ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ސަރުކާރުން ހަދަމުން އަންނަ ވަގުތީ ހޮސްޕިޓަލް "ކޮވިޑް-19 ވިލެޖް" ގައި މަސައްކަތް ކުރަމުން އަންނަ ދެމީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއިމާރާތް ނިންމުގެ މަސައްކަތުގައި އުޅޭ ދެބިދޭސީއަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެއިމާރާތް ނިންމުމުގެ މަސައްކަތުގައި އުޅޭ ބައެއް މުވައްޒަފުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު އެމީހުންނަށް ގުޅައިގެން ކޮވިޑް ވިލެޖްގެ ވަކި ތަންތަނަކަށް ވަދެފައި ހުރިތޯ ބަލަމުންދާ ކަމަށެވެ.

އެއިމާރާތުގެ މަސައްކަތް ނިންމަން 100 ވަރަކަށް ފެނަކަ މުވައްޒަފުންނާއި ބިދޭސީންގެ އިތުރު ސިފައިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ފެނަކައިގެ މުވައްޒަފުންގެ ތެރޭގައި އެކި ރަށްރަށުން މާލެ ގެނެސްފައިވާ މުވައްޒަފުން ވެސް ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 214 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. މީގެ ތެރެއިން ގިނަ މީހުން ވައިރަސް އަށް ފައްސިވެފައި ވަނީ މާލެ އިންނެވެ. މާލެ އާއި ހުޅުމާލެ ފިޔަވައި މިހާތަނަށް ކޮވިޑް-19 ފެނިފައިވާ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރޭގައި ހިމެނެނީ ކ. ތުލުސްދޫ އާއި ހއ. އުލިގަމާއި ށ.ނަރުދޫ އެވެ.

ރާއްޖޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މި ވައިރަސް އެންމެ ބޮޑަށް ފެތުރެން ފެށީ މިމަހުގެ 15 ވަނަ ދުވަހު މާލެއިން މީހަކު ފައްސިވުމާއެކު އެވެ. އެއަށްފަހު އިދާރާތަކުން އޭނާ އާއި ބައްދަލުވި މީހުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވައިރަސް މިހާރު ފެތުރެމުން ދަނީ މުޖުތަމަޢުގެ ތެރެއިން ކަން ވަނީ ޔަޤީން ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އައިޟާ/ ހަނިމާދޫ

  ޢަޅުގަނޑު އުޅޭ ތަނެއް ނޫނަސް..... ޢާދެސް ކޮައްފަ ބުނަން ބުރިޖު ބަންދު ކޮއްދީ އޭރުން ދެން ވެސް ގިނަ ބަޔަކައް ރަށްކާތެރި ކަމެއް ލިބޭނީ... ?

  39
  4
 2. ޣުރުބާން

  ތިތަނައް ގެނައި މުވައްޒަފުންނައް އޮޅުވާލައިގެން ހަފްތާއަކަށޭ ކިޔައިގެން...މިހާރު ވީދުހެއް ނޭންގެ..

  36
  2
  • ވިސްނާ

   ބަލަގަ އެއީ.އޮޅުވާލުމެއްނޫން...ކަންތަށްތަށް ދިމާވާނެގޮތެއް ނޭގޭނެދޯ....އެމީހުން އެކޮށްދެނީ ކުރާހިތުން ޤައުމީކަމެއްކަމަށްދެކިގެން....ތިކަހަލަ ފިނޑިނުކެރޭމީހުން އަބަދުވެސްދުވާނީ ކޮންމެސް ފިތުނައެއް އުފަށްދަމުން.....އަހަރުމެން މިއަދު އެމީހުނާހެދި ފަހުރުވެރިވަން

   18
   8
   • Anonymous

    ޢެމީހުން ބަލިވުމުން އެމީހުން ގެ ޒިންމާ ތައް ކާކު ނަގަނީ
    ވަޒީފާ ބޭނުން ވާތީ ކުރަނީ މިއަދު އެމީހުން ގެ އާއިލާ ތައް އެތިބީ ރޮއެލަ ރޮއެލަ..ހަފްތާ އަކަށް ގެނައިމަ އެމީހުން އައީ

 3. ސަރް

  ބަލަ ޗައިނާމީހުން ހަދާދީފަ ހުރި އިމާރާތް ފޭސް 2 ގައި އެބަތިބި. އެތަންތަން ވަގުތީގޮތުން ގުރައުންޑު ފުލޯތައް ހޮސްޕިޓަލަކައް ބަދަލު ނުކުރެވިގެން ތިއުޅެނީ ކީއްވެ. މި ދުވަސް ކޮޅުގަ ޕާމަނަންޓު ތަންތަން ހެދުމުގެ ބަދަލުގަ ވީހާވެސް އަވަހަކައް އަދި ވީހާވެސް ޚަރަދު ކުޑަކޮއް ކަންކަން ކުރުމުގެ އުސޫލުމަތީން ނުހިންގަނީ ކީއްވެ.؟

  48
  4
 4. ނިކަމެތި ދިވެހި ރައްޔިތުމީހާ

  އަވަހަށް މިވަބާ މިޤައުމަށް ގެނައި ސަރުކާރު އިސްތިއުފާ ދެއްވާށެވެ! ރައްޔިތުންނަށް އޮޅުވާލާ ސަރުކާރެކެވެ. ރައްޔިތުންގެ ޚަޒާނާ ލޫޓުވާލި ސަރުކާރެކެވެ. ރައްޔިތުންގެ ހަރުމުދާތައް ނުއަގުގައި ވިއްކާ ހުސްކޮށްލާ ސަރުކާރެކެވެ. ރައްޔިތުންގެ ޚަޒާނާގައި ހުރި ހުރިހާ ޑޮލަރެއް އިންޑިޔާގެ ރުޕީސް އަށް "ސްވޮޕް" ކޮށްލި ނާޤާބިލް ސަރުކާރެކެވެ. ރައްޔިތުންނޭވެ! ހޭއަރާށެވެ! ސަރުކާރު މިހާރު މިއޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ. އެންމެން ގުޅިގެން ކުރިހާ އާދޭސް މިސަރުކާރުން ބޮލާލާ ޖަހާލާ ޤައުމީ ދޮރޯށިތައް ބަންދު ނުކޮށް ޤަޞްދުގައި މިވައިރަސް ލަންޑަނުންނާއި ބޭރުޤައުމުތަކުން އެތެރެކުރީއެވެ. ނިކަމެތި ދިވެހިރައްޔިތުން މިތިބީ މަރަށް ތެޅެން ދޫކޮށްލާފައެވެ. ދިވެހިފަސްގަނޑު އިންޑިޔާއަށް ނުއަގުގައި ވިއްކާލަން ރާވާފައިވާ ރޭވުމުގެ ކޮޅުމަތި މިފެންނަނީއެވެ.

  40
  4
 5. ބޭކާރު

  ނިމިފަ ހުރި ފްލެޓް ތައް މީހުނަށް ދީބަލަ .މިހާރު ކުލި ނުދެެްކޭތީ މީހުން ތެޅިފޮޅެނީ އެއްވެސް ކަމެއް ކުރެވެނީކީނޫން މީ ކިހާދެރަކަމެއް

  22
 6. ބޭކާރު

  ނިމިފަ ހުރި ފްލެޓް ތައް މީހުނަށް ދީބަލަ .މިހާރު ކުލިނުދެއްކިގެން މީހުންތިބީ ގޮތްހުސްވެފަ

  17
 7. Anonymous

  ފެނަކައިގެ މުވައްޒަފުން ނައް ވާގެއްލުމުގެ ޒިންމާ ނަގާނީ ކޮންބައެއް ބާ

  15
 8. ގުރުބާނީ

  ތިތަނުގައި 24 ގަޑިއިރު އެވ މުވައްޒަ ފުންވ ލައްވާ މި ރމަޟާންމަހުވެސް އެހާބުރަކޮށް މަސައްކަތްކުރުވަނީ. އެއްތަނެއްގަވ އެތައްވ ބަޔަކުވ ތޮއްޖެހިގެން ތިބެންވ ޖެހެނީވެސް. ރަށްރަށުންވ އޮޅުވާލައިގެން ގެނެސް ސަރުކާރުން މިފ ފަދަކަންތައްވ އެގޮތަށްނުކުރުމަށްއެދެން. ސާބަސް ފެނަކަވ އަދި ޓީމްގެ މިންނެތްމަސައްކަތައް.

  12
  1
 9. ޑައެލޯގް

  ރ.ޔާމީނު ވަނީ ބޮޑުހޮސްޕިޓަލަކާޢި ހުޅުމާލެފޭސް 2އާއި އެމް.އެމް.އޭގެ ރިޒާވްގައި 800 މިލިއަންޑޮލަރު ބަހައްޓާފައެވެ. މިހެންވެ ކިރިޔާވެސް މިސަރުކާރަށް މިބަލީގައި މިވަރުވެސް މިވަނީ އެނޫންނަމަ އަދި މިޔަށްވުރެވެސް ގޯސްވިސްކަންކަށަވަރެވެ.

  22
  3
 10. ޢަހުމަދު

  ފެނަކަ މީހުން ގެންދަނީވެސް ތޮއްޖެހިފައި ހުންނަ ވެހިކަލްތަކުގައި. އަސްލު ނޭގޭ މުޅިން އަލަށް ތި ވިލެޖްތައް ތި އަޅަނީ ކީއްވެގެން ކަމެއްވެސް. ހުޅުމާލޭ ފޭސް 2 ގައި އެހެރީ ނިމިފައިހުރި 7000 ފްލެޓް. ކީއްވެގެންތަ ސަރުކާރަށް އެތަން ބޭނުން ނުކުރެވެނީ؟؟؟

  1
  1