ބ. އަތޮޅު ކަމަދޫގައި ކުނި މެނޭޖް ކުރުމުގެ މަރުކަޒެއް ޤާއިމު ކުރުމުގެ އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެންވަޔަރުވަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެންވަޔަރެމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރީ އެ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ.

90 ދުވަހުގެ މުއްދަތަކަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ވެހިކޮން ބިލްޑާރސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާރ އަހުމަދު ރަޝީދެވެ.

"ކަމަދޫގަ ކުނި ކޮއްޓެއް އެޅުމުގެ އެއްބަސް ވުމެއް މިއީ. އެއްބަސްވުމުގެ ވެލިއުއަކީ 1.19 މިލިއަން ރުފިޔާ. ދެން ރީޖަނަލް ސެންޓަރެއްގެ މަސައްކަތްވެސް މިހާރު ފަށައިގަނެގެން މިއުޅެނީ. މި މަސައްކަތުގެ ތެރެއިން ލޯނު ދެވި، މި ވެށި މިއީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްތަކެއް ކުރެވިގެން ދާނެ." މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާރ އަލީ އާމިރު ވިދާޅުވިއެވެ.

ވެހިކޮން ބިލްޑާސްއާއި ޕްރައިވެޓް ލިމިޓެޑްއާއި އެންވާރަމެންޓް މިނިސްޓްރީއާއި ދެމުދު ކުރެވުނު މި ކޮންޓްރެކްޓުގެ ޖުމްލަ އަގަކީ 1199987.00 ދިވެހި ރުފިޔާއެވެ.

އާމިރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މަތީ ފަރާތްތަކަށް އެ ފަރާތްތަކުން މިފަދަ ޕޮލިސީތައް ރާއްވަވާ، އެ ކޮށްދެއްވަމުން ގެންދާ މަސައްކަތްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

މިއީ ކުނި މެނޭޖް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ސާފު ރާއްޖެ" މަހާސިންތާގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު