މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕޮރޭޓަރސް (މަޓާޓޯ)އާއި ނެޝަނަލް ބޯޓިންގް އެސޯސިއޭޝާން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާާމް ކަމަށްވާ 500 މީހުންނަަށް އެއްމަސް ދުވަހު ކާާބޯތަކެތި ފޯރުކޮށްދިނުމުގައި ޕްރޮގްރާމްގައި ކޮކާކޯލާއިންވެސް ބައިވެރިވެއްޖެއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުން މަޓާޓޯއިން ބުނީ، ހުރިހާ ވިޔަފާރިއަކަށްވެސް ދަތި އުނދަގޫ ދުވަސް ވަރެއްގައި ކޮވިޑް-19 ގެ އަސަރުކޮށް އޭގެ ސަބަބުން ފެސިލިޓީ ތަކުގައި ސަރުކާރުން ބަލަހައްޓަމުންދާ ފަރާތްތަކުގެ ތެރެއިން ދިވެހިންނާއި ބޭރުމީހުން ހިމެނޭގޮތަށް 500 މީހުންނަށް އެއްމަސް ދުވަހުގެ ކާބޯތަކެތީގެ އެހީ ފޯރުކޮއްދިނުމަށް މަޓާޓޯ، އެންބީއޭއެމް އަދި ކޮކާކޯލާ އިނަް އަތުކުރި އޮޅާލާފައިވާ ކަމަށެވެ.

މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މި ދިނޑިވަޅުގައި އެކަން ކުރަން މާ ފަސޭހަ ނޫނަސް، އެތަންތަނުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ،

މަޓާޓޯއިން އިން ބުނީ، ކައްކަން ބޭނުންވާ ތަކެތި ގަތުން ވަނީ ވަރައްބޮޑުޗެލެންޖަކަށް ކަަމަށާއި، މިތަކެތި ވަގުތަަށް ޑެލިވަރީ ކުރުން ވެސް ފަސޭހަ ކަމަކަަށް ނުވި ކަމަށެވެ.

އެހެން ނަމަވެސް މި އެންމެން މިކަމުގައި ނަމޫނާ ދައްކައި، ސަލްސާ ގެ އެހީތެރިކަމާއިއެކު ކާތަކެތި ތައްޔާރު ކުރެވިގެން ފޯކަލް ޕޮއިންޓްތަކާއި ކޯރޑިނޭޓްކުރެވި ކޮންމެ ކާ ވަގުތެއްގައި ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށް މަޓާޓޯއިން އިން ބުންޏެވެ.

އަދި ރެއާއި ހަމައަށް މިހަރާކާތުގެ ދަށުން 5000 އެއްހާ މީލްޕެކޭޖް ވަނީ ފޯރުކޮށްދީފައިވާނެ ކަމަށް އެންބީއޭއެމް އިން ބުނެފައި ވެއެވެ. އަދި މަސް ދުވަސް ތެރޭގައި 30،000 އެއްހާ މީލް ޕެކޭޖް ޑެލިވަރ ކުރެވޭނެ ކަމަށް މަޓާޓޯއިން ބުންޏެވެ.

އަދި ވިއްސާރައިގެ ސަބަބުން ޗެލެންޖް ބޮޑުވިޔަސް ހިދުމަތް ނުކެނޑި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން މަޓާޓޯއިން ވަނީ ދީފައެވެ.

އަދި މިކަމުގައި ބައިވެރިވެ ލޮޖިސްޓިކްސް، ޑެލިވަރީ، ސޯސިންގް އޭރިއާތަކުގައި އެހީތެރިކަން ދޭން ބޭނުން ފަަރާތްތަކަށް އެދޮރު ހުޅުވާލެވިފައިވާ ކަމަށް މަޓާޓޯއިން ބުނެއެވެ.