ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި ކޮވިޑް-19 ޓެސްޓް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވެފައި ވަނީ، ފޮރެެންސިކް ލެބްގަވެސް ހަމަ ޕީސީއާރު މެޝިނެއް އިނުމާއެކު އެ މަސައްކަތް ފަށާނެ ކަމަށެެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުހައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، އެ މެޝިިންގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ކުރެއްދޫ ރިސޯޓުން ނެގިފައި ހުރި ސާމްޕަލްތައް ޓެސްޓު ކުރުމުގެ މަސައްކަތް ރޭ ކުރިއަށް ދިޔަ ކަަމަށެވެ.

"މިރޭ 8:30 ވުމުގެ ކުރިން އަޅުގަނޑު އުއްމީދު ކުރަން ކުރެއްދޫއިން އައިސްފައި ހުރި ހުރިހާ ޓެސްޓުތަކެއް ހަދާ ނިމި އެ ޓެސްޓުތައް އެޗްޕީއޭ އާ ހަވާލު ކުރެވޭނެ ކަަަމަށް". ނަވީން ވިދާޅުވިއެވެ.

އަދި ޕޮލިސްގެ ފޮރެންސިކް ލެބާއި ހަވާލު ކުރި 173 ސާމްޕަލް ޓެސްޓުކޮށް ނިމިފައިވާ ކަމަށެވެ.

މީގެ ކުރިން ކޮވިޑް-19 އަށް ޓެސް ކުރުމުގައި ބުރަ ޒިންމާ އުފުލަނީ ޖުމްލަ ފަސް މުވައްޒަފުންނެވެ. އެ މީހުން ޓެސްޓް ކުރުމުގައި ހަރަކާތްތެރި ވަނީ އައިޖީއެމްއެޗްގައެވެ.

އަދި ރާއްޖޭގައި ޓެސްޓްކުރުން އަވަސް ކުރުމަށް ޓެސްޓް ހެދުމަށް މިހާތަނަށް 16 މީހަކު އައިޖީއެމްއެޗުން ތަމްރީނު ކޮށްފައިވާކަން އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް-19ގެ ގިނަ ވާދަނަ (ކޭސް)ތަކެއް ފެންނަމުންދާއިރު، މީގެ ތެރެއިން ގިނަބަޔަކު ފެންނަމުން ދަނީ މާލެ އިންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 177 އަށް އަރާފައެވެ. މީގެ ތެރެއިން ގިނައީ ބިދޭސީންނެވެ. އަދި މި ބަލި ޖެހުނު 18 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަނީމަނީ ޔެސްސަރ

    ފުލުހުންގެ އަތައް ބައެލޮޖިކަލް ހަތިޔާރު ލިބުނީތި. ދެންތިބޭނުންކުރާނެ ހިތުހުރިގޮތަކައް. ސިޔާސީ މީހުންގެ ދުވަސްދާވަގުތު ޖެހެނީ.

  2. ސީސީ

    ކޮބާހޭ މަބުރޫކު ތަމްރީން ދިން 9000 މީހުން ؟ މުނާފިގުންގެ އަލާމާތް 3 ކެވެ. އޭގެ ތެރެއިން ކިތަށް ކަން މަބުރޫކު ކުރޭތޯ އުފެދޭ ސުވާލު ކޮމެންޓް ކިޔާ ބޭފުޅުންނަށް ދޫކޮށްލަން..