މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހޭނެ ކަަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ސަމާލުގައި ބުނެފައި ވަނީ، މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަަމަށެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 21:00 އަށެވެ.

ކުރިއަށް އޮތް 24 ގަޑިރިއަށް މޫސުން ކުރިއަަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހު ން އެކަށީގެންވޭ އެކަށީގެންވާ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށްވެސް ބުނެފައި ވެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.