ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ގައުމަށް ދާން ބޭނުންވި ނަމަވެސް ނުދެވިފައި ތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިންނާއި އެހެނިހެން މީހުން އެމީހުންގެ ގައުމަށް ފޮނުވާލުމަށް ހާއްސަ ފްލައިޓުތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު ދެ ފްލައިޓެއް އޮންނާނެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި ބުދަ ދުވަހު އޮންނާނީ ރޮސިއާ އެއާލައިންގެ ފްލައިޓެކެވެ. އަދި ބުރާސްފަތި ދުވަހު އޮންނާނީ އެއާ ކައިރޯގެ ފްލައިޓެކެވެ. ނަމަވެސް މި ފްލައިޓުތައް ދަތުރުކުރާ މަންޒިލެއް އަދި މިނިސްޓްރީ އިން ހާމަކޮށްފައެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓް ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި، ބިދޭސީ މަސައްކަތްތެރިން އެއާޕޯޓަށް ގެންދިއުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފުލުހުންނާއި، ފޮރިން މިނިސްޓްރީގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީ އިން ގުޅިގެން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ފުރައިގެން ދިއުމަށް ބޭނުންވާ އެތައް ބަޔަކު ރާއްޖޭގައި ތާށިވެފައި އެބަތިއްބެވެ.

ރާއްޖޭގައި ބަލި ޖެހޭ އަދަދުތައް އިތުރުވަމުން އަންނަ އިރު، ފައްސިވާ މީހުންގެ ތެރޭގައި ދިވެހިންނަށްވުރެ ނިސްބަތުން ގިނައީ ބިދޭސީންކަން ފާހަގަކޮށްލެވެއެވެ. މިހާރު ސަރުކާރުން އަންނަނީ މި ބަލި ދިވެހިން އަދި ބިދޭސީންގެ ތެރޭގައި ވެސް އިތުރަށް ފެތުރުނަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖެ އިން މިހާތަނަށް 214 މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ފެކްޓް

  ބަންގާޅުގެ ރައްޔިތުން ރަށަށް ފޮނުވާ ކަހަލަ ސިގްނަލެއް ނުލިބުނު.

  14
 2. ބޯގޮވި

  އެބަޔަކު ތިބެންވާނީ އެބައެއްގެ ޤައުމަކު ބިދޭސީން ފޮނުވާލާ ފޮނުވާލާ

  11
 3. ޙާާމް

  އަދިވެސް ތޮއްޖެހިގެން ހާލި ހަދައިގެން ގަވާއިދާ ޤާނުތަކާއި ޙިލާފަށް ދުނިޔޭގައި ލެެއްވިހާާ ވިޔަފާއެއްކޮށް ނުގަވާއިދުން ފިލައިގެން އުޅޭ ބަންގުލަދޭސް ގުރޫޕުތައް ފޮނުވާލަން ނުވޭބާ، ގައިމު އޯޕަން ވިސާގަ ވެސްް އެއްލައްކައެެއްްހާ ބަންގާޅުން އުޅޭ ވިއްޔާ. އޯޕަން ވިސާ މީހުނަކީ ރާއްޖޭގެ އެއްވެސް މީހަކު ޒިންމާ ވާާންް ޖެހޭނެ ބައެއްނޫން. ދެން މިކޮމަންޓް ޕޯސްޓްް ކޮށްފިއްޔާ އެއްކަލަ މާ ހިއުމެނިޓީ ވެގެން އުޅޭ އަންހެން ގުރޫޕު ރިޕްލައި ކުރަންް ފަޝާނެ ރޭސިސްޓް ވަނީއޭ، އެއީ ވެސް އިންސާނުންނޭ ކިޔާފައި. ދެން އިންސާނުންނަށް ވީމަ ދުނިޔޭގެ އެހެން ޤައު،މުތަކުގަ ފޮރިނާސްއިންނަށް ނޫޅެވެނީ ކީއްވެބާ.

 4. ޢަލިފް

  ފުރަތަމަ ކުރަންވީކަންތައް ލަސްވެ ވާއެއްޗެއް ވާހަުން އެކަމަކައިގެން އަބަދުވެސް މިމީހުން

 5. ޖޮނަތަން

  އާދޭސްކޮށްފަ ބުނަން ރާއްޖޭގައިތިބި ބަންގުލާދޭސް މީހުން(ގަވާއިދާއި ޚިލާފަށް އުޅޭ) މީހުން ދިވެހި ސަރުކާރުގެ ޚަރަދުގަ ނަމަވެސް ގެންދަބަލަ.އަދިވެސް އެމީހުން ބައިތިއްބަން ގައުމުގެ މިލިކިއްޔާތުން ޚަރަދުކޮށްގެން ގުޅިފަޅު ތަރައްގީ ކުރަންވީއަކީނުން.އެއަށްވުރެން މާނިކަމެތި ހާލުގަ ދިވެހި ރައްޔިތުން އެބައުޅޭ ބޯހިޔާވަހިކަމެއްނެތި.މި ކޮރޯނާ ވައިރަހާގުޅިގެންވެސް ދިވެހިންނަށް ކުރާޚަރަދަށްވުރެ ގިނައިން އެމީހުންނަށް ޚަރަދު ކުރަންއެބަޖެހޭ.ބަންގުލާދޭޝްއިން ފޮނުވާ ފާރޮށި ޓަނަކަށް ހެއްލިގެން ގައުމުގެ މިލްކިއްޔާތު ހުސްކޮށްނުލާ.