ރާއްޖެއިން ކޮވިޑް-19 ފެނުނު ފުރަތަމަ ރަށްކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތިބި ހުރިހާ މީހުންގެ ސާމްޕަލްތައް ނަގާ ނިމިފައިވާ ކަމަށާ އޭގެ ތެރެއިން ނަތީޖާ ލިބުނު ހުރިހާ ސާމްޕަލްތަކެއް (ނައްސި)ނެގެޓިވް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

އެ ރިސޯޓުން ކޮވިޑް-19 އަށް ފައްސިވީ 2 ފަތުރުވެރިންނާއި 3 މުވައްޒަފުންނެވެ. އޭގެ ތެރޭގައި ކުރެއްދޫގެ ޑޮކްޓަރު ހިމެނެއެވެ. މާރޗް މަހުގެ ކުރީކޮޅު އެރަށުން ބަލި ފެނުމާއި ގުޅިގެން އެރަށް 6 މާރޗްގައި ވަނީ ފުރަބަންދުކޮށްފައެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރެއްދޫގައި ތިބި ހުރިހާ އެންމެންގެ ސާމްޕަލް ނަގާ ނިމިފައިވާ ކަމަށެވެ. އަދި މިހާތަނަށް ލިބިފައި ވަނީ 173 މީހެއްގެ ނަތީޖާ ކަމަށާއި އެ އެންމެންގެ ނަޖީތާ ނައްސިވެފައި ކަމަށެވެ.

އަދި ބާކީ ހުރި ސާމްޕަލްތަކުގެ ނަތީޖާތައް މިހާރު ޕްރޮސެސް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެ ރިސޯޓް މުވައްޒަފުންގެ ސާމްޕަލްތައް ޕްރޮސެސް ކުރަމުން ދަނީ ފުލުހުންގެ ފޮރެންސިކް ލެބްގައެވެ.

ކުރެއްދޫގައި މަސައްކަތްކުރާ މުވައްޒަފުން އެ ރިސޯޓުން ނުފުރި ތިބޭތާ ދެ މަސް ވާން ކައިރި ވެފައިވައިރު، އެ މީހުން ކޮންމެ ދުވަހަކުވެސް ދަނީ ޝަކުވާތައް ކުރަމުންނެވެ. އެޗްޕީއޭ ބުނަމުން ދަނީ، އެ ރިސޯޓުން މީހުން ފޭބޭނީ އެންމެން ޓެސްޓު ކުރުމުން ކަަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 214 މީހުންނެވެ. އޭގެ ތެރެއިން 18 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    ((( ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ހީނަރުވަމުންދާތީ އާއި އެ ހީނަރުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުގެ އެދުމަކަށް، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ބަޖެޓު ސަޕޯޓުގެ ގޮތުގައި ސަރުކާރަށް 255 މިލިއަން ރުފިޔާ ދެއްވައިފިއެވެ. )))
    ---------------------------------------------------------------------------------
    މީގެމަހެއްހާ ދުވަސް ކުރިން މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ޙިއްޞާދާރު އަލްފާޟިލް ޗަމްޕާ ޙުސައިން ޢަފީފް (އުއްޗު) އެވަނީ ދައުލަތަށް މިވައިރަސްގެ ސަބަބުން އިޤްތިޞާދު ހީނަރުވެގެންދާތީ 255 މިލިޔަން ދިވެހި ރުފިޔާ ދެއްވާފައެވެ. އެހެންނަމަވެސް، މިވައިރަސް އެތެރެކުރީ އެެރިސޯޓުން ކަމަށް ދޭހަވާގޮތަށް އެރިސޯޓް ބަދުނާމުކޮށް ޗަމްޕާ ބަދުނާމްވާ ގޮތަށް މިއަޑިނުބައި ސަރުކާރުން ދިޔައީ ކަންކަން ކުރަމުންނެވެ. މިގޮތުން ނޭވާހޮޅިއަށް އެޅިފައިވާ މިސަރުކާރުގެ ގޮށްމުށުގެ ތެރޭގައި ހުންނަ ޕްރޮސިކިއުޓަރ ޖެނެރަލް ގެންދެވީ ކުރެއްދޫ ރިސޯޓްގެ މުވައްޒިފުންނާއި ވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤު ހިންގަވަން އަމުރު ކުރައްވަމުންނެވެ. ދީލަތި އެހީދެއްވި ޗަމްޕާއަށް މިދޭން އުޅުނީ ބޮޑުތެޔޮ ހަމެއްތާއެވެ. މިއީ ނުޙައްޤުން މިސަރުކާރުން ހިންގަމުންދާ ބޮޑެތި ޖަރީމާތަކަށް ނުވޭތޯއެވެ؟