ކ.އަތޮޅު ތުލުސްދޫން ދެމީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ތުލުސްދޫ އިން ކޮވިޑް-19 އަށް ދެމީހަކު ފައްސިވިކަން އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަށަވަރު ކޮށެއް ނުދެއެވެ. މިއަދު ރާއްޖެ އިން 73 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ތުލުސްދޫ އިން ފައްސިވި މީހުން ހިމެނޭކަމެއް ނުވަތަ ނޫންކަމެއް އެޗްޕީއޭ އިން ކަށަވަރު ކޮށެއް ނުދެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ދެބިދޭސީންނެވެ. އެމީހުންނަކީ ކޮވިޑް-19 އަށް ފައްސިވި މީހަކާއި ބައްދަލުވެފައިވާ ބައެކެވެ.

ތުލުސްދޫ އޮތީ މިހާރު މޮނިޓަރިންގެ ހާލަތުގައެވެ. އެހެންކަމުން އެރަށަށް މީހުން އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

ތުލުސްދޫ ހެލްތު ސެންޓަރުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު އެރަށުން ސާމްޕަލް ނެގި މީހުންގެ ތެރެއިން މިހާތަނަށް ދެމީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. މިދަނޑިވަޅުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ހެލްތު ސެންޓަރުން ބުނެފައި ވެއެވެ.

މާލެ އާއި ތުލުސްދީ ފިޔަވައި މިހާތަނަށް ކޮވިޑް-19 ފެނިފައިވާ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ. އުލިގަމާއި ށ.ނަރުދޫ އެވެ. ނަރުދޫ އަށް ނިސްބަތްވާ "އަމާޒު" ބޯޓުގެ ކެޕްޓަން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭނާ ފައްސިވުމުން ވަރަށް ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    އެމްޑީޕީގެ ވައުދު ފުރިހަމަމިވަނީއެވެ. އެމްޑީޕީގެ މެމްބަރު ބުނެފައެއޮތީ "ކޮރޯނާޖައްސާފައޭ" އިންތިހާބުކާމިޔާބުކުރާނީ. އެބުނަނީ ކޮރޯނާޖެހުމުން ރާއްޖެއަށް އެހީގެ ގޮތުގައި ބޭރުންލިބޭ ފައިސާތަށް އިންތިހާބަށް ހަރަދުކޮށްގެނޭ ގަނެލާނީ

    24
    4
  2. ޓަކިބޭ ދައިތަ

    ރައްޔިތުންގެ މާލިއްޔާ ލޫޓްވާލައިފި. ވެރިން ރައްޔިތުންނަށް ޚިޔާނާތްތެރިވެއްޖެ. މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ޚިލާފްވެ ޤާނޫނުތައް މުގުރާ ރައްޔިތުންނަށް ވައިރަސް ޖައްސައި ރައްޔިތުން މަރަށް ތެޅެން ދޫކޮށްލައިފި. އެމްޑީޕީގެ ސަރުކާރު ފޭލްވެއްޖެ. ދެފަހަރަށް ރައްޔިތުންގެ ފަރާތުން ވެރިކަން ޙަވާލުކުރީމާވެސް ފޭލްވީ. ރައްޔިތުންނޭވެ! ހޭއަރާށެވެ! ސަލާމަތީ ބާރުތަކުގެ ބޭފުޅުން ވިސްނާވަޑައިގަންނަވާށެވެ! މިއީ ތިޔަބޭކަލުންނާއި ކަނބަލުންގެ ވެސް ޤައުމެވެ. މިޤައުމުގެ ކަންކަން މިވަނީ ބޮއްސުންލާފައެވެ. ރައްޔިތުންނަށް މިވަނީ އޮޅުވާލާފައެވެ! ފްލޯޓިން ހޮސްޕިޓަލާއި 4000 މީހުންގެ ވެންޓިލޭޓަރާއި ފެސިލިޓީ ކޮބައިތޯއެވެ؟ އަދި 200 މީހުންނަށް ވެސް ފަރުވާދޭން ޖެހިފައިނުވާއިރު ވިސްނަވާށެވެ!

    މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް:-
    1- ޖަލުގައި ތިއްބެވި އެންމެހާ ޤައިދީން ޝަރުޠުކޮށްފައި ނަމަވެސް މިވަގުތަށް ދޫކޮށްލުން. (މިގޮތަށް ކަންތައް ނުކޮށްފިނަމަ، ޖަލުތަކުގައި އެތައް ބަޔަކު މިވައިރަސްގެ ޝިކާރައަކަށްވެ މަރުވެގެންދާނެއެވެ.)
    2- ޤައުމުގެ ސަލާމަތީ ބާރުތަކުން އަވަސް ފިޔަވަޅު އަޅުއްވާ ޤައުމުގެ ކަންކަމާއި މިވަގުތަށް ޙަވާލުވެ ވަޑައިގެން މިޞްރުގައި ހިންގައިދިޔަ ކަންތަކުން ޢިބްރަތް ޙާޞިލް ކުރެއްވުން.
    3- ޤައުމުގެ ބޯޑަރު ބަންދުކުރަން އެދި ޕްރޮފެސަރުންނާއި ޑޮކްޓަރުންނާއި ޞިއްޙީ ޚިދްމަތްތެރިންނާއި ނޫސްވެރިންނާއި ޢާއްމު ރައްޔިތުން ގޮވަމުން ދިޔަ ގޮވެލިފަތި އަޑުނާއްސަވާ ބީރުކަންފަތެއް ދެއްވި ވެރިންގެ މައްޗަށް އަވަސް ފިޔަވަޅު އަޅުއްވާ ޖިނާއީ ތަޙްޤީޤު ހިންގަވާ ޤާނޫނުގެ ޙުކޫމަތު ޤާއިމް ކޮށްދެއްވުން.
    4- ރައްޔިތުން ގޮވައިގެން މިއަޑިގަނޑުން އަރައިގަނެވޭފަދަ ވެރިޔަކާއި ދައުލަތް ޙަވާލު ކުރެއްވެންދެން ސަލާމަތީ ބާރުތަކުން ދައުލަތުގެ އެންމެހާ ކަންކަން ނިކަމެތި ރައްޔިތުންގެ މައްޗަށް އަމާނާތްތެރިކަމާއެކު ހިންގަވާ ބެލެހެއްޓެވުން.
    (މިކަން ސަލާމަތީ ބާރުތަކުގެ ބޭފުޅުން މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި އެއްގޮތަށް ގެންދެވިދާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ. އެހެނީ، ސަލާމަތީ ބާރުތަކުގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޤަދަރު ޒަމާނުއްސުރެ އޮންނާތީއެވެ.)

    މިގޮތަށް ޤައުމުގެ ކަންކަން ކުރިއަށް ނުގޮސްފިނަމަ، މިހާރު ތިބި ބޮޑުންނާއި ހަނގުބޭކަލުން ބައްލަވަމުން ގެންދަވާނީ ދައުލަތުގެ މާލިއްޔަތު ދިރުވާލައްވާފައިވެސް މިޤައުމުން އެހެންތަނަކަށް ހިޖްރަ ކުރެވޭތޯއެވެ. އެއްވެސް ވެރިއަކު މިހާރު ޒިންމާ އުފުލާކަށް ބޭނުންމެއް ނުވެއެވެ. އެންމެންވެސް އެތިބީ ފިލައިގެން ރައްކާވެވޭނެ ދަނޑިވަޅަކަށް ބަލަބަލައެވެ.

  3. ނިކަމެތި ދިވެހި ރައްޔިތުމީހާ / ފަޤީރު ކޮއެ

    މިވަގުތުން ވަގުތަށް ވެސް ށ. އަތޮޅު މާކަނޑޫދޫ (ކުރީގައި މީހުން ދިރިއުޅުނު ބޮޑު ބިން އޮތް ރަށެއް - ކުޅިއެއްވެސް އޮންނާނެ - މިކުޅީގައި ކާންބޭނުންވާ ވަރަށް ވުރެން އިތުރަށް ވެސް ދިރޭ ފަރުމަސް ހުރޭ - ގޮވާމާއި މޭވާގަސްތައް ވެސް އެރަށުގައި ބައިވަރު އެބަހުރި) އަށް ރާއްޖޭގައި މިވަގުތު ތިބި ހުރިހާ ބިދޭސީންތައް ބޮޑެތި އޮޑިފަހަރުގައި ގެންގޮސް އެރަށުގައި ބައިތިއްބަންވީއެވެ. އެމީހުންނަށް ބޭނުންވާ އަސާސީ ބޭނުންތަކާއި ކާބޯތަކެތި ފޯރުކޮށްދީފައެވެ.

    މީގެކުރިން ލެޕްރަސީ ބަލީގައި ރާއްޖޭގައި ވަރަށް ގިނަ ބަޔަކު މަރުވެގެންދިޔައެވެ. ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައެވެ. އެއިރު، ހުވަދު އަތޮޅުގައި ބަލިޖެހޭ ފިރިހެނުން ބަހައްޓަމުން ދިޔައީ ގއ. ފޮނަދޫ ކިޔާ ފަޅުރަށެއްގައެވެ. ބަލިޖެހޭ އަންހެނުން ބައިތިއްބަނީ ގދ. ހަވޮއްޑާ އެވެ ކިޔާ ފަޅުރަށެއްގައެވެ.

    މިކަން ކުރަންވާނީ ސަލާމަތީ ބާރުތަކުގެ ބޭފުޅުންނެވެ.

    އެހެންނޫނީ ޑަޒަން ޑަޒަނަށް މަރުވާ މީހުން އިތުރުވެ ކަށްވަޅުތަކުން ބިން ފުރިގެން ހިނގައިދާނެ ކަމުގެ ބިރުއެބައޮތެވެ.