ކޮވިޑް-19 އާ ގުޅިގެން، ކ. މާފުށި މޮނީޓަރިންގެ ހާލަތަށް ލުމާއި ގުޅިގެން މާފުށި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެޔަށް ބަދަލު ކޮށްދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މާފުށި މޮނީޓަރިންގެ ހާލަތަށް ގެނެސް ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރަމުން އަންނައިރު އެ ރަށް މޮނީޓަރިން އަށް ލަފާފައިވާ އަސްލު ސަބަބު ތަފްސީލުކޮށް ބަޔާން ކޮށްދިނުމަށް އެދޭ ކަމަށެވެ.

ކުއްލި ގޮތަކަށް ރަށެއް މޮނީޓަރިން އަށް ލުމަކީ އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނާނެ ކަމެއްކަން ފާހަގަކުރައްވާ އެކަމުގެ ހަގީގަތް ހާމަކުރުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައިރު މިވަގުތު މާފުށި ޖަލުގެ ހާލަތެއް ވެސް ނޭނގޭކަން ބަޔާންކޮށް ކަންބޮޑުވުންފާޅު ކުރައްވާ ޕީޕީއެމް އަދި ޕީއެންސީން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ މާފުށި ޖަލުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މިންވަރު އެނގެން ނެތުމަކީ އެ ކޯލިޝަންގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި މާފުށި މޮނިޓަރިންގެ ހާލަތުގައި އޮއްވާ ރައީސް ޔާމީންގެ ލޯޔަރުންނާއި އެމަނިކުފާނާއި ބައްދަލުވުމަށް އޮތް ފުރުސަތު ވެސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މާފުށި މޮނީޓަރިންގެ ހާލަތަށް ލުމުން ރައީސް ޔާމީން ގެޔަށް ބަދަލު ކޮށްދިނުމަށް އިދިކޮޅުން އެދުނުއިރު ރައީސް ޔާމީން ގެޔަށް ބަދަލު ކޮށްދިނުމުގެ ކަންކަން އަވަސް ކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. އަލިބެ

    ހެޔޮ ނުވާނެ އެފަކީރު މާލެ ގެންނަން. ކޮވިޑް 19 އުޅޭއިރު، އެފަކީރު އޮތްހާލުގަ އޮތަދީ.

    37
    33
  2. ނަައީމް

    މިވަރުގެ އެރިޔެއް ހަމަނެނެތް ޔާމީންރައިސް އަންނާނެ ދުވަހެއްގެ އިންތިޒާރުގަ އެތަކެއްބަޔަކު
    މިހާރުން މިހާރަށް ދޫކޮށްލުން ރަނގަޅު

    50
    15
  3. ޢާދަނު

    ޔާމީނު ގެއަށް ބަދަލު ކުރަނީނަމަ ޖަލުގައި ތިބި އެންމެން ގެއަށް ބަދަލު ކުރަންޖެހޭނެ.

    50
    48
    • މަގޭ

      އަންނިމެން ދޫކުރީ ކީއްވެބާ.

      9
      1
    • ކަބަޑު

      އަންނި އާއި އެހެނިހެން ސިޔާސީކުޅި ކުޅުނުމީހުން ދޫކޮށްލިގޮތަށް ރައީސް ޔަމީންވެސް ދޫކޮށްލަން ޖެހޭ.

      11
      4
  4. ކާފަބޭ2020

    ޖަވާބެއްދޭނަން ބޮޑުބޭބެކައި ރީއަހާލާފަ ޖަވާބުއަންނަންދެން ކެތްކޮށްލާ މިނޫންގޮތެއްމިހާ ރުވާކަށްނެތް ސޮ ރީ!!!!!

    12
    20
  5. ??

    ރައީސް ޔަމީން ގެއަށް ބަދަލު ކޮށްފިނަމަ ސަ ރުކާ ރު ވެއްޓޭނެ

    32
    19
  6. ޢަހޮމަދު

    ޖަލުގައި ޔާމީނަށްވުރެ ރައްކާތެރި ތަނެއްގަހުރިމީހަކުނެތް. އެހެންވީމަ ކޮބައިތޯ އެހެންމީހުން ބައިތިއްބާފަ ޔާމީނު މާލެ ބަދަލުކުރަންޖޭ ސަބަބެއް.ޔާމީނަކީ ކުށްސާބިތުވެ ހުކުމް ކޮއްފަ ހުރި މީހެއް.

    23
    38
    • ބޯހަލާކު

      ކޯޓްގެ އުށޫލު ތަކާހިލާފައް ދެއްތޯ ހައްޔަރުކޮއްފައެއޮތީ..

      8
      3
  7. އެކްޓަރ

    އަލިބެ އެފަކީރު ކިޔަސް އެއީ ކުރީގެ އިތްޒައްތެރި ރައީސް އަބުދުﷲ ޔާމީން، ރާއްޖޭގެ އެންމެ ސަޕޯޓް ބޮޑް ގަޓް ލީޑަރ ..ކޮވިޑް ޖެހުނު އިރު 310 މިލިއަން ޑޮލަރ ފަންޑު ގާއިމް ކުރި ރައީސް..ތި އަލިބެ އާއި ދިވެހި އެންމެހާ ރައްޔިތުންނަށް ތަރައްގީއާއި ތަމަދުއްދުންއާއި ފަހި އިގުތިސާދެއް ގެނެސްދެއްވި ރައީސް ..އަލިބެ..މާތްﷲ ގަންދެއްވައި ބުނަން.. މާތް ﷲ އިރާދަފުޅުން ރ ޔާމިން ސަލާމަތްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްގައި
    ސަޕޯޓަރުން ދެމިތިބޭނެ..ރޯދައިގެ ފަހުން ވަރުގަދަ ސިޔާސީކޮޅިގަޑެއްގައި މިސަރުކާރު ޖެހޭނެ، އަދި އެއީ ޑިވް ޕޮއިންޓް.. މިކަންކުރާނީ ސަޕޯޓަރުން... ހީވެސްނުވޭ..

    30
    10
    • އަލިބެ

      ދެމިތިބެ ހުކުމް ނިމެންދެން އޭރުން ވާނީ ވަފާ ތެރިންނަށް. ޖަލު ހުކުމުގަ ހުރި މީހެއް ސަރުކާރަކަށް ދޫ ނުކުރެވޭނެ. ބޯބުރާންތި ވެގެން ތި ތެޅެނީ.

      4
      9
    • ރާގޮޑިރާޖަ

      ޥައްކަން ސާބިތުވީމަ އިއްޒަތްތެރިކަމެއް ނޯންނާނެ. ޢަނިޔާވެރިންނަށްވާނީ.

      4
      8
  8. މާލެ ބޭބެ

    ރ.ޔާމިންއަކީ ހިތްޕުޅުގެ އާލާސްކަންފުޅު ހުންނަ ބޭފުޅެއް.. މާފުށި މޮނިޓަރ ގައިއޮވެ އަދި މާލެ ހޮސްޕިތައްވެސް ތައްޔާރީވެފަ ކޮވިޑަށް ވާއިރު ހެލްތް އިމަރޖެންސީއެއް ރ ޔާމިނަށް ދިމާވެއްޖެނަމަ ކިހިނެއްތޯ އިމަރޖެންސީ ހޭންޑްލްކުރާނީ...އަދި ޖަލުގައި ތިބި ގައިދީންގެ މިފަދަ ހާލަތަށް ބައްލަވާ ގެއަށް ދޫކުރެވެން ތިބި ގައިދީން ދޫކޮށްލުން އެއީ އިންސާނީ ހައްގުތަކަށް ކޮށްދެވޭނެ ކަމެއްނުންތޯ..ރައީސުލްޖުމްހޫރުއްޔާއަކީ ރައްޔިތުން އިންތިޚާބު ކުރާ ވެރިއެއް..ހެލްތް އިމަރޖެންސީގައި މިފަދަ ދޫތަކެއް ރައީސް އަށް ދެއްވުމުގެ އެއްވެސް ހުރަހައެއްވޭތޯ....ރައްޔިތުންގެ އާއިލާތަކުގެ މީހުން ޖަލުތަކުގައިތިބީ .....

    20
    5
    • ޢަހޮމަދު

      ޙިތްޕުޅުގެ އާލަސްކަންފުޅު ހުރި މީހަކު ކީއްވެތޯ ރައްޔިތުންނަށް އެހާއަނިޔާވެރިވީ.
      ޥެރިކަން ލިބުނީމަ ފިރުއައުނާއި ހާމަނު ފަދަ މީހަކަށް.

      3
      9
  9. އަސްލު

    ރަށެއް މޮނިޓަރިންގ ހާލަތަށް ލުމަކީ އެރަށަށް އަރާ ފޭބުން މަނާކުރުން. މިގޮތަށް އަންގާފައިވަނިކޮށް ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އެއްވެސް މީހަކު ރަށުން ބޭލުމަކީ އެންމެނަށް ވެވޭ ހިޔާނާތެއް. ސިޔާސީ ޕާޓީތައްވެސް ޒިންމާދާރުވާން އެބަޖެހޭ. މިއީ ވަކިމީހަކަށް ވަކިބަޔަކަށް ކުރާކަންތައްތަކެއްނޫން. އެންމެންގެ ރަށްކަލަކަށް ކުރާކަންތައްތައް.

    27
    10
  10. ކާފަ

    ޢެބަޔަކު އެތިބިތަނެއްގައި ތިބުން ބުއްދިވެރިވާނީ

    17
    4
  11. ާއަލީ

    ޔާމީން ގެއަށް ބަދަލެއް ނުކުކުރާނެނު ޔާމީން ޖަލައްލާފަ އެހެރީ މިސަރުކާރުގެ ރިއާސީ ވައުދަކައް ވާތީ ވައުދު ފުއްދާފަ އެހެރީ ﷲ އިރާދަ ކުރެއްވިއްޔާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެގިނަދުވަހެއް ނުވާނެ....

    21
    6
  12. ހާޖަރާ

    މިކަލޭގެ ގެއައް ބަދަލުކުރަންޗަ ދެން ތިބި މީހުންވެސް ކުރަންވީނު؟ ހުރިހާ މުޖުރިމުން އަވަހައް ދޫކޮއްލާ

    12
    16
  13. އަދުރޭ

    ޔާމިން މާލެ ގެންނައިރަށް ވަގަށް ދޮގަށްވެސް މީހުން ދާނެ ބައްދަލު ކުރަން.އޭރުން ކިހިނެއް އެވީ. މިފަދަ ވަގުތެއްގަ އެބޭފުޅާ ހުރިގޮތަކަށް ހުރިތަނެއްގަ ބަހައްޓާ.. އިންޝާﷲ ރަނގަޅުވާނެ ހުރިހާކަމެއްވެސް

    13
    5
  14. ާއަލީ

    އޭރުން އަދި މާގޯސްވީ، މުނީޓަރިންގެ ޙާލަތުގައި އެއްވެސް މީހަކަށް ނުވެއްފޭބޭނެ ދޯ

    14
    3
  15. މިނިކާ ދައިތަ

    ދިވެހިރާއްޖޭގެ ކުރީގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚިދްމަތުގެ އުސްއަލިތައް:-
    1- މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުން
    2- ހުޅުމާލެ އާއި މާލެއާއި ހުޅުލެއާއި ހައިވޭއަކުން ގުޅާލެއްވުން
    3- އެމްޑީޕީ ލާދީނީ ބައިގަނޑު ނޭޅޭނޭކަމަށް ބުނި ސިނަމާލެ ބުރިޖް އެޅުއްވުން.
    4- ކ. މާލެއާއި ކ. ވިލިނގިއްޔާއި ކ. ގުޅީފަޅާއި ކ. ތިލަފުށި ބްރިޖަކުން ގުޅުވާލެއްވުމުގެ ކުރެހުން ކުރައްސަވާ ޕްލޭން ކުރެއްވުން.
    5- ކ. މާލެއާއި ކައރިީގައި އޮތް 14 މޭލުގެ ބޮޑުބިޔަ ފުށިދިއްގަރު ފަޅު ހިއްކަވައި އެތަން އާބާދުކުރެއްވުމުގެ ދުރުވިސްނުންފުޅު ގެންގުޅުއްވާ އެތަންތަނުން ރައްޔިތުންނަށް ބިން ލިބޭނެ ކަން ކަށަވަރު ކޮށްދެއްވުން.
    6- މާލޭގައި އެންމެ ބޮޑު މައްސަލައަށް ވެފައި އޮތް ކުނީގެ މައްސަލަ ޙައްލުކޮށް ވެމްކޯ އުފައްދަވައި ކުނި މެނޭޖް ކުރެއްވި.
    7- މާލޭގެ މަޖީދީ މަގު އަލުން ގާއަޅުއްވައި ހެއްދެވުމާއި، މާލޭ ވަށައިގެން ތާރުއަޅުއްވާ ހެއްދެވި.
    8- މާލޭގެ ބިމުން 7 ހެކްޓަރު ހިއްކަވައި އިންޑަސްޓްރިއަލް ޒޯން ހެއްދެވި.
    9- ކ. މާލެ އާއި ކ. ހުޅުލެއާއި ކ. ހުޅުމާލޭގައި ބަސްދަތުރު ފަށްޓަވައި މީސްތަކުންނަށް ދަތުރުފަތުރު ފަސޭހައިން ކުޑަޚަރަދަކުން ކުރެވޭނެ މަގު ތަނަވަސްކޮށްދެއްވި.
    10- ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމްދޭ މަރުކަޒު އިސްލާމީ ޔުނިވަރސިޓީއަކަށް ބަދަލު ކުރެއްވި.
    11- މަތީވަނަ ހޯއްދަވާ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ތަޢުލީމްގެ ގިނަގުނަ ފުރުޞަތުތައް ހޯއްދަވައި ދެއްވި.
    12- ޞިއްޙީ ޚިދްމަތްތެރިން ބިނާކުރައްވަން ބޭރުޤައުމުތަކަށް ފޮނުއްވި.
    13- ދިވެހިރާއްޖޭގައި މެޑިކަލް ޑޮކްޓަރު ކަމާއި ޕީއެޗްޑީ އަށް ކިޔެވޭނެ މަގު ތަނަވަސްކޮށްދެއްވި.
    14- ދަރުމަވަންތަ ހޮސްޕިޓަލް ޤާއިމްކޮށްދެއްވި.
    15- ހުޅުމާލެ ފަޅު ހިއްކެން އޮތް އެންމެ ބޮޑަށް ބިން ހިއްކަވައި ދެއްވި.
    16- ރާއްޖޭގެ ގިނަ ސަރަޙައްދުތަގައި ޑޮމެސްޓިކް އެއަރޕޯޓާއި ބައެއް ސަރަޙައްދުތަކުގައި އިންޓަރނޭޝަނަލް އެެއަރޕޯޓް ޤާއިމް ކޮށްދެއްވި.
    17- ދިވެހިރާއްޖޭގައި ގިނަ އެއަރލައިންތައް އުދުހުމުގެ ހުއްދަ ދެއްވާ ބޭރުގެ ގިނަ އެއަރލައިންތަކުން ރާއްޖެއަށް އުދުހެން ފެށި.
    18- ކ. ހުޅުލެ އާއި ކ. ގާދޫއާއި ދެރަށް އެއްކޮށްގެން ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ހަދާފައިވާ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އައުރަންވޭއެއް އަޅުއްވައިދެއްވާ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓްގެ ޓެސްޓް ފްލައިޓް ޖެއްސި
    19- ޤައުމީ އެއަރލައިން މޯލްޑިވިއަން ދުވަހަކުވެސް ނުދެކޭހާ ކުރިއެރުންތައް ހޯއްދަވައިދެއްވައި ގިނަ މޯލްޑިވިއަންގެ ފްލީޓަށް ގިނަ މަތިންދާބޯޓްތައް އިތުރުކޮށްދެއްވަައި، ސީޕްލޭންގެ ޚިދްމަތްވެސް ފުޅާކުރަން ފުރުޞަތު ފަހިކޮށްދެއްވި.
    20- ދުނިޔޭގެ ފެންވަރުގެ ސީޕްލޭން ޓަރމިނަލް އަކާއި ފިއުލް ފާމް އާއި އެއަރޕޯޓް ޓަރމިނަލްގެ ޕްރޮޖެކްޓް ކުރިއަށް ގެންދެވި.
    21- ކ. މާލޭގައި އަތޮޅުތަކުގެ ނިކަމެތި ރައްޔިތުން ބޮޑުކުލި ދައްކައިގެން އުޅޭތީވެ އެކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމުގެ ދުރު ވިސްނުންފުޅުގެ ދަށުން ހުޅުމާލޭގައި 700 އަށްވުރެން ގިނަ ފުލެޓް އަޅުއްވައި، އެފްލެެޓްތަކުގެ ޙައްޤުވެރިންނާއި ޙަވާލު ކުރެއްވި.
    22- އެއަށްފަހު މިހާރު ކ. ހުޅުމާލޭ ފޭސް 2 ގައި ފެންނަން އެހުރި އުސްޢިމާރާތްތަކުގައިވާ އެތައްހާސް ފްލެޓްތައް ރައްޔިތުންނަށް ކުޑައަގެއްގައި ދީގެން މިލްކު ކުރެވޭ އުޞޫލުން ދެއްވަން ރޭއްވެވި.
    23- ރައީސް ޔާމީންގެ ރިޔާސަތުގައި މިލޮބުވެތި ވަޠަން ތަހްޛީބާއި ތަރައްޤީއާއި ތަމަދުއްދުންގައި ދުވަހަކުވެސް ނުދެކޭހާ މިންވަރަށް ކުރިއަރައިގެން ދިޔަ.

    _________________________________________________

    މިއަޅާ ބަޔާންކުޅައީ، ރައީސް ޔާމީން ޤައުމަށް ކޮށްދެއްވި ޚިދްމަތްތަކުން ވަރަށް ވެސް މަދުމިންވަރެއް. އިސްލާމީ ޝަރީޢަތާއި ޚިލާފަށް (މިދިވެހިރާއްޖޭގެ ވަރަށް ގިނަ ރިޓަޔަރޑް ފަނޑިޔާރުންނާއި މިހާރު ތިއްބެވި ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނާއި ޤާނޫނީ މާހިރުން) ވެސް ޤަބޫލު ކުރައްވާ ގޮތުގައި ރައީސް ޔާމީން ނުޙައްޤުން ޖިނާއީ ތަޙްޤީޤު ހިންގާ ޖަލަށް ލެވިފައިވަނީ. އެކަން އަދި ދުނިޔެ އޮތިއްޔާ ދިވެހިރައްޔިތުންނަށް ދައްކަވާނެއެވެ. والحمدلله. މިޤައުމުގެ މިހާރު ހުންނެވި ވަލިއްޔުލް އަމްރަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ!

  16. Anonymous

    ރައީސް ޔަމީން ގެއަށް ބަދަލު ކޮށްފިނަމަ ސަ ރުކާ ރު ވެއްޓޭނެ ހަމަޔަގީން ކަމެއް އެހެން ވީމަ ބިރުން ގެޔަކައް ބަދަލެއް ނުކުރާނެ މިވަރުގެ އެރިޔެއް ހަމަނެނެތް ޔާމީންރައިސް އަންނާނެ ދުވަހެއްގެ އިންތިޒާރުގަ އެތަކެއްބަޔަކު މިހާރު އެބަތިބި މިހާރު ވޯޓަކައް ދިޔަޔަސް ހޮވޭނެ.....

  17. ޢަހަރެން

    ޔާމީނު އެކަނިތަ ބަދަލު ކުރަންޖެހެނީ އަޖައިބެއް ބޮޑުވަރުތީ ޔާމީން ކައިރިއަށްތިހާ ދާހިތްވަޏާ ދޭބަ މާފުށީ ޖަލަށް

    1
    6
  18. ވާހޫ

    އިންޑިޔާ މީހުން ބޭނުންވާ ގޮތަށް މިތާކަންކުރަނި. އެމީހުންބޭނުންހާކަމެއްކުރަން ފުރުސަތު ލިބެނީ ޔާމީން ޖަލުގަ ބާއްވައިގެންނޯ. ވަރަށް ސަލާމް.

  19. ދުވަސް

    މުޅިރާއްޖެ ލޮކްޑައުންގައި ވަނިކޮށް އިއްޔެ މާލެއަށް މީހަކު އެރުވީ ރޭވިގެން ނަމަވެސް ރ. ޔާމީނު ސިސިޔާސީ ބަންދެއްގައި ހުރިއިރުވެސް އިންސާނިއްޔަތުގެ ކަންފުޅެއްވެސްނެތް މި ނުރައްކާތެރިވަގުތު އެމަނިކުފާނުން ގޭބަންދަށް ބަދަލު ނުކުރެވެންވީ ސަބަބެއްނެތް.

    7
    1
  20. ވަގު

    މިކަމާގުޅިގެން ވަގުން ޖަލުން ނެރެންޖެހޭވާހަކައެއް ޑަކްޓަރުން ނެއްނުބުނެ އެމީހުން ކިޔަނީ ގޭގަ ތިބެން ޖަލުވިސް އެއީ މިހާރު ޖަލުމީހުންގެ ގެ ވީމާ ގޭގަ މަޑުކުރައްވާ ކެކަމަކު ހާދަބޮޑު ވައްކަމެކޭ އެކުރީ

    1
    5
  21. ސާބަސް

    ކޮރޯނާ ވައިރަސް ދުވަނީ ޔާމީނު ފަހަތުން ތޯ؟އެއްޗެކޭ ނުބުނެ ހުއްޓަސް ހުރެވެނީކި ނޫން.

    3
    2
  22. މިސަރުކާރު

    މި ސަރުކާރުން ކޮންމެ ކަމަކަށް އޮޅުވާލައި ވައްކަން ކުރާވަރަކަށް އެއްވެސް ބަޔަކު ވައްކަމެއްނުކުރެއި

  23. ޙަހަހަ

    މާފުށީ އެންމެން ބަދަލުކުރާއިރު ޔާމީނު ބަހައްޓާކަށް ނުފެނޭ.

  24. އޭ.އެމް.އެފް.3

    މާލެ، މާލޭގެ ޙާލަތު ވަކި ރަނގަޅެއްނޫން. ވަށައިގެންވަނީ ކޮވިޑް. މިތަނަށްވުރެ އެކަހެރިކޮށް ހުންނެވުންވެސް މިދަނޑިވަޅުގައި ރަނގަޅުވާނެކަމަށް ފެނޭ. އެކަމަކު ވަކީލަށް ބައްދަލުވެވި ކޮމިއުނިކޭޓް ކުރެވޭގޮތަށް ފުރުޞަތު އޮންނަންވާނެ.

  25. ރައްޔިތުން

    ޠާމީން ދޫކޮށްލާ. ޢަންނީ އެތަނުގަ ބައިންދާފަ