އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކީމޯތެރަޕީގެ ޚިދުމަތް އިއްެޔެ ފެށިފައިވާ ކަމަށެވެ.

މިގޮތުން ކެންސަރަށް ފަރުވާކުރަމުންދާ ދެ މީހަކަށް ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫ ހޮސްޕިޓަލުގައި މިހާރު ދަނީ ބޮޑެތި އޮޕަރޭޝަންތައްވެސް ކުރަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލްގައި މިހާރު މައިބަދައިގެ ދެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އެ ހޮސްޕިޓަލުން ކާމިޔާބު ކަމާއި އެކީ މައިބަދައިގެ އޮޕްރޭޝަން ކޮށްފައިވަނީ އުމުރުން 64 އަހަރުގެ އަންހެނަކާއި 68 އަހަރުގެ ފިރިހެނެއް ގެއެވެ. އަދި މީގެ އިތުރުން، އުމުރުން 82 އަހަރުގެ މީހެއްގެ އުނަގަނޑުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއި އެކީ އެ ހޮސްޕިޓަލްގައި ވަނީ ކޮށްފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އަދިއެތަނުގައި މިހާރު އަންނަނީ ކޮވިޑް-19 އާއި ގުޅިގެން ހުޅުވާފައިވާ ފްލޫ ކްލިނިކުގެ ހިދުމަތް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީދޫހަމީދުޑީޑީ

    ވެރިކަމުގަ މިހިރަ މަރުމޯލަށް ވުރެން މިޔަދު އެވަގު ހުރި ނަމައޭ މިހާރު ހިތައްއަރާ

    18
  2. ހުސޭނުބޭ

    ޔާމީނު ބޭކާރު ޚަރަދުކޮށްގެން އަޅާފައި ހުރި ހޮސްޕިޓަލުންތަ ކީމޯ ދެނީ! ސޯބެމެންނަށް ސަލާން!

    15
    1