ރާއްޖެއިން ކޮވިޑް-19 އަށް ފަސް ސިފައިންގެ އޮފިސަރުން ފައްސި (ޕޮޒިޓިވް)ވުމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރްސީއެމް އިން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރާ ޤައުމީ ދިފާޢީ ބާރުގެ އޮފިސަރުންތަކެއް މި ބައްޔަށް ފައްސިވިކަމީ މިކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

"މި ފުރުޞަތުގައި، ކުރީ ސަފުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން މަސައްކަތްކުރާއިރު، އަމިއްލަ ރައްކާތެރިކަމާއި ‏ފަރުދުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަން". އެޗްއާރްސީއެމް އިން ވިދާޅުވިއެވެ.

ރާއްޖެއިން ހަތަރު ސިފައިން ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުން އަންނައިރު، ސިފައިންގެ އޮފިސަރުންވެސް ދަނީ ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ބައިވެރިވަމުންނެވެ.

ކޮވިޑް-19 އަށް ސިފައިންގެ ފަސް އޮފިސަރަކު ފައްސިވެފައިވާކަން ހާމަކޮށްފައި ވަނީ މިއަދު މެންދުރު ފަހު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކާނަލް ހުސެއިން އަލީ ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މި ނުރައްކާތެރި ޙާލަތުން އަރައިގަނެވެންދެން ސާބިތުކަމާއި އެކު ދެމިތިބޭނެ ކަމަށެވެ.

"މިހާރު ސިފައިންގެ ތެރޭގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 5 ސިފައިން މިހާރު ވަނީ ޕޮޒިޓިވްވެފަ. އަދި އެ ސިފައިންނާއި ގުޅުންހުރި ބައެއް ސިފައިން މިހާރު ވަނީ ކަރަންޓީން ކޮށްފަ." ކާނަލް ޙުސައިން ޢަލީ ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ، ސިފައިންގެ މަރުކަޒުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންވެސް ރަނގަޅު ފިޔަވަޅު ތަކެއް މިހާރު އަޅާފައިވާ ކަމަށާއި، ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދާނީ ހެދިފައިވާ ޕްލޭން ތަކާއި އެއްގޮތަށް ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 226 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުދަމުދިމ

    އެއގޮތަކަސްވެސް ކަންބޮޑުވާކައް އަދި ނުވޭނޫންތޯ ރައްޔަތުން މީސްމީޑިޔާއާ ކޮމެންޓް ތަކުގައި ކިޔާނެގި މިގައުމުގައި ގަވަާ އިދާ ޙިލާފައް އުޅޭ މީހުން ފޮނުވާލަ ދެއްވާށޭ ތަށައްކިޔަނީ މަރިޔަނބުހޭ ވެސް އަހާނުލާ ބެލީ އެމީހަކާ އެމީހަކު ކުރީސަރު ކުރީސަރުކާރޭ ކިޔާފަ ދޫކޮއްލީ މިހާރުވެސް ގިނައިން ތިޔަ ބައްޔައް ޕޮޒިޓިވްވާކަމައް ތިޔަ ވިދާޅުވަނީ ބޭރުމީހުންނޭ ގިނައީ ދެން މިހާރު ކޮން ކަންބޮޑެއް ވާކައްތޯ ވަގުތު ފާއިދުވީމަ އަނބުރާ ނުލިބޭނެ

  2. ރައްޔިތު

    ދޯހަޅި ސިޔާސަތުގެސަބަބުން