ކޮވިޑް-19 އާ ގުޅިގެން، ކ. މާފުށި ކަރަންޓީންކޮށްފިއެވެ.

އެ ރަށް ކަރަންޓީންކޮށްފައިވާކަން އެރަށު ކައުންސިލުން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެރަށު ކައުންސިލުން ރައީސް އުސްމާން ރަޝީދު ވިދާޅުވީ، އެރަށް މޮނީޓަރިންގ އަށް ލާފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށާއި، އެރަށް މޮނީޓަރިންގއަށް ލީ ޝައްކު ކުރެވޭ މީހަކު ފެނިގެން ނޫން ކަމަށެވެ.

"އޭޕްރިލް 13 ގެ ފަހުން ލިލީ ސްޓޯރަށް ދިޔަ ބަޔަކު ރަށުގައި ތިބީމަ ކަރަންޓީން ކުރީ". އުސްމާން ވިދާޅުވިއެވެ.

ދާދި ފަހުން ލިލީ ސްޓޯރުގެ މުވައްޒަފުން ތަކެއް ވަނީ ފައްސިވެފައެވެ.

އަދި އެޗްޕީއޭ އިން ވަނީ މި މަހުގެ 13، 14، 15، 16 އަދި 17 ގައި ބާޒަރު ލިލީ އާއި މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން އެންގުމަށް އެދިފައެވެ.

"13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ހެނދުނު 8 ން ހަވީރު 6 ށް އަދި 15 ވަނަ ދުވަހު ހެނދުނު 8 ން ހަވީރު 4 ށް ބާޒާރު ލިލީ އަށް ވަޑައިގެންނެވި ބޭފުޅުން އަޅުގަނޑުމެންނާއި ކޮންޓެކްޓް ކުރެއްވުން ވަރަށް ބޮޑަށް އެދެން. ދެން އަޅުގަނޑުމެން ދަންނަވާލިން 59 އަދި 60 ވަނަ ކޭސް، މިއީ އިހްސާން ފިހާރައާއި ގުޅިފައިވާ ކޭސް. މި ކޭސްތަކާއި ގުޅިގެން އަޅުގަނޑުމެން ހޯދި މަޢުލޫމާތު ތަކުން އެނގުނު ގޮތުގައި މި މީހުން މަސައްކަތް ކުރަނީ ޑެލިވަރީގަ" މި މަހުގެ 20ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.

ކޮވިޑު-19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައިވާއިރު، އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، މި އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން ވަނީ މަނާކޮށްފައެވެ.

މިރޭ 8:48 ހާއިރު ނެރުނު އެރަށު ކައުންސިލަށް ފޮނުވި އެ އެންގުމުގައި ބުނެފައި ވަނީ، "ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ދަށުން ޑިރެކްޓަރ
ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން، އެ ރަށަކީ، މޮނީޓަރިންގ ހާލަތުގައި އޮތް ރަށެއް ކަމަށެވެ.

"މޮނިޓަރކުރުމާ ގުޅިގެން މި އެޖެންސީން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ތިޔަ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ދެންނެވީމެވެ". އެ އެންގުމުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޠޫޕީ

  Dr afzal golhi jehi gamees dho laaneee abadhu . Varah gulhey . Saaabas thi kuraa hidhumaiy thakah .

  10
  1
  • ޏަމްޏަމް

   ގޮޅި ޖެހި ގަމީސް! އަދި އެވަރުވެސް އެބަ ބަލާ??

  • ޏަމްޏަމް

   ނަފްސު ހޭލައްވާލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް☺

   • ތުޢާ

    ކުރެވިދާނޭތީ ކުށެއް ފާހިޝް އަމަލުތަށް ހާ ނުބައި
    ދޮރުތަކެއް ލައްޕާލަދޭށޭ އަންނަނީ ރަަމަޟާން ކަރީމް☺