ރާއްޖެއިން އިތުރު ފަސް ދިވެއްސަކާއި، ބިދޭސީއަކު ކޮވިޑް-19އަށް ފައްސިވެއްޖެ އެވެ.

ހްލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އިތުރު ފަސް ދިވެއްސަކާއި، ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

މިއާއެކު މިއަދު މިހާތަަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ.މީގެ ގަޑިއެއްހާ އިރު ކުރިން އެޗްޕީއޭ އިން ވަނީ ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ހާމަކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި، ބަންގްލަދޭޝް މީހަކާއި، ޕާކިސްތާނު މީހެކެވެ.

އަދި ރާއްޖެއިން މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު ވަނީ 226 އަށް ވަނީ އަރާފައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުުންގެ ތެރޭގައި 137 މީހުންނަކީ ބިދޭސީންނެވެ. އަދި 89 މީހުންނަކީ ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟު×ަަރ

    ތަންދޮ ރުނުދައްނަ ބިީތާ އިންމިފަދަމަގާމުތަކަށް އައްޔަން ކުރީމަ ވާނެ4 ތި މިއޮތީވެފަ

    3
    1