ރާއްޖެ އިން ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެނިފައިވާތީ ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު އަންނަ ޖެނުއަރީ 6 ގައި ބާއްވަން ސަރުކާރުން އެކުލަވާލި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން މަޖިލީހަށް ހުށަހެޅި އެ ބިލު މަޖިލީހުން ބަލައިގަތީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަނެ ބިލު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020″ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020އިން ހޮވޭ މެމްބަރުން މަޤާމާ ހަވާލުވުމުން އުވިގެންދާ ގޮތަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020،އަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްވެގެން ދާނެއެވެ. އެ އިންތިޚާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިޚާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން މި މަހުގެ 18ވަނަ ދުވަހު އެ އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ނިންމިއެވެ. އެހެންނަމަވެސް ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އިލެކްޝަނުން ވަނީ އެކަމާއި ގުޅިގެން އިންތިހާބު މުއްދަތެއް ނެތް ގޮތެއް ފަސް ކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެއަށްފަހު އެ މައްސަލަ ހައިކޯޓުން ނެގުމަށްފަހު ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެކަމަށް ހައްލެއް ގެނެސް ދެވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށް މަޖިލިސް ރައީސް ވިދާޅުވުމުން އެ މައްސަލަ ސުޕްރީމް ކޯޓުންވެސް އިލެކްޝަނުން ވަނީ ނަގާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ ގާނޫނުގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް މި މަހުގެ 13ވަނަ ދުވަހު ކަނޑައަޅާ އެކަން އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިރުޝާން

    މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރައްވާ 30،000 އަށް ވުރެ ބޮޑުނުވާގޮތެއްގެ މަތީން..

    މިރޭޓުން ޕޮލިޓިކަލް ކަލްޓުންގެ މުސާރަވެސް

    އަދި މަޖިލީހުގެ ފަރިއްކޮޅު ދިނުން ހުއްޓާލާ.. އެއީ ދައުލަތަށް ބޮޑު ބުރައެއް.. ކޮންމެ ގަޑިޔަކު
    15 ވައްތަރުގެ ރިހަ ހަދަން ޖެހޭ
    ފްރެޝް ފްރުޓު ހުންނަން ޖެހޭ މީ ލާހިކަވަރެް ނޫންނ.. އެއްހެން މަގާމުތަކަށް ވެސް ކާން ނުދޭ ކީއްވެ ވަކި މަޖިލީހުގެ ބޮޑުންނަށް ދައުލަތުން ކާންދޭންވީވެސް..

  2. Anonymous

    ބަލައިނުގަތަސް ގަތަސް މިރޯގާގެ ކަންތައް ނިމުނީމަ ކުރެވޭނީ އިންސާނުންގެ އެއްވެސް ބާރެއް ނެއްކަން މިހާރު މިއިނގެނީ ރުފިޔާއާ ބާރާނުފޫޒާ ޓެކްނޮލަޖީއާ ހަތިޔާ މިައދު ކުރެވޭނެ ކަމެއްނެތް ވިސްނާ ފިކުކުރު ކުރާބަޔަކައް އެނގޭނީ ދެއިރު ދެދަޅަޔައް ޖަލްސާ ބޭއްވިދާނެ ރައްޔަތުންގެ މާލިއްޔަތުން ބޮޑު ޙަރަދުކޮއްގެން

  3. ތެރީ

    ބަލައިނުގަތަސް ގަތަސް މިރޯގާގެ ކަންތައް ނިމުނީމަ ކުރެވޭނީ އިންސާނުންގެ އެއްވެސް ބާރެއް ނެއްކަން މިހާރު މިއިނގެނީ ރުފިޔާއާ ބާރާނުފޫޒާ ޓެކްނޮލަޖީއާ ހަތިޔާ މިައދު ކުރެވޭނެ ކަމެއްނެތް ވިސްނާ ފިކުކުރު ކުރާބަޔަކައް އެނގޭނީ މަޖްލިސް ބޭއްވިދަނެ ރައްޔަތުންގެ މާލިއްޔަތުން ޙަރަދުކޮއްގެން ރައްޔިތަކައް ވާނެ ފައިދާއެއްނެތަސް

  4. މިނިކާ ދައިތަ

    އަލްއުސްތާޛާ ޙިސާން ޙުސައިން އެވެ. ޢިއްޒަތްތެރި ކަމަނާފާނުގެ ބައްޕާފުޅަކީ މިޤައުމުގެ ފަޚްރުވެރިވާ ދީނީ ޢިލްމުވެރިއަކަށްވާއިރު، ޢަބުރުވެރި ޤަދަރުވެރި ކަމަނާ އެމްޑީޕީ ރީނދޫ ބައިގަނޑަށްޓަކާ ލާދީނިއްޔަތު މިޤައުމުގައި ފަތުރަން މަސައްކަތްކުރާ ބައިގަނޑެއްގެ ފަހަތުގައި ޢައުރަ ނިވާ ނުކުރައްވާ އުޅުއްވުމަކީ ހަމަ ގައިމުވެސް މިޤައުމުގެ ދަރިން ރުހޭކަމެއް ނޫނެވެ. އަދި އެކަމަކީ ކަމަނާގެ ބައްޕާފުޅުގެ ޙައްޤަށްޓަކާ ވެސް ، ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ވަރަށް އިޙްތިރާމާއެކު މިވާހަކަ ޤަބޫލު ކުރައްވާށެވެ!