ލޯންޗުފަހަރާއި، ދޯނި ފަހަރުގައި މީހުން ކަރަންޓީނު ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، ބައެއް ރަށްރަށުގެ ޓާސްކްފޯސް ތަކުން އެކަން އެގޮތަށް ކުރަމުން ދަނީ، ކަމާއި ބެހޭ މަޢުލޫމާތު އެފަރާތްތަކަށް ރަނގަޅަށް އެނގިފައިނުވާތީ ކަމަށް، ފުލުހުން ވިދާޅުވެއްޖެއެވެ.

ބައެއް ރަށްރަށުގެ ފަޅު ތެރޭގައި މީހުން ކަރަންޓީނު ކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގެ، "ވަގުތު" ގެ ފަރާތުން ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން ނަވީން ވިދާޅުވީ، އެކަންކަން ހައްލު ކުރުމަށް ޓާސްކްފޯސްތަކާއި އެލްޖީއޭ އާއި ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ތިކަހަލަ ކަންކަން އެބަ ދިމާވޭ، ދިމާވާ ސަބަބަކީވެސް މި ބަލީގެ ސަބަބުން ލިބިފަހުރި މަޢުލޫމާތާއި މި ހުރިހާ އެއްޗަކާއި އަދި އެޗްޕީއޭއިން ނެރިފަ އޮންނަ ގައިޑެންސް އާއި މި ހުރިހާ އެއްޗަކަށް އެހާ ބޮޑަށް އަންޑަސްޓޭންޑް ނުވާތީވެ ނޫނީ ފުރިހަމަ އަށް ނޭނގި ޓާސްކްފޯސްތަކުން ބައެއް ނިންމުންތައް އެބަ ނިންމާ. އެކަހަލަ ނިންމުންތައް ނިންމީމަ، އަޅުގަނޑުމެން އެލްޖީއޭ މެދުވެރިކޮށް އެ ފަރާތްތަކަށް އެ ކަންތައްތައް އޮންނަގޮތާއި އުޞޫލުތައް ކިޔައިދިނުމަށްފަހު އެކަންކަން ހައްލު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި އަންނަނީ." ނަވީން ވިދާޅުވިއެވެ.

އަދި ރަށްރަށުގެ ޓާސްކްފޯސް ތަކަކީ ވަރަށް މުޙިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބައެއް ކަމަށްވެސް ނަވީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް ވަރަކަށް މިހެން މިހެން ހަދާށޭ ބުނެފަ، އެކަންތައްތައް އެގޮތަށް މުގުރާލައިގެން ކުރާކަށް. ސަބަބަކީ ރަށުގެ އެ ޓާސްކްފޯސް އަކީ ވަރަށް މުޙިއްމު ބައެއް. އެ ނިންމުންތަކާއި އެ ރަށަށް އަރާމީހުންނާއި، ރަށުން ފައިބާ މީހުންނާއި، އަދި ރަށަށް ގެންނަ މުދަލާއި، މި ހުރިހާ އެއްޗެއްގެ އެކައުންޓަބިލިޓީ އޮންނަ އެއް ބަޔަކީ އެ ޓާސްކްފޯސް. އެހެންކަމުން އެ ޓާސްކްފޯސްއަށް އެކަންތައްތައް ކިޔައިދިނުމާއި އެކަންތައްތައް އަންގައިދިނުމަށްފަހު އަޅުގަނޑުމެން އެކަންކަން ހައްލު ކުރަމުން މި ދަނީ." ނަވީން ވިދާޅުވިއެވެ.

ދާދިފަހުން ދ.މީދޫ އަށް ދިޔަ ދޯންޏެއް ކަރަންޓީނުކޮށްފައި ވާއިރު، އެރަށަށް ދަތުރުކުރި ލޯންޗެއްވެސް ފަޅު ތެރޭގައި ކަރަންޓީނުކޮށްފައި ވެއެވެ. އެމީހުން ކަރަންޓީން ކުރީ ކަޑިންމަ ރިސޯޓްގައި ތިބި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސް ދިނުމަށް ފަހު އެނބުރި ރަށަށް ދިއުމުން ރަށު ކައުންސިލުންނާއި، ރަށުގެ ޓާސްކްފޯހުންނެވެ. އެ ލޯންޗު ކަރަންޓީނު ކުރިއިރު އޭގައި ދެ ދިވެހިންނާއި ބިދޭސީއަކު ހުއްޓެވެ. ހަމައެހެންމެ، ދަނގެތިން ފުރައިގެން ނައިފަރަށް ދިޔަ މީހަކުވެސް ވަނީ އެތައް އިރެއް ވަންދެން ރަށަށް ނުފޭބި އެރަށު ފަޅުތެރޭގައި މަޑުކުރަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަވާދު

    މައުލޫމާތު ޓްވީޓް ކޮށްލިޔަކަސް އެރަސްމީއެއްނުވާނެ! ޓްވީޓްގައި ހުއްނަމައުލޫމާތުގެ ވާހަކައެއް ގަބޫލު ކުރަން އޮތީ ކޮން ރަސްމީ ޑޮކިޔުމެންޓެއްގަބާ! ޢެފެންނާނީ އެކަމުގައި އުޅޭބަޔަކަށް!

    8
    2
  2. ޞސޖސޖސޖަނ

    ބަލަ ތި ނަވީން މެންނަށް ރަށްރަށުގެ ހާލަތު އިނގޭތަ. ނޫނީ އެެްފަހަރުވެސް ރަށެއްގެ ހާލުބަލާލަން ގުޅާލިންތަ؟ އަނގަ ފުޅާކޮށްފަ ތިވާހަކަ ދައްކަނީ. މާލޭ ތިބިބަޔަކު ރަށރަށުގެ ކަންކަން ނިންމުގެ ބަދަލުގާ ރަށްރަށާ ތި ބާރުތައް ހަވާލުކޮށްބަލަ

    14
    4
  3. ދަންނަ ނުދަންނަ

    ތިކަހަލަ ޓާސްކުފޯހެއް އޮވޭ ހުޅުދުއްފާރުގައިވެސް... ހީވަނީ އެވަރުބަޔަކު ނެތިގެން އުޅޭހެން.. މިހާރުވެސް އެރަށުގެ ފަޅުގައި އެބަތިބި މީހުން ރަށަށް ނޭރިފައި

  4. އަޙުމަދު

    އަންޑަސްޓޭންގ ވާތީ ތޯ ރާއްޖެއިން ބޭރުން ކޮވިޓް 19 ކޮމިއުނިޓީ ސްޕްރެޑް ހުރިގައުމުތަކުން
    މީހުން ގެނެސް މާލެ ތެރެއަށް ދޫކޮށްލީ އަދި މުޅިމާލެ އިންފެކްޓްވެ ކޮވިޑް 19 މިޤައުމުގައި ބާރަށް ފެތުރެންފެށީ ، މިހާރު މާލޭ ބޭފުޅުން ރާއްޖެތެރެ އިންފެކްޓް ނުވެގެން ތިޔަ ތެޅިބާލަނީ !
    ރާއްޖެތެރެއަށް ކޮމިއުނިޓީ ސްޕްރެޑް އޮތް ސިޓީއަކުން މީހުން ، ކަރަންޓީން ނޮކޮށް ޓެސްޓް ނޮކޮށް ތިޔަ ފޮނުވަނީ !