މާލެ ސިޓީ ފުރަބަންދުކޮށްފައި އޮއްވައި، އަމުރާ ހިލާފަށް ހުއްދަ ނެތި ބޭރުގައި އުޅުނު 628 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި، މިއަދާއި ހަމައަށް 49 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، އިއްޔެ 167 މީހަކު ޖޫރިމަނާކޮށްގައިވާއިރު، އޭގެ ތެރެއިން 139 މީހުން ޖޫރިމަނާކޮށްފައި ވަނީ މާލެއިން ކަަމަށެވެ. އަދި 23 މީހުން ހުޅުމާލެ، ފަސް މީހުން ވިލިމާލެއިންނެވެ.

ނަވީން ވިދާޅުވީ، މިއަދާއި ހަމައަށް މާލެ އިން ޖުމްލަ 543 ޖޫރިމަނާކޮށްފައިވައިރު، ހުޅުމާލެއިން 53 މީހަކު ޖޫރިމަނާ ކުރެވި، ވިލިމާލެ އިން 32 މީހުން ޖޫރިމަނާ ކޮށްފައިވާ ކަަމަށެވެ.

އަދި ފުރަބަންދާއި ހިލާފުވެގެން އިއްޔެ 18 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 17 މީހަކު ހައްޔަރުކޮށްފައި ވަނީ މާލެ އިންކަމަށާއި، އެކަކު ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ އިން ކަމަށް ނަވީން ވިދާޅުވިއެވެ.

މިއާއެކު ފުރަބަންދާއި ހިލާފުވެގެން ހައްޔަރު ކުރި މީހުންގެ އަދަދު ވަނީ 49 އަށް އަރާފައެވެ. އޭގެ ތެރެއިން 47 މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އިންނެވެ. އަދި ދެ މީހަކު ހައްޔަރުުކޮށްފައި ވަނީ ހުޅުމާލެ އިންނެވެ.

މާލެ ފުރަބަންދުކޮށްފައިވާތީ ޒަރޫރީ ބޭނުމެއްގައި ބޭރަށް ނުކުންނަ ނަމަ، ފުލުހުންގެ ހުއްދަ ހޯދަން ޖެހެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައި ވަނީ ޒަރޫރީ ބޭނުމެއް ނެތި އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުތުމަށެވެ. އަދި އެއީ މި ބަލީގެ ހަމައެކަނި ޝިފާ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    * ރައްޔިތުން މަގުތަކަށް ނިކުންނަން މަޖްބޫރުވަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގައި ތިބެގެން ނުލިބޭތީއެވެ. ކޮންމެ ނަފުސަކުވެސް އެމީހެއްގެ ސަލާމަތަށް ވިސްނާނެއެވެ. އެހެނަސް، ކާއެތިކޮޅު ނުލިބެންޏާ އެއްވެސް މީހަކަށް ދިރިނުހުރެވޭނެއެވެ. އެބީދައިން، ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި ކާއެތިކޮޅާއި ތިމާ ބަލަންޖެހިފައިވާ މީހުންގެ ކާއެތި ކޮޅަށްޓަކައި މަގުތަކަށް ރައްޔިތުމީހާ ނިކުންނަން މަޖްބޫރު ވަނީއެވެ. މިއީ ޙަޤީޤަތެވެ.

    * ސަލާމަތީ ބާރުތަކުގެ ބޭކަލުންނާއި ސަލާމަތީ ބާރުތަކުގެ ބޭކަނބަލުން ވެސް ނިކަމެތި ދިވެހިރައްޔިތުންނަށް މިޚުޠޫރަތްތެރި ދަނޑިވަޅުގައި އޯގާތެރިވެ ވަޑައިގަންނަވާށެވެ! ޣައިރު ޤާނޫނީ އަމުރުތަކަށް ތަބަޢަވެވަޑައި ނުގަންނަވާށެވެ! ރައްޔިތުން މިތިބީ މަރުގެ ތުންފަތް މަތީގައެވެ. ރައްޔިތުން ނެތްތަނެއްގައި ދައުލަތެއް އޮންނާނެތޯއެވެ؟ ދުވަހެއް ދުވަހަކަށް ޖޫރިމަނާ ކުރައްވާ މީހުންގެ ޢަދަދު އިތުރުވެގެން ދިޔުމާއި މެދު ތިޔަބޭކަލުން ވެސް ވިސްނަވާނެ ކަން ކަށަވަރެވެ. އެކަމަކު ކޮންމެ ދުވަހަކު ވެސް ރައްޔިތުން ޖޫރިމަނާ ކުރައްވަމުންދާ ނިސްބަތް މިދަނީ ބާރަށް އިތުރުވަމުން ނޫންތޯއެވެ؟ ސަރުކާރު ނޭވާހޮޅިއަށް އެޅިފައިވާ މިދަނޑިވަޅުގައި ކިތަންމެ ވަރަކަށް ޖޫރިމަނާ ކުރިޔަސް އަދަބު ދިނަސް ޙައްލުވޭތޯއެވެ؟ އެއްވެސް ޕްލޭނެއްނެތި ހުރިހާ ނިޒާމް މިވަނީ ފޭލްވެފައެވެ. އެއިރު ޤައުމުގެ ވެރިޔާ ބޯޑަރު ބަންދު ނުކުރެއްވުމުގެ ހިތިނަތީޖާއެވެ. ދެން ކިތަންމެ ވަރަކަށް ގެއިން ބޭރަށް ނުނިކުންނާށޭ ބުންޏަސް ރައްޔިތުންނަށް ވުރެން ބޮޑު ބާރެއް ޤައުމެއްގައި ނޯންނާނެއެވެ. ޒަރޫރީ ބޭނުންތަކަށް ކާބޯތަކެތި ހޯދަން ނިކަމެތި ރައްޔިތުން މަގުތަކަށް ނިކުންނާނެ ދެއްތޯއެވެ؟

    * ޕޮޒިޓިވް މީހުންގެ ޢަދަދު 200 އަށް އަރަނީއެވެ. ރައްޔިތުން ރޯނާވެ މަގުމަތިވެ މަރަށް ތެޅެން މިތިބީ ދޫކޮށްލާފައެވެ. ވެރިން އިސްއިތުފާ ދޭކަށް ނުވޭތޯއެވެ. މިޙާލަތުގައި ޤައުމު ހިންގޭނެ މީހަކާއި ރައްޔިތުން ޤައުމު ޙަވާލުކުރަން ރައްޔިތުންނަށް ފުރުޞަތު ދެއްވަންވީއެވެ.

    5
    3
  2. ބަނބޫ

    ޢެނެގުނީވެސް ނިކަމެތި ރައްޔިތުމީހާ އަތުން ހަ ލައްކަ ރުފިޔާ..
    ސުކުރިއްޔާ އިބޫ

    7
    2
  3. ސަމީލް

    ބަޖެޓަށް ލުޔެއް، މިފަހަރުވެސް ރައްޔިތުންގެ ދީލަތި އެހީ.

    9
    1
  4. ހުވާ

    އިގްތިސާދު ވެންޓލޭޓަރުން ނެގޭތޯ ރައްޔިތުން ކުރާހިތްވަރު.

  5. ޙުސެން

    ޢޯޑަރު ކޮށްގެން ހަބަރެއް ނުވޭ....ޕޮލިހުން ދިން ހުއްދަ އެއްގައި ރަނގަޅު ފިހާރަ ގަނޑެއް އިން ހިސާބެއް ނޫން. ޢެންޒީ އިން މަސްކޮޅެއް ގަނެގެން ގެޢާ ހިސާބަށް އައި ތަނުން ޕޮލިހުން 1000 ރުފިޔާ ނަގައިފި......މުޅި އު މުރު ލޮކްޑައުން އަކު ނުބޭއްވޭނެ.....މި ވައިރަހާ އެކު އުޅެން ދަސްކުރަން ޖެހޭނެ....

  6. ށަރީ

    އަޅުގަންޑައް،ފެއްނަނީ،މިކަންކުރަންތިބިމީހުނައްމިކަންނުވެގެންދާތަންއެހެންބަޔަކާހަވާލުކުރަންއެބަޖެހޭކަން
    އެހެންކަމުންމާބޮޑައްލަސްނުކޮއްއެހެނގޮތެއްހޯދުންްމުހިއްމު

  7. މީޒްލީ

    628 މީހުން ޖޫރިނަމާ ކުރީމާ ދައުލަތަށް 628000 ރުފިޔާ ވަނީ ލިބިފަ އެކަމަކު ތިމަކެއް ނުހުއްޓުވުތާ! ތިނޫން ގޮތެއް ނެތީތޯ؟

  8. ކާފަރ

    މީކޮން ބައްޔަކަށް ފައްސިވެގެންތަ ޖޫރިމަނާގެ ބޭހާ ހައްޔަރުގެ ބޭސް މިދެނީ؟

  9. ސާބަހޭ

    ސާބަހޭ ސާބަހޭ އައްސަރިބަހާ ސާބަހޭ. ތިޔަ ފައިސާ ދައްކާނީ ކޯއްޗަކުންހޭ؟ ލާރިއެއް ލިބޭނެ ގޮތެއް ނެތޭ، ވިޔަފާރިތައް ބަންދޭ، މަސައްކަތްތައް ބަންދޭ، ވަޒީފާއެއް ނެތޭ، ކައިބޮއި އުޅެވޭނެ ފަދަވެސް ނެތޭ، ނުކައި ނުބޮއި ދައްކާނެ ޖޫރިމަނާއެއް އޮންނާނެހޭ؟ ޖަލުގައި އިނިއްޔާ ގައިމު ކެވޭނެއޭ، ބަޔަކު މީހުން ހައްޔަރު ތިވަނީ އެހެންވެގެންހެންނޭ.

    2
    1