50 އަށްވުރެ ގިނަ ގައުމުތަކުގެ ފަތުރުވެރިން ރާއްޖޭގައި އެބަ ތިބިކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އަލީ ވަހީދު ރާއްޖޭގައި 10 ރިސޯޓެއްގައި މިހާރުވެސް ފަތުރުވެރިން އެބަ ތިބި ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، 50 އަށްވުރެ ގިނަ ގައުމުތަކުގެ ފަތުރުވެރިން ރާއްޖޭގައި އެބަ ތިބި ކަމަށާއި، އެ ފަތުރުވެރިންގެ ކަންކަން ބަލަހައްޓަމުންދާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީއާއި،ޓުއަރިޒަމް މިނިސްޓްރީ އަދި ޓުއަރިސްޓް ޕޮލިސް ގުޅިގެން އެ ފަތުރުވެރިން ޑްރީމް އައިލެންޑްގައި ބޭތިއްބިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މިވަގުތުވެސް އެ ރަށުގައި 186 ފަތުރުވެރިން އެބަ ތިބި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"މި ފަތުރުވެރިންގެވެސް އާއްމު ހާލަތު ރަނގަޅު، އެ ފަތުރުވެރިންގެ އިންތިޒާމްތައް ހަމަޖެއްސުމުގެވެސް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން". އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ގައުމަށް ދާން ބޭނުންވި ނަމަވެސް ނުދެވިފައި ތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިންނާއި އެހެނިހެން މީހުން އެމީހުންގެ ގައުމަށް ފޮނުވާލުމަށް ހާއްސަ ފްލައިޓުތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަަނީ ވިދާޅުވެފައެވެ.

މި ފްލައިޓްތައް އަންނަ އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު އަންނާނެއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާއިރު، ގައުމަށް އެނބުރި ފުރައިގެން ދާން ބޭނުންވެފައިވާ އެތައް ބަޔަކު ރާއްޖޭގައި ތާށިވެފައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެންޓަނާ

    ފޮނިކެޑުން ނޫންކަ މެއް ނެތް.

    15
  2. މުހައިމިން

    ތި ފަތުރުވެރިން އައުން ނުހުއްޓުވިގެން ދޯ މިތާގަ ވައިރަސް ފެތުރެން ޖެހުނީ. އަދިވެސް މި މީހުން ގެނައުން ނުހުއްޓޭތަ.؟

  3. ފަރީޝާ

    ކޮބާ ކަލޭ ބުނި ފްލޯޓިން ހޮސްޕިޓްލް.. ކޮބާ ތައްޔާރީ ތައް..

    މި މަސަތްކަތް ކުރާ މީހުން ރެއާއި ދުވާލު ނުނިދާ މަސަތްކަތުގައި ކަލޭމެން ކުޅެން އާރަށުގައި ތިބެފައި

    މޮޅުވާހަކަ ނުދައްކާ..

    ތީ އެއްވެސް އޮށްޓަރެއް ނެތް ހުސް ބެރަލް ތަކެއް..

  4. ވަޙިދާ

    އެއްމެ ނުރައްކާތެރި ޙާލަތަށްވެސް ތައްޔާރޯ......... ކުފުރު ވެވޭ އިރުވެސް ނޭންގެ... ކުފުރުގެ ބަސްތައް ބުނަމުން ޢަމަުނަމުން މި ސަރުކާރު ދުވާއިރުވެސް ޝައިޚް ޢިމްރާން، ޝައިޚް އިލްޔާސް މެން ނިދާލާފަ... ލަދުން ބޯހަލާކު