ހޯމް މިނިސްޓަރ ޝެއިހް އިމްރާނު އަބުދުﷲ ނާއިންސާފުން ކުރައްވަމުން ގެންދަވާ ކަންކަން، އެމަނިކުފާނާއި ބައްދަލުކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިގޮތަށް ވިދާޅުވެފައި ވަނީ، މާފުށި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެޔަށް ބަދަލު ކޮށްދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލަމުންދާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތްކުރައްވައި މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ޝުޖާއު ވިދާޅުވެފައި ވަނީ، ނާއިންސާފުން ރައީސް ޔާމީނާއި މެދު މިނިސްޓަރ އިމްރާން ކަންތައްކުރައްވާ ގޮތް، އިދިކޮޅު ވެރިކަމެއްގައި އެންމެ ފުރަތަމަ ބައްދަލު ކުރައްވާނެ ބޭފުޅަކީ އެއީ ކަމަށެވެ. އަދި އެ ދުވަހެއްގައި އޭނާގެ ފަރާތުން އެއްވެސް އެހީތެރިކަމެއް މިނިސްޓަރ އިމްރާނަށް ނުލިބޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ނާއިންސާފުން ރައީސް ޔާމީން އާއި ދޭތެރޭ މަނުކުރާނު ކަންތައް ތިކުރައްވާ ގޮތް އަޅުގަނޑުމެންގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ބައްދަލުކުރާނީ މަނިކުފާނާއިކަން ޔަޤީން. އެދުވަހަކުން އަޅުގަނޑަށް ނުގުޅުއްވާތި. ފޯނެއް ނުނަގާނަން. އަޅުގަނޑާއި ބައްދަލެއްވެސް ނުވާނެ." މިނިސްޓަރ އިމްރާންގެ ޓްވީޓާ އެކައުންޓު ޓެގުކުރައްވައި ޝުޖާއު ކުރެއްވި ޓްވީޓުގައި ވެއެވެ.
ޝުޖާއު މިގޮތަށް ވިދާޅުވެފައި ވާއިރު، ކޮވިޑް-19 އާ ގުޅިގެން، ކ. މާފުށި މޮނީޓަރިންގެ ހާލަތަށް ލުމާއި ގުޅިގެން މާފުށި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެޔަށް ބަދަލު ކޮށްދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ގޮވާލާފައި ވެއެވެ.
އެ ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މާފުށި މޮނީޓަރިންގެ ހާލަތަށް ގެނެސް ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރަމުން އަންނައިރު އެ ރަށް މޮނީޓަރިން އަށް ލަފާފައިވާ އަސްލު ސަބަބު ތަފްސީލުކޮށް ބަޔާން ކޮށްދިނުމަށް އެދޭ ކަމަށެވެ.
މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައިރު މިވަގުތު މާފުށި ޖަލުގެ ހާލަތެއް ވެސް ނޭނގޭކަން ބަޔާންކޮށް ކަންބޮޑުވުންފާޅު ކުރައްވާ ޕީޕީއެމް އަދި ޕީއެންސީން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ މާފުށި ޖަލުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މިންވަރު އެނގެން ނެތުމަކީ އެ ކޯލިޝަންގެ ކަންބޮޑުވުމެއް ކަމަށެވެ.
އަދި މާފުށި މޮނިޓަރިންގެ ހާލަތުގައި އޮއްވާ ރައީސް ޔާމީންގެ ލޯޔަރުންނާއި އެމަނިކުފާނާއި ބައްދަލުވުމަށް އޮތް ފުރުސަތު ވެސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، އެހެންކަމުން ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
މާފުށި މޮނީޓަރިންގެ ހާލަތަށް ލުމުން ރައީސް ޔާމީން ގެޔަށް ބަދަލު ކޮށްދިނުމަށް އިދިކޮޅުން އެދުނުއިރު ރައީސް ޔާމީން ގެޔަށް ބަދަލު ކޮށްދިނުމުގެ ކަންކަން އަވަސް ކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.
ﷲ ގެ އިރާދަފުޅާއެކު ހަމަ ޔަގީން. މިޔަދު ރުފިޔާކޮޅުގެ ދަހިވެތި ކަމުގަހުރޭ. ޔާﷲ ޔާމީން ރައްކާތެރިކޮއްދެއްވާށި އާމީން
އާމީން. ޔާރައްބަލްޢާލަމީން.
މިގައުމުގެ ރައްޔިތުން މިތަހައްމަލް ކުރަނީ ހުކުމް ކުރުމުގައިނއަދުލުވެރިނުވުން ކަމަށްވުންގާތް. އަދި ހައްޤުން ކަމަކާނުލާ ވަގަށްގޮވާ ތިޖޫރީ ހުސްކުރިއޭ ގޮވުމުގެ އަދަބު ކަމުގައިވެދާނެ. މިއަދު ގައުމުގެ ތިޖޫރީ ހުސްވަމުން އެދަނީ އަލިފާނަށް އަޅާ އަންދާ ދަރުފަދައިން. ވިސްނާ ބަޔަކަށް މިއީވެސް އިބުރަތެއް.
ނާއިންސާފުން ކަލޭމެން އެހެމީހުނަށް ކަންތަށް ކުރިއިރު އެހެންމީހުންވެސް ތިގޮތަށް ގޮވި ! ކަލޭމެން އަޑުއެހީމުތަ ؟ މިއަދު ކިތަންމެވަރަކަށް ހަޅޭއްލެވިއަސް ތިޔައަޑު އަހާނެ މީހަކު ނެތް ! ދެން ކަލޭމެނަށް މިރާއްޖޭގެ ވެރިކަން ހަވާލު ކުރާނީ މިޤައުމުގެ ރައްޔިތުންނަކީ މޮޔައިން ކަމުގައި ވާދުވަހަކުން !
ސުޖާއު ތިކިޔަނީ ކީކޭތޯ ...މިއީ އަންދާ ޤާނޫނު އުސޫލު ހިންގާ ސަރުކާރެއް..އިމްރާން ހައްޔަރުކުރެވެންވާނީ މިހާރު
ވެރިކަންކުރަންވާނީ ރައްޔިތުންނަށް ހަމަހަމަކޮށް... ޑިމޮކްރެސީ ޕްރެކްޓިސްކުރެވޭނީ މަގުމަތީ ހަރަކާތުން... އިމްރާން އެއީ ސިޔާގޮތުން ކާކުތޯ.5000 މީހުން ހަމަ ނުވާ އެއްވެސް އެމްޕީއަކު ނެތް ސިޔާސީ ކުޑަ މައުލޫދު ޕާޓީއަކަށް ނިސްބަތްވެ މާ ޖައްބާރުވެ އުޅެވެނީ ދޫކުރާވަރުން. ސަޕޯޓަރުންގެ ކެތްތެރިކަމެއްނެތް... ރ.ޔާމިން ނުރައްކަލީ ކޮންކަމަކާތޯ...
ޢަމިއްލަޔަށް ހޯދައިގަންންޚަންކަމުގެ ޒިންމާއިން ނުރެކެވޭނެ
ގައުމުގެ ހާލަތަކީ އަމިއްލައަށް ހޯދާގަތްކަންކަން. ﷲގެ އަދުއްވުން ާއި، ނަބިއްޔާއަށް ފުރައްސާރަކުރާ ސަރުކާރެއް މިތާ މިއޮތީ. ދިވެހިން ރަިތިގޮތަކަށް ނިކަމެތިވަމުން މިދަނީ. ސަލާން ޖެހިއަސް އެހީތެރިކަމެއްދޭނެވމ ބައެއްނެތް. ޔަހޫދީ ޖަމާއަތްތަކުގެ އެހީ ލިބެމުން އައިސަރުކާރު މިއަދު މިއޮތީ ކުޑަކަކޫ މައްޗަށް ތިރިކުރައްވާފަ. ތިޖޫރީ ފޫ ފެނުންކަމަށް ބުނި މީހުން ދޭބަލަން. އަސްލު ހުސް ތިޖޫރީ މިހާރު ފެންނާނެ. ފައިސާކޮޅު ހުސްވަމުން އެދަނީ ހުސް މެޑިކަލް ސަޕްލައިއަށް. ޕްރޮޓަކްޓިވް އެއްވެސް ކަމެއް އެއިން ނުކުރެވޭ. ދިވެހިންގެ ޖާހިލުކަމުގެ ރަހަ މިހާރު ހިތިގޮތަކަށް ތަޖުރިބާ ކުރެވެމުންމިދަނީ.
ރާއްޖެ އަށް މިއައި ކޮވިޑްގެ ކޯފާ އައުމުގެ އެއްސަބަބަކީ ނާއިންސާފު.
ނާއިންސާފުން ރައީސް ޔާމީން ކުރެއްވި ކަންކަން މިހާރު އެވަނީ ޔާމީނުއާ ބައްދަލު ކޮށްފަ..ޔާމީންއާ ސިޔާސީ ފިކުރު ތަފާތުވި އެންމެން ގެންގޮސް ޖަލަށް އަޅާލީ..އޭގެ ތެރޭގައި އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން ވެސް ހިމެނޭ އަދި އިމްރާން ވެސް އޮތީ ޖަލުގަ..
ﷲ އިރާދަ ކުރެއްވިޔާ ގިނަދުވަހެއްނުވާނެ.....
އިމްރާނަށް ފެނުނުބައެއް މިހާރުވަނީ މިސަރުކާރުން ދޫކޮށްލާފައި ދެފުއްދެގޮތް ޢަމަލުތަކުގެ ސަބަބުން މިސަރުކާރު ފައިސާއަށް ޖެހި ރައްޔިތުން ދަރަނިވެރިވެއްޖެ! މީ އިންސާފެއް ދައްނަ ސަރުކާރެއްނޫން ސުޖާއު ބުނިފަދައިން މިކަމުގެ ނަތީޖާ ފެންނާނެ
ނުކުރާތި.ކޮށްފިޔާ ދެންތިބި މީހުންވެސް ދޫކުރަން ޖެހޭނީ
މިކޯއްޗެއް އެނިގެން އުޅޭ ރޯނުއެދުރެއްތަ!
އިންސާފޭ! ކެނެރީގެ ބުއްޅަހުއްތުގެ ވެރިކަމުގައި ދައުލަތުން ކުރި ވައްކަންތައް އަދި ބަލާނަން.
އަލްޖަބްރާގެ ފޯމިއުލާތަށް ބޭނުންކޮށްގެން ހަދާބަލަ..!
ޔާމީން ބެލީ ތިޔަ ސިޔާސީ ބަދަލު ހިފުމުގެ ތެރެތަށް ނުވަދެ ކުރިޔަށް ދާން.
ބަންދުކުރި މީހަކު ބަންދުކޮށް ޖަލަށްލީ ދެން އިތުރު ގޮތެއް ނެތުމުން. މާކުރިން ވެސް ޖަލަށް ލެވެންޖެހޭ ބައެއް އއީ.. އެކަމަކު މައިތިރިވޭތޯ ބެލީ.. ނުވީމަ ލާންޖެހުނީ.. އެމީހުންނަށް ޙައްޤު އަދަބު އެއީ..!
ދެން ދުލެއް ނުކުރެވޭނެ! ކައިވަތަކަށް ކައިވަަތެއް! ފައިސާ ފޮއްޗަކަށް ފައިސާ ފޮއްޗެއް..
ބަލަން ތިބޭތި! ހިސާބު ޖަހަޖަހާ!
އިމްރާނަމީ އަޅުކުއްޖެއް! އޭނާ އެންމެ ބިރުގަންނަނީ އޭނާގެ ސާހިބާ ބުއްޅަބޭ ދެކެ! ބުއްޅަބޭ އެއްއިގިލި ތަޅުވާލިޔަސް އޭނާގެ ވަޒީރުކަން ގެއްލޭނެ!
މިހާލަތު އައީވެސް ތިޔަފަދަ ވިސްނުން ގެންގުޅެގެން އަނިޔާވެރިކަން އިސްކުރުމުގެ ސަބަބުން. އަދިވެސް ތި ވިސްނަނީ ބާރު ލިބިއްޖެ ނަމަ ކަންކުރާނީ ހަމަ އެބީދައިންނޭ. ދޯ؟ ނުވަތަ އެއަށްވުރެ ވެސް ގޯސްކޮށޭ ދޯ؟ ތިވާހަކައިން ދޭހަވާ އަނެއް ކަމަކީ ދެން އަންނަ ސަރުކާރެއްގެ ރައީސަކީ ތިޔައީހެން. ﷲ ގެ ކުރިމަތީގައި ތިޔަ ބުނަނީ ބާރު ލިބިއްޖެނަމަ އަނިޔާވެރި ވާނަމޭ. ﷲ ވަނީ އަނިޔާވެރިކަން ހަރާމް ކުރައްވާފަ.
ޝުޖާޢް ގެ ވާހަކަތައް ތިހާ ސާދާ ސީދާކޮށް ތިޔަވިދާޅުވަނީ އެއްވެސް މީހަކަށް ދެރައެއް ލިބުމަށް ނޭދޭތީކަންއެގޭ، ނަމަވެސް އެވަރު އިއްޒަތްތެރިޔެއްގެ ޝަރަފް ދަމަހަށްޓާނެ ބަޔަކު ތިޔަބައިގަނޑު ތެރޭ ތިއްބަވަންވާނެއެވ. ގައުމުގެ ޙާލަތު މިހާ ނާޒުކު ފައްތަރެއްގައި އޮއްވާ ރ.ޔާމީޏް ގެއަށް ގެނެސްގެން ވަކި ރަނގަޅުވާނެކަމަށް ފެނޭތޯއެވެ. މާލެ ނުރައްކައު ވެއްޖެ. އެކަހެރިވެވަޑައިގަންނަވާ. އަނެއްމުސްލިމަކީ ތިމާގެ އަޚާކަމުގައިވާއިރު ދެރައެއް ނުލިބޭތޯ ދުޢާކުރޭ.
މިސަރު ވާރަކީ ކީރިތި ކުރައްވާ ސަރު ކާރެއް ހަމްދަރު ދީވުމެއްނެތް މިބަރަކާތް ތެރި ރަމަޟާން މަހަށް ޓަކައި ވެސް ރައީސް ޔާމީނަށް ފުރުސަތެއް ދެއްވާކަށް ނުކެރުނު .
މުޅިގައުމު ބާރުސުޕީޑުގައި އިދިކޮޅުގެ ނުފޫޒުގެ ތެރެއިންވެސް ރައްޔިތުންގެ ޖީބުތަށް ފައިސާފޯރުކޮށްދިން ހަމައެކަނި ވެރިޔާ ކޮންމެދިމާލަކުން ކޮންމެ މަސައްކަތެއްކުރިޔަސް ފައިސާލިބޭނެ މަގުތައް ކޮއްޓަވާދެއްވި މިއަދުގެ މިގަމާރުވެރިން އެ މަނިކުފާނު ބަންދުކުރީ ފައިސާ ކައިފިޔޭކިޔާފަ އެބުނާ ފައިސާވެސް ބަރާބަރަށް އެކައުންޓުގާ ހުއްޓާ މިވަރުގެ ހުކުމެއް އިންސާފުން ކުރެވޭނެތޯ......
ﷲއަށް ތައުބާވޭ ދުނިޔޭގަމިތިބަ ނިކަމެތި ހުރިހާއިންސާނުންނަށްވުރެ ﷲގެދަރުބާރުގާ ޔާމީނު މަތިވެރީތޯއެވެ.ތޯޢޫތުން ކަމުގައި ނުވާށެވެ.ތިމީހުން އެގޮތަށްދެކޭ ކަމުގައިވާނަމަ އެކަމުގެނުބަކަން މާބޮޑެވެ.....
ﷲއަށް ތައުބާވޭ ދުނިޔޭގަމިތިބަ ނިކަމެތި ހުރިހާއިންސާނުންނަށްވުރެ ﷲގެދަރުބާރުގާ ޔާމީނު މަތިވެރީތޯއެވެ.ތޯޢޫތުން ކަމުގައި ނުވާށެވެ.ތިމީހުން އެގޮތަށްދެކޭ ކަމުގައިވާނަމަ އެކަމުގެނުބަކަން މާބޮޑެވެ..ވަގުތު ނޫހަށް ނުލާނެ މިކަހަލަ ކޮމެންޓު...
އިމްރާން އަކީ ބާއީއެއް، ހިފާހައްޔަރުކުރޭ