ރާއްޖެއިން އިތުރު 6 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެ އެވެ.

މީގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި، ބަންގްލަދޭޝް މީހަކާއި، ޕާކިސްތާނު މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 220 އަށް އަރާފައެވެ.

 

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުުންގެ ތެރޭގައި 136 މީހުންނަކީ ބިދޭސީންނެވެ. އަދި 84 މީހުންނަކީ ދިވެހިންނެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނަބަޔަކު ފައްސިވެފައި ވަނީ އިއްޔެ އެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން ކޮވިޑް-19 އަށް 73 މީހަކު ފައްސިވެފައި ވެއެވެ.

މީގެ ތެރެއިން ގިނަ މީހުން ވައިރަސް އަށް ފައްސިވެފައި ވަނީ މާލެ އިންނެވެ. މާލެ އިން ފުރަތަމަ ކޭސް ފެނިފައި ވަނީ އޭޕްރިލް 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބަޔަކު ދަނީ މި ވައިރަސްއަށް ފައްސިވަމުންނެވެ.

މާލެ އާއި ހުޅުމާލެ ފިޔަވައި މިހާތަނަށް ކޮވިޑް-19 ފެނިފައިވާ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރޭގައި ހިމެނެނީ ކ. ތުލުސްދޫ އާއި ހއ. އުލިގަމާއި ށ.ނަރުދޫ އެވެ.

މާލެ އިން މި ވައިރަސް ފެނުމާއެކު، މުޅި މާލެ ސިޓީ އޮތީ ފުރަބަންދުކޮށްފައެވެ. އަދި ވައިރަސް ފެންނަމުންދާ ރަށްތައް ދަނީ ކަރަންޓީން ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް ވައިރަސް ފައްސިވި މީހުންގެ ތެރެއިން 18 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ިހިޔާލު

    ގައުމުގެ ބޮޑެތި މަގާމުތަކުގަ ތިބޭ މީހުން އަމިއްލަ ފައިދާ އާއި އަމިއްލަ ގާތްތިމާގެ މީހުން ޓެސްޓް ކޮށް ޓެސްޓް ކުރަން ގެންގުޅޭ ކިޓްތައް ހުސްކޮށްފި، އިތުރަށް ބަލި ޖެހިދާނެތީ އެ މީހުން ސަލާމަތް ކުރަން މިހާރު ދޮގު ހަދައިގެން ހަބަރުތައް އެ ފަތުރަނީ. ކުރިންވެސް ސަރުކާރުގެ ބޮޑުން ބޭނުން ބަޔަކު ރާއްޖެއިން ބޭރުން ގެނެސް ވަގުތުން ގެއަށް ފޮނުވައިގެން ޕާޓީ ބޭއްވީ، މިހާރު މި ފެންނަނީ އެ ޕާޓީގެ ތެރެއިން މާލެތެރެއަށް ފަތުރައިގެން އުޅޭ ކަންތައް. އާންމުންގެ އެތައް ބަޔަކު މި ޖެހެނީ އެހެން ބަޔެއްގެ އިހްމާލުން ހިގައިގެން އުޅޭ ކަމަކަށް ފަރުދީ ޒިންމާއޭ ކިޔައިގެން އެ މީހަކު ހުރި ތަނެއްގައި އާއިލާ މީހުންނާ ދުރުގަ ހުންނަން..... މި ކަހަލަ ސަރުކާރެއް ބޭނުމެއް ނޫން........!!!!

  2. ޑައެލޯގް

    ޔާމީނު ޖަލުގަބަންދުވެފައެވެ. މިސަރުކާރުގެ ބޮޑުންވެސް ތިބީ ގޭގައި ޖަލުބަންދުވެގެންނެވެ. ނުހައްގުންޔާމީނު ޖަލުގައި ބާއްވައިގެން ސަރުކާރުގެ ބޮޑުންހީކުރީ އެމީހުން ގައުމުތަކަށް އަބަދު އުދުހޭނީކަމަށެވެ. އެކަމު ގުދުރަތުން އެގޮތަކަށް އަދިޔަކު ނުނިންމައެވެ. ބޮޑުންވެސް ނޭވާހޮޅިޔަށްއެޅޭހާލު ބޯގޮވާހާލު ގަޑުވަރުތަކުގައި ބަންދުވެގެންތިބޭށެވެ.

  3. އަލީއިމްރާނ

    ތިޔޮތީ އެއްކަލަ ތަން އައިސްސަ ރިހޭ ފައި މައްޗައް ފޮއި އަމިއްލަ އިހްމާލް ވީކަންތަކުގެ ބުރަ މިއުފުލަން ޖެހެނީ ނިކަމެތި ރައްޔަތުން އަޅުވެތިކޮއްގެންނަގާ ޖިޒީގެ ރުފިޔާއިން ބެރު ގަމުތަކެއްގެ މީހުންނައް ޙަރަދުކުރަން މީ ގައިމު ސަރުކާރުތަކުގެ ވެރިންގެ އިހުމާލުން އިމިގްރޭޝަން ގާނޫނު ތަންފީޒް ނުކުރުމުގެ ހިތި ނަތީޖާ މިބަރު މިއުފުލަން ޖެހެނީ ނިކަމެތި ރައްޔަތުން އަދިވެސް ޕޯޑިއަމްތަކުގައި ކަރާފެޅުންނޫންކަމެއް ނުކުރޭ ފައިސާ ޙަރަދުކުރި ތަފްސީލްތައް ހާމަ ކުރިކުރިހެން މިއިނގެނީ މިބޭފުޅުން ރައްޔަތުންނައް އެއްވެސް އިޙްލާސްތެރިކަމެއް ނެއްކަން އިންތިހާޔައް ޙަރަދުބޮޑުކޮއް ހުރިހާކަމެއް ވިސްނާ ފިކުރު ކުރާބަޔަކައް އެގޭނީ އަހަރުމެންނައް އޮތީ މާތް ﷲ އައް ދުއާކުރަން މިނުރައްކާތެރިރޯގާއިންނާއި އަނިޔާވެރި ވެރިންގެ ކިބައިން މިގައުމު ސަލާމައްކުރައްވާ ފާންދޭވެ އާމީން

  4. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    އަވަހަށް މިވަބާ މިޤައުމަށް ގެނައި ސަރުކާރު އިސްތިއުފާ ދެއްވާށެވެ! ރައްޔިތުންނަށް އޮޅުވާލާ ސަރުކާރެކެވެ. ރައްޔިތުންގެ ޚަޒާނާ ލޫޓުވާލި ސަރުކާރެކެވެ. ރައްޔިތުންގެ ހަރުމުދާތައް ނުއަގުގައި ވިއްކާ ހުސްކޮށްލާ ސަރުކާރެކެވެ. ރައްޔިތުންގެ ޚަޒާނާގައި ހުރި ހުރިހާ ޑޮލަރެއް އިންޑިޔާގެ ރުޕީސް އަށް "ސްވޮޕް" ކޮށްލި ނާޤާބިލް ސަރުކާރެކެވެ. ރައްޔިތުންނޭވެ! ހޭއަރާށެވެ! ސަރުކާރު މިހާރު މިއޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ. އެންމެން ގުޅިގެން ކުރިހާ އާދޭސް މިސަރުކާރުން ބޮލާލާ ޖަހާލާ ޤައުމީ ދޮރޯށިތައް ބަންދު ނުކޮށް ޤަޞްދުގައި މިވައިރަސް ލަންޑަނުންނާއި ބޭރުޤައުމުތަކުން އެތެރެކުރީއެވެ. ނިކަމެތި ދިވެހިރައްޔިތުން މިތިބީ މަރަށް ތެޅެން ދޫކޮށްލާފައެވެ. ދިވެހިފަސްގަނޑު އިންޑިޔާއަށް ނުއަގުގައި ވިއްކާލަން ރާވާފައިވާ ރޭވުމުގެ ކޮޅުމަތި މިފެންނަނީއެވެ.