ސްޓްރެސް ބޮޑުވާނަމަ ދެން ކާންވީ ޗޮކުލެޓްއެވެ. ޗޮކުލެޓް ކެޔުމުގެ ސަބަބުން ސުޓްރެސްއިން ސަލާމަތްވާ ކަމަށް ދިރާސާ އަކުން މިވަނީ ދައްކާފައެވެ.

ލޯމާ ލިންޑާ ޔުނިވަރސިޓީ އެޑްވިންޓިސްޓް ހެލްތް ސައިންސް ސެންޓަރއިން ދިރާސާ ކުރުމަށްފަހު ބުނެފައިވަނީ ޗޮކުލެޓް ކެޔުމުގެ ސަބަބުން ހިތްހަމަ ޖެހުން ލިބުމުގެ އިތުރުން ސިކުޑިއަށްވެސް ފައިދާތަކެއް ވާހަކަށެވެ. މިގޮތުން ސުޓްރެސް ދުރުކޮށްދޭ ކަމަށް މިދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާގައި ބުނެފައިވަނީ ސުޓްރެސް ކުޑަވަނީ ކޮކޯ ގިނަ ޗޮކުލެޓްގައި ކަމަށާއި މިފަދަ ޗޮކުލެޓް ކެޔުމުގެ ސަބަބުން ސުޓްރެސް 70 އިންސައްތަ ދަށްކޮށްދޭ ކަމަށެވެ.

މިދިރާސާ ހެދުމަށްފަހު މީޑިޔާއަށް މައުލޫމާތު ދެމުން މިދިރާސާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ޑރ.ލީ އެސް ބާރކް ވިދާޅުވެފައިވަނީ އެމީހުންގެ ޓީމްއިން ޗޮކުލެޓްގެ ސަބަބުން ލިބިދޭ ފައިދާތަށް ދިރާސާ ކުރާތާ މިހާރު 4 އަހަރު ވެފައިވާކަމަށާއި ނަތީޖާއަކާ ހަމައަށް އާދެވުމުން އުފާވާކަމަށެވެ.

މީގެ ކުރިން ހަދާފައިވާ ދިރާސާއެއްގައި ކަޅު ޗޮކުލެޓް ކެޔުމުގެ ސަބަބުން ހިތުގެ ބަލިތަށް ޖެހުމުގެ ފުރުސަތު ކުޑަކަމަށްވެސްވަނީ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑުބެ

    ހިތަކީވެސް މާތްﷲ ހައްދަވާފައިވާ އެއްޗެކެވެ. އެހިތަށް ހަމަޖެހުން ލިބިގެންދަނީ އެއިލާހް ޞޙ ވަތަޢާލާ މަތިން ގިނަގިނައިން ހަނދާން ކުރުމުންނެވެ.