މެޝިނުން ގުނައިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދައްކަން އެންގި އެއް ލައްކަ ރުފިޔާ ސަންގު ޓީވީ އިން ދައްކައިފި އެވެ.

ސަންގު ޓީވީ ޖޫރިމަނާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ސަންގު ޓީވީ ޖޫރިމަނާ ކުރީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ދެއްކެވި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި މައްސަލައިގަ އެވެ.

"ވަގުތު" އާއި ވާހަކަ ދައްކަވަމުން ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތަށް ބޮޑެތި އަދަދުން ޖޫރިމަނާ ކުރާއިރު ފައިސާ ގުނާނެ މެޝިނެއް ބްރޯޑްކާސްޓިން ކޮމިޝަނުގައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިއަދު އެ ސްޓޭޝަނުން ދެއްކި ޖޫރިމަނާ ފައިސާ ގުނަން ދެގަޑި އިރު ނެގި. އެންމެ ފަހުން ފައިސާ ގުނަން ޖެހުނީ ސަންގުޓީވީގެ ފައިސާ ގުނާ މެޝިނު ގެނެސްގެން" އަސްވާޑު ވިދާޅުވިއެވެ.

އަސްވާޑު ވިދާޅުވީ މިލިއަނުން ޖޫރިމަނާ ކުރާ ތަނެއްގައި ފައިސާ ގުނާ މެޝިނެއް ނެތުމުން ހިތާމަކުރާ ކަމަށެވެ.

ޖޫރިމަނާގެ އިތުރުން ބްރޯޑްކޮމްއިން ވަނީ ސަންގު ޓީވީ އިން އެ މައްސަލައިގަ ލައިވްކޮށް މައާފަށް އެދުމަށްވެސް އަންގާފައި އެވެ.

ސަންގު ޓީވީ އިން އެ ފައިސާ ހޯދުމަށް ފައިސާ ޖާޑީގެ ނަމުގައި ފަންޑު ފޮއްޓެއް ހުޅުވައި މާލެއާއި ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކަށް ގޮސްފައި ވެއެވެ. އެ ސްޓޭޝަނުން މިއަދު ޖޫރިމަނާ ދެއްކީވެސް އެ ޖާޑިއަށް ފައިސާ އަޅައިގެން ގެންގޮހެވެ.

ސަންގު ޓީވީއިން ބުނީ ޖޫރިމަނާގެ ގޮތުގައި ދެއްކި ހުރިހާ ފައިސާއަކީ އެ ފަންޑު ފޮއްޓަށް މީހުން ހަދިޔާކުރި ފައިސާ ކަމަށެވެ.

ސަންގު ޓީވީގެ އިތުރުން ރާއްޖެ ޓީވީ އާއި ވީމީޑިއާ ވެސް ވަނީ ރައީސް ޔާމީންގެ އަބުރުފުޅަށް އަރައިގަންނަ ކޮންޓެންޓެއް ބްރޯޑްކާސްޓު ކުރި ކަމަށް ބުނެ ޖޫރިމަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަސްޑޫންޏާ އަސްޖާޑީ

    ފުލަށް ބާރުލާފަ މީހުންގެ އަބުރާ ބެހޭ އިރު ނުގަނެ ލަދެއް، ސަލާން ޖަހަން ރަށްރަށައް ޖާޑިމެން ދިުވި އިރު ނުގަނޭ ދޯލަދެއް، ޖާޑީ ރުންބައެއް ހިފައިގެން މަގުމަތީ ދުވި އިރު ކަލޯމެން ލަދު އޮތީ ކޮންތާކަށް ލާފަތަ. ހާދަ ހާ ވާ ހަޔާތް ކުޑައޭދޯ އަސްޑޫންޏާ، ތި ފައިސާ ޖާޑި އެއްނޫން ތި އަސްޖާޑީ

  2. ފަސްރުފިޔާ އަސްވާޑު

    މިގޮތަށް ކުރާ ޖުރިމަނާ 100 އިން ފެށިގެން މަތިން ދައްކަން ފާސް ކުރީމަ އޮންނާނެ އަސްދޫނިމަސް ކެވިފަ ހެހެ

  3. ފަސްރުފިޔާ

    ފަސްރުފިޔާ ޗެނެލް

  4. ޖަންބަތު

    އަޞްލު ޖުރުމަނާކޮށް ބަންދު ކުރަންވީ ނޫހަކީ ވަގުތު ނޫސް އެކަމަކު ޖުރުމަނާ މި ކުރީ ސަންގު ނޫސް ދެން ކޮބައިތޯ އިންސާފެއް !