ފުލުހުންނަށް މަރުގެ އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް މަރުގެ އިންޒާރު ދީ ބިރު ދައްކައި އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައަކާއި ގުޅިގެން ރޭ ދަންވަރު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެބެ.

އެ މައްސަލާގައި ހައްޔަރުކުރީ 30 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.

ފުލުހުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދައްމާނު

    ފުލުހުންވެސް އުޅެނީވެސް ސިންގަމް ބަލައިގެން އަޖޭހެދިފަ އުޅެން، އެކަމުވެސް މަރުގެ އިންޒާ ދިނިން އެއީ ހަނދާން ނުނެތޭނެ ކަހަލަ އަދަބެއް ދޭންޖޭނެމެއް، !
    އެހެން ނޫނީ ތިޔަ އިންޒާރު އޭނާ ދޭނީ އާރެއްބާރެއް ނެއް ރައްޔިތު މީހާ އައް..

  2. ޙުއްތު

    ޔަޤީން ތިއުޅެނީ މަސްތު ނުވެގެން

  3. ސޭމް

    އާންމު މީހާ އައް ކިހާވަރަކައް ދީފަ ހުންނާނެ ؟؟
    ތިޔަ މީހާ ދޫކުރަން ނުފެނޭ

  4. ހެެނސަން

    ދިވެހި ފުލުހުންނަށް، ސަލާމް. މިކަހަލަ ދުވަސްވަރެއްގައި ވަރަށް ދަތިތަކެއްގައި އުޅެމުންދާ ދުވަސްވަރެއްގައި އެކިކަހަލަ ހާލަތްތަކާއިހެދި އެކިމީހުންނަށް ތަހައްމަލުކުރަންޖެހިފައިވާ ކަންތަށްތަކުން، ކޮންމެހެން ގައިވާދާހިލާފުވާން ބޭނުންނުވިޔަސް އަދި ފުލުހުންނާއި ދޭތެރޭ ނަފްރަތެެއްނެސް މިފަދަ ކަމެއް ދިމާވެދާނެކަން ވިސްނާވަޑައިގަތުން މުހިންމު. ބަނޑުހައިހޫނުކަމާއިހެދި ކެެއްކި ކުކުޅުބިހެއް ވަގަށްނަގައިގެން ގޮސްސަވެސް އެބަހުރި. (އެއީ ކޮންމެހެން ވައްކަން ކުރާކަށްނޫން) އަދި ބޮޑުކަމުދަވައިގަނެގެން ނުހުރެވިގެން ފާރުމަތިން ވަގަށް ގޭގޭ ގިފިއްޔަށް (ކުރީޒަމާނުގައި) ފުންމާލައި ނިންމާފައި އެނބުރި ބޭރަށް ފުންމާލިވަގުތުވެސް އަތުވެފައި އެބަހުރި. އެމީހެއްގައި އަޅައިވޭން އެނގޭނީ އެމީހަކަށް. މިދުވަސްވަރުވާކަންތަށް ތަކުން މީހުންގެ ރެކޯޑްސް ހަޑިވިޔަނުދެއްވުން އެދެން. ތިޔަކުރައްވާ މަސްކަތަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން.

  5. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    ސަލާމަތީ ބާރުތަކުގެ ބޭކަލުންނާއި ކަނބަލުންނަކީ ޤައުމުގެ ފަޚްރެވެ. އެބޭކަލުންނާއި ދިމާލަށް އެއްވެސް ރައްޔިތަކު ބަދުބަސް ބުނެގެން ނުވާނެއެވެ. ޤައުމު މިއޮތް ވަޅުގަނޑުން އަރައިގަތުމަށްޓަކައި އެފައުޖުތައް ރުކުރުވާލާނެ ކަމަށް އުއްމީދު ކުރަމެވެ. އެބޭކަލުންނާއި ޒާތީގޮތުން ދިމާކޮށް އެބޭކަލުންގެ ޤަދަރާއި ކަރާމާތަށް ކުޑައިމީސް ބަހެއް ބުނެ، އިންޒާރު ދިން މީހަކަށް ޤާނޫނުގައިވާ އެންމެ ބޮޑު އަދަބު ދޭންޖެހޭނެއެވެ. ނިކަން ބައްލަވާށެވެ! މިހާރުވެސް މުޅި ޤައުމު މިބަލަހައްޓަމުންދަނީ ސަލާމަތީ ބާރުތަކުގެ ބޭކަލުންނާއި ކަނބަލުންނެވެ. ނުނިދާ ދުވާލާއި ރޭގަނޑު ހަތަރުދަމު ޑިޔުޓީ އެކުރައްވަނީ ޢާއިލީ ޒިންމާވެސް އޮތް ހިނދު ޤައުމީ ވާޖިބު އިސްކުރަމުންނެވެ.