އުފާ ކުރުމާއި އެކު އިންކްލޫޑް ކުރެވޭ ޕެކޭޖް އެއް ލިބުމުން ދެން ލަންކާ އަށް ނައްޓާލީއެވެ. ދިވެހި ސަރުކާރުން ދެން ދަންނަން ޖެހޭނެ ލަންކާ އިން މިރާއްޖޭގައި މިހާރު ގާއިމް ވެފައިވާ ސަރުކާރުގެ ހަމަޖެހުމަށް ބުރޫ އަރާ ގޮތަށް ނިމިދިޔަ ހަފްތާގައި އާއި އަދި މިހަފްތާގައި ވެސް މަސައްކަތް ކޮށްފައިވާ ކަން. އެހެން ކަމަށްވާނަމަ ލަންކާ ކުުންފުނި ތަކަށް ސަރުކާރުގެ ކޮންޓްރެކްޓް ދޭންވީ އެއީ ކީއްވެގެން ތޯއެވެ. ފެނަކަ އަދި ތިމާވެށި މިނިސްޓްރީން އެންމެ ގިނަ އަދަދަކަށް ލަންކާ ކުންފުނި ތަކަށް ދިވެހި ކުންފުނި ތަކަށް ނުދީ މަސައްކަތް ދެނީ. އެކަން ކަން އެބަޖެހޭ ހުއްޓުމަކަށް ގެންނަން. މީވެސް ލަންކާ ކުންފުނި ތަކާއި އެތަންތަނުގެ ބޮޑުން ނާއި އެކު މޭޒު ދަށުން ދަމާ ކުޅެގެން ލަންކާގެ ކުންފުނި ތަކަށް ސަރުކާރުގެ ކޮންޓްރެކްޓްސް ތައް އެދެނީ..

  9. " ރާއްޖޭގައި ހިނގަމުންދާ ކަންކަމުގައި ސްރީލަންކާ ޝާމިލު "ކުރުވަމުން" ދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ." މިކަން ކެނޑިނޭޅި ކުރަމުންދަނީ އެމް. ޑީ. ޕީން މިފަހަރު މިމީހުން ފަހައިނުގެންފިއްޔާ ރަނގަޅު.

  10. ޢެކުވެރިމިތުރު

    މިމީހުންނާއި ކޮވެއްޔާވަކިތަފާތެެއްނެތް.. ކާޅުބިސްއަޅަން ހާލިހަދާއިރަށް އެހާއްޔަށްކިވެލިބިސްއަޅާއުސޫލުން ރާއްޖެއޭކިޔާފަ މީހަކުކޮންމެވެސްވަހެއްބުނެލާއިރަށް އެމީހަކާބައްދަލުކޮށް ފިތުނަފަސާދައުފެއްދޭތޯ މިމީހުންބަލާނެ... މިހެންކުރާއެއްވެސްކަމަކުން މިމީހުންނަށްވާފައިދާއެއްނޯވޭ... ހަމަ ޒީރޯ...

  11. އެމް.ޑީ.ޕީގެ ބޭރަށް ހިންގާ ކުކުޅުތައް ދޮގުހަދާ ރާއްޖޭގެ އަގުވައްޓާލަން ފުރީ ދޯ؟ ރާއްޖޭގެ ޓުވަރިޒަމް ސިނާއަތަށް އޮތް ބިރަކީ މިބައެގަނޑު.