ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީތަކުގައި ތިބި އިތުރު 40 މީހަކު މިއަދު ދޫކޮށްލަފިއިފިއެވެ، އިއްޔެވެސް ކަރަންޓިން ފެސިލީޓިތަކުން 14 މީހަކު ވަނީ ދޫކޮށްލާފައެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ.

ކަރަންޓީން ފެސިލިޓީތަކުން މީހުން ދޫކޮށްލާނީ 14 ދުވަސް ހަމަކުރުމަށްފަހު، ކޮވިޑް-19 އަށް ޓެސްޓު ހެދުމަށްފަހު ނަތީޖާ ނައްސިވުމުންނެވެ.

މަބްރޫކް ވިދާޅުވީ، މިހާތަނަށް މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވާ 294 އެޕާޓްމަންޓެއް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މިވަގުތު އައިސޮލޭޝަން ފެސިލިޓީސްތަކުގައި ތިބީ 214 މީހެކެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި މިހާތަނަށް 217 މީހަކު އެބަ ތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"40 މީހަކު ވަނީ މި ކަރަންޜިން ފެސިލިޓީތަކުން 14 ދުވަސް ހަމަކޮށް ޓެސްޓު ހެދުމަށްފަހު ދޫކޮށްލާފައި". މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މިހާތަނަށް 6343 ސާމްޕަލް ނަގާފައިވާކަމަށާއި، މީގެ ތެރެއިން ފައްސިވެފައި ވެފައިވަނީ 224 މީހެއް ކަމަށެވެ. އަދި 5990 ނަތީޖާ ނައްސިވެފައިވާއިރު، ނަތީޖާ ނުލިބި 129 ސާމްޕަލެއް އެބަހުރިކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ކަރަންޓީން ފެސިލީޓަކުން 14 ދުވަސް ހަމަކޮށް ބައެއް މީހުން ވަނީ ނަތީޖާ ނައްސިވުމުން ދޫކޮށްލާފައެވެ. ދޫކޮށްލި ބައެއް މީހުންގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހި ޑޮކްޓަރުންނެވެ. އެމީހުން މިހާރު ވަނީ މަސައްކަތަށް ނުކުމެފައެވެ.

ރާއްޖެއިން މިހާތަަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 226 މީހެކެވެ. މީގެ ތެރެއިން 18 މީހަކު ވަނީ ރަނގަޅުވެފައެެވެ. ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ގިނަ މީހުންނަކީ ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު