މިއަދު އައްޑޫގައި ހިނގި އެކްސިޑެންޓް

އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އެކަކު މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލް އަދި ލިބިފައެއް ނުވެއެވެ.

އައްޑޫގައި މިއަދު އެކްސިޑެންޓެއް ހިނގިއިރު މި މަހުގެ ކުރީކޮޅު ފޭދޫ ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކު ވަނީ ނިޔާވެފައެވެ. އެ އެކްސިޑެންޓް ހިނގީ ކާރަކާއި ބައިސްކަލެއް ޖެހިގެންނެވެ.

އަދި މިދިޔަ މަހު ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒުވާނަކު ވެސް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޑީ ދުވާލެ