މި ރޯދަ މަހު ސިއްހަތަަށް ބެލުން ވަރަށް މުހިންމު ކަމަށާއި، ތެލުލާފައި ހުރި އެއްޗެހި މަދުން ކެއުމާއި، ގިނައިން ހަވާދުލީ އެއްޗެހި މަދުކުރުމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އަފްޒަލް ވިދާޅުވީ، މި ރޯދަ މަހަކީ އެހެން ރޯދަ މަސް ތަކާއި ތަފާތު ރޯދަމަހެއް ކަމަށާއި، އެއީ މި ރޯދަ މަހު އެންމެން މި ތިބެނީ ގޭގައި ތާށިވެފައި ކަމަށެވެ.

"އެހެންވީމަ މިހާރު ސިއްހަތު ބެލުން ވަރަށް މުހިންމު، އެހެން ރޯދަ މަސްމަހު އަޅުގަނޑުމެން ތަންކޮޅު ސްޕައިސީ އެއްޗެހި، ހަވާދުލީ އެއްޗެހި ގިނައިން، ތެލުލާފައި ހުރި އެއްޗެހި ގިނައިން ކެއި ކަމުގައި ވިޔަސް، އެއީ އެހެން ރޯދަ މަހެއްގައި ކިރިޔާ އުނދަގުލެއް ވެލާއިރަށް ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކާލުން ފަސޭހަވާނެ". އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މި ރޯދަ މަހު އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި، ސިއްހަތަށް ބެލުން ވަރަށް މުހިންމު ކަމަށެވެ.

"ތެލުލާފައި ހުރި އެއްޗެހި މަދުން ކެއުމާއި، ގިނައިން ހަވާދުލީ އެއްޗެހި މަދުކުރުމާއި ވީހާވެސް ލުއި ގޮތަކަށް ރޯދަ މަހު ބޭނުންވަނީ، ތާޒާ ފްރުޓްސް އެއްޗެސް ދޮވެގެން ބޭނުން ކުރުން".

ޑރ. އަފްޒަލް ވަނީ ގޭގައި އުޅޭ ފަރާތްތަކުން ހާއްސަ އިރުޝާދުތަކަށް ބޯލަނބައިގެން އުޅުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން ސައިބޯނި ލައިގެން ނޫނީ ސެނެޓައިޒާ ލައިގެން އަތް ދޮވުމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީ އިތުރުވެދާނެ ކަމަށްޓަކައި ކޮންމެ ހަފްތާއަކު އެއްފަހަރު މުޅި ގޭތެރެ ރަނގަޅަށް ސާފް ކުރުމަށް ވަނީ އެދިފައެވެ.

އަފްޒަލް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ދޭން ބޭނުންވާ އިރުޝާދުތަކެއް އެބަ ހުރި ކަމަށާއި، އެގޮތުން ޑެލިވަރީގައި މަސައްކަތް ކުރާ ބޭފުޅުންނާއި އަދި އެ މީހުންނާއި ހަވާލުވެގެން އުޅޭ ބޭފުޅުންވެސް އެ މީހުންގެ ސިއްހީ ހާލު ހުރި ގޮތް ބެލުން މުހިންމު ކަމަށެވެ.

"ވަރަށް ގާތުން ކޮންމެ ދުވަހަކު އެ މީހުންގެ މި މައުލޫމާތު ނަގާ، އެ މީހުންގެ ސިއްހީ ހާލަތު ހުރީ ކިހިނެއްތޯ ބަލާ، ކިރިޔާވެސް އަލާމާތެއް ފެންނަ މީހެއްވެއްޖެއްޔާ ވަގުތުން އަޅުގަަނޑުމެންނަށް އަންގަން ޖެހޭނެ". އަފްޒަލް ވިދާޅުވިއެވެ.

އަދި ޑެލިވަރީ ގެއަށް ކޮށްދޭއިރު، އެ މީހުންނާއި ވީހާވެސް ގައިދުރުކަން ބެހެއްޓުމަށް އަފްޒަލް ވަނީ އެދިފައެވެ.

"އެ ގަންނަ އެއްޗަކީ ކާއެއްޗެއް ވެއްޖެއްޔާ އެ އޮތް ޕާރުސަލުން ނަގާ ގޭގެ ވަކި ކޮންޓެއިނާއަކަށް އެ ޓްރާންސްފާ ކުރުމަށްފަހު އެ ޕާރްސަލްގެ ޕެކޭޖިންގ ޑިސްކާޑްއަށް ލާފައި، އަދި ސައިބޯނި ލައިގެން އަތްދޮވެލުން، މީގެ އިތުރުން، ދޮވެ ސާފް ކުރެވޭ ފަދަ އެއްޗެއް އޯޑަރު ކޮށްފިއްޔާމުން އޭގެ ބޭރު ރަނގަޅަށް ޑިސްއިންފެކްޓް ކޮށްލުން ރަނގަޅީ، އެގޮތަށް ޑިސްއިންފެކްޓް ނުކުރެވޭ އެއްޗެއް ނަމަވެސް ރަނގަޅަށް ފެނުން ރަނގަޅަށް ދޮވެލެވޭ އެއްޗެއް ވިއްޔާ ދޮވެލުން". އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވަނީ މިގޮތަށް އެޅޭނެ ހުރިހާ ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.

"އެންމެން މި އުޅެނީ ލޮކްޑައުންގަ ގޭގައި، އެކަމަކު މަގުމަތީގައި އުޅެން މި ޖެހެނީ އުޅެން ޖެހޭ ބައެއް، އެއީ ޑެލިވަރީގައި އުޅޭ މީހުން، އެއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް، އެހެންވީމަ އެ މީހުން ގިނައިން މި އުޅެނީ މީގެ އިތުރުން، ރަށްރަށަސް ކާބޯތެކެތި ނޫނިއްޔާ އެހެނިހެން މުދާ އެއްޗެހި އުފުލާ މީހުން، އެކަންކަމާއި ހަވާލުވެ އުޅޭ މީހުންނަކީވެސް ހަރަކާތްތެރިވެ އުޅޭ ބައެއް، ފިހާރަތަކުގައި މުދާ އުފުލާ މީހުންނަށްވެސް ހާއްސަ ނަޒަރަކުން ބަލަން ޖެހޭނެ". އަފްޒަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    މިހިނދުން މިހިނދަށް ސަލާމަތީ ބާރުތަކުން ޤައުމުގެ ކަންކަމާއި ޙަވާލުވެ ވަޑައިގަންވަންވީއެވެ. ނިކަމެތި ރައްޔިތުންގެ ކަންކަމާއި ޙަވާލުވާނެ ވެރިޔަކު އިންތިޚާބު ކުރެވެންދެން އަމާނާތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު ރައްޔިތުންގެ ކަންކަން ބެލެހެއްޓޭނީ ވެސް ސަލާމަތީ ބާރުތަކުގެ ބޭކަލުންނަށާއި ސަލާމަތީ ބާރުތަކުގެ ކަނބަލުންނަށް ކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. މިޤައުމު ސަލާމަތުގެ އައްސޭރިއަށް ވާޞިލް ކުރައްވާނދޭވެ! ވަލްޙަމްދުލިﷲ.

  2. ސހސޖސހސ

    މަގޫފަތާއި ބޯށި ރައް ކާ ކުރަން ސަރު ކާރުން ފިޔަވަޅުތަ ކެއް އަޅުއްވަންޖެހޭ..

    6
    1