ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ މީހުންގެ ތެރެއިން އިތުރު 14 މީހަކު، 14 ދުވަސް ހަމަ ކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އެކަން ހާމަކޮށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު ކަރަންޓީން ފެސިލީޓީ ތަކުން 14 މީހަކު، 14 ދުވަސް ހަމަކުރުމަށްފަހު، ކޮވިޑް-19 އަށް ޓެސްޓު ހެދުމަށްފަހު ނަތީޖާ ނައްސިވުމާއެކު ދޫކޮށްލާފައިވާ ކަަމަށެވެ.

އައިސޮލޭޝަަން ފެސިލިޓީގެ ގޮތުގައި މިހާރު ހުރި ތަންތަނަކީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީ، ފަރުކޮޅު ފުށި އައިސޮލޭޝަން ފެސިލިޓީ، ހުޅުލެ އައިސޮލޭޝަން ފެސިލިޓީ، ހުޅުމާލެ ފޭސް 2 އައިސޮލޭޝަން ފެސިލީޓީ އަދި ދަރުމަވަންތަ ހޮސްޕިޓަލް އެވެ.

މަބްރޫކް ވިދާޅުވީ، މި ތަންތަނުގައި ޖުމްލަ 156 މީހަކު އެބަ ތިބި ކަމަށެވެ. އަދި މީގެ އިތުރުން ކަރަންޓީން އެކިއެކި ފެސިލިޓީތަކުގައި 1281 މީހަކު އެބަ ތިބި ކަމަށެވެ.

މިހާރު ކަރަންޓީންގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ، ކޮވިޑް-19 ޖެހިފައިވާ މީހުންނާއި، ބައްޔަށް ޝައްކު ކުރެވޭ މީހުންގެ އިތުރުން، ރާއްޖެއިން ބޭރުން ރާއްޖެ އައިސްފައިވާ މީހުންނެވެ.

މީގެ ކުރިންވެސް ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބައެއް މީހުން ދޫކޮށްލާފައެވެ. މި މީހުުން ދޫކޮށްލާނީ ބައްޔަށް ޓެސްޓު ކުރުމަށްފަހު ނަތީޖާ ނައްސިވުމުންނެެވެ.

މަބްރޫކް މިރޭ ވިދާޅުވީ، މިހާތަނަށް 253 ތަނެއް ވަނީ ކަރަންޓީން ކުރެވިފައިވާ ކަމަށެވެ. ކަރަންޓީން ކުރި ތަންތަނުގެ ތެރޭގައި ބައެއް ފިހާރަތަކާއި،ގެތަކާއި ގޯޑައުންތައް ހިމެނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    މަބްރޫކް ސަރ އެވެ. ބޭކާރު ވާހަކަ ނުދައްކަވާށެވެ! ޢަބުރާއި ޢިއްޒަތް ނަގާ ނުލައްވާށެވެ! ސަރުކާރުގެ އޮޑި ފަރަށް އަރައިފިއެވެ. ފެތޭއޮޑިއެއްގެ ދަށު ނުވުން ވަރަށް ވެސް ބުއްދިވެރިއެވެ. ރައްޔިތުންނަށް މަކަރާއި ޙީލަތްހަދާ އޮޅުވާލާ ސަރުކާރު ކިތަންމެ ވަރަކަށް ކޮޅަށް ޖަހަން އުޅުނަސް ރައްޔިތުން ނެތްތަނެގައި ސަރުކާރެއް އޮންނާނެތޯއެވެ؟ ދިވެހިރައްޔިތުން މިތިބީ މަރުވާން ދޫކޮށްލެވިފައެވެ. ފަރުވާކުރެވޭނެ ކެޕޭސިޓީއެއް ދައުލަތުގައި ނެތްއިރު ދައުލަތުގެ ޚަޒާނާވެސް ކައިހުސްކޮށްފިއެވެ. އެއްވެސް ޕްލޭނެތް ހިންގުންތެރިކަމެއް ނެތި މިހިނގާ 2020 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ދައުލަތަށް އޮތީ ތައްޔާރުވާނެ ވަރަކަށް ތައްޔާރުވާން ވަގުތު ލިބިފައެވެ. ދައުލަތުން ބުނަމުންދިޔައީ އެންމެ ނުރައްކާތެރި ޙާލަތުގައިވެސް މިވައިރަސް އަށް ތައްޔާރުވެފައިވާ ކަމުގައެވެ. އެހެނަސް މިހާރު ވީކަމެއް ޙަރާމުން ޙަރާމެވެ. ވަރަށް ވެދުމެވެ.

    13
    1
  2. އާސްތު ނޫރައްދީން

    އަޅުގަނޑައް ހާދަރީތި ކުތްޖެކޭ މަބުރޫކަކީ އަޅުގަނޑުގެ ބޮޑުބޭބެޔަކީ ފައިބަރު މަސައްކަތްކުރާ މީހެއް ބޭބެކާރި ބުނެފިން ފައިބަރުން ހަމައެކަނި މަބުރޫކުގެ މޫނުކޮޅު ހަދާލަދޭށޭ ބުނީމަ ހަދާދޭނަމޭ ބުނީ ކޮވިޑް ކަންތައް ނިމުނީމަ