ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު 214 އަށް އަރައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދު މިހާތަނަށް ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު ވަނީ 73 އަށް އަރާފައެވެ.

މިރޭ ކޮވިޑް-19 އަށް ފައްސިވި 23 މީހުންނާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަދި ހާމައެއް ނުކުރެއެވެ. އެހެންކަމުން އެމީހުން ނިސްބަތްވާ ގައުމާއި، އެމީހުންގެ އުމުރު އަދި ސާފެއް ނުވެއެވެ.

މިއަދަކީ މިހާތަނަށް ރާއްޖެ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ މިހާރު ފެންނަ ކޭސްތަކުގެ އަދަދު ގިނަ ނަމަވެސް ގިނައިން ފެންނަމުން ދަނީ ކްލަސްޓާއަކާއި ގުޅުން ހުރި ކޭސްތައް ކަމަށެވެ. "ހައި ރިސްކް ކޮންޓެކްޓުންގެ ފަރާތުން އިތުރު ޕޮޒިޓިވް ކޭސްތަކެއް މި ފެންނަނީ. ފުރަތަމަ ކޭސް އިން ފެށިގެން ކޮމިއުނިޓީ ސްޕްރެޑް ފެށިފައި އިންނާނީ. މިހާރު އެ ފެތުރެނީ ކްލަސްޓާއަކަށްވާތީ، ކުރިއަށް އޮތް ތަނުގައި އިތުރު ކޭސްތައް ފެތުރުމުގެ ފުރުސަތު އެބައޮތް." ޑރ.އަފްޒަލް ވިދާޅުވިއެވެ.

މާލެ އިން އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19 ފެނުނު ފަހުން މާލެ އިން ފެންނަ ކޭސްތަކުގެ އަދަދު ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުންނެވެ. މާލެ ފުރަބަންދު ކުރި ފަހުން ދިވެހިންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު މަދުވެއްޖެ ކަމަށް ލަފާކުރެވޭ ކަމުގައި ޑރ.އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް މާލޭގައި ދިރިއުޅޭ ބިދޭސީންނަކީ އާއްމު ގޮތެއްގައި ވަރަށް ކުދިކުދި ތަންތަނުގައި ދިރިއުޅޭ ބަޔަކަށް ވާތީ ބިދޭސީންގެ ތެރޭގައި އިތުރަށް ބަލި ފެތުރެމުން ދިއުމުގެ ބިރު އަދިވެސް ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަރުގެ ތުންފަތް

    އަޅަމެން ސަލާމަތް ކޮށް ދެއްވާށި ޔާ ﷲ...އިބަރަސްކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށްޓަކާ...

    47
  2. ނިކަމެތި ދިވެހި ރައްޔިތުމީހާ

    214 އަށް އެރީ ދެއްތޯއެވެ؟ އަވަހަށް މިވަބާ މިޤައުމަށް ގެނައި ސަރުކާރު އިސްތިއުފާ ދެއްވާށެވެ! ރައްޔިތުންނަށް އޮޅުވާލާ ސަރުކާރެކެވެ. ރައްޔިތުންގެ ޚަޒާނާ ލޫޓުވާލި ސަރުކާރެކެވެ. ރައްޔިތުންގެ ހަރުމުދާތައް ނުއަގުގައި ވިއްކާ ހުސްކޮށްލާ ސަރުކާރެކެވެ. ރައްޔިތުންގެ ޚަޒާނާގައި ހުރި ހުރިހާ ޑޮލަރެއް އިންޑިޔާގެ ރުޕީސް އަށް "ސްވޮޕް" ކޮށްލި ނާޤާބިލް ސަރުކާރެކެވެ. ރައްޔިތުންނޭވެ! ހޭއަރާށެވެ! ސަރުކާރު މިހާރު މިއޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ. އެންމެން ގުޅިގެން ކުރިހާ އާދޭސް މިސަރުކާރުން ބޮލާލާ ޖަހާލާ ޤައުމީ ދޮރޯށިތައް ބަންދު ނުކޮށް ޤަޞްދުގައި މިވައިރަސް ލަންޑަނުންނާއި ބޭރުޤައުމުތަކުން އެތެރެކުރީއެވެ. ނިކަމެތި ދިވެހިރައްޔިތުން މިތިބީ މަރަށް ތެޅެން ދޫކޮށްލާފައެވެ. ދިވެހިފަސްގަނޑު އިންޑިޔާއަށް ނުއަގުގައި ވިއްކާލަން ރާވާފައިވާ ރޭވުމުގެ ކޮޅުމަތި މިފެންނަނީއެވެ.

    45
    13
  3. ބާރީ

    ކޮން ކަމެއް ވީ 560 މިލިއަން ހަރަދު ކޮށް ގެން...؟ ހަރަދު ކުރެވުނުލެއް މަދުވީމަތޯ ...؟

    29
    2
  4. ??

    އަހަރެންނަކީ 15 ދުވަހު ރިސޯޓް ގަ ކަރަންޓީން ގަ ތިބެ އެ ފުރިހަމަ ކޮއް ނުވިތާކައް އުޅުނު ރިސޯޓަކީ އެއްވެސް އެކަހަލަ ކަމެއް ނެތް ތަނެއް
    އެހެން އުޅެފަ ދޫ ކުރީމަ މިއައީ ރަށައްދާން
    އައިތަނުން މިތާ ތާށިވީ މި
    ތިބޭފުޅުން ޒިންމާވާނުތޯ އަަހަރެންނައް ކޮވިޑް ޖެހުނިއްޔާ
    މަ ދާއުވާވެސް ކުރާނަން

    48
  5. ޑައެލޯގް

    ފަހުޒަމާނުގެ އަލާމަތްތައް. ކުފޫހަމަނުވާމީހުން ވެރިކަމަށް އައުން. މިހާރުމިއީ ކުފޫހަމަނުވާ ވެރިކަމެއް އައިސްފައެވެ. އެހެންވީމަ މިބުނަނީ ތައްޔާރަށޭއޮތީ، ފްލޯޓީންގ ހޮސްޕިޓަލޭ.އެކަމު ދުނިޔޭގެ އާބާދީގެ ނިސްބަތުން 2 ވަނައަށް މިބަލިއެންމެ ގިނަގައުމުމިއީ ދެން ފަރުދީޒިންމާއޭ ކިޔާ ރައޔިތުންގެ ބޮލަށް މިކަޑާލީ

  6. ބީރުމީހާ

    ކޮބާތަ ކޭސް 21 ވީ ކޮންޓެކްޓްތައް ހަމަ ނޯމަލްތަ އޮއްބާލީތޯ އަބަދުވެސް ބަންގްލަދޭށް މީހުންގެފަރާތުން އިތުރުވާ ވާހަކަ ބަލަ އެމީހުންނަށް ބެހި ބައެއްގެ ވާހޚަ މިހާރު އޮބުނީ އޮތަ

  7. އަސްލު

    ރައްރަށުން ޒަރޫރީބޭނުމަށް މާލެ އައިސްތިބި މީހުންނަށް އެމީހުންގެ އަމިއްލަ ރަށަށްދިއުމުގެ ހުއްދަނުދެވެނީ ކީއްވެތަ؟؟