ފަސް އަހަރުގެ ޖަލުޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުން އެދި، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް އަށް ސިޓީއެއް ފޮނުއްވާފައި މިވަނީ، ރައީސް ޔާމީން މިނިވަން ކޮށްދެއްވުން އެދި އެ ކޯލިޝަނުން މީގެ ކުރިން ނޫސް ބަޔާނެއްވެސް ނެރެފައިވާ ދަނޑިވަޅެއްގައެވެ.

އިދިކޮޅުން ރައީސް އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގައި ވެސް ވައިރަސް ފެތުރުމުގެ ނުރައްކާ އޮތުމުންނާއި، މި ހިނގަމުންދާ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް ރައީސް ޔާމީން ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ފަހަކަށް އައިސް މާފުށީ ޖަލުގައި ހަމަނުޖެހުންތައް ހިނގައި، ގައިދީންގެ ފަރާތުން ޖަލުގެ އޮފިސަރުންނަށް އިންޒާރުތައް ދެމުންދާ ކަމުގެ ޚަބަރުތައް ފެތުރެމުންދާ މި ދަނޑިވަޅުގައި ފުލުހުންގެ އޮޕަރޭޝަނެއްވެސް މާފުށީގައި ހިންގާފައިވާ ކަމުގެ މަޢުލޫމަތު ޚަބަރުތަކުން ލިބިފައިވާ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

ހަމަނުޖެހުން ހިނގައި ފުލުހުންގެ އޮޕަރޭޝަނެއް މާފުށީ ޖަލުގައި ހިންގާފައިވާކަމުގެ ޚަބަރު ލިބުނު ނަމަވެސް، މިކަމުގެ އިތުރު އެއްވެސް ތަފްސީލެއް ހޯމް މިނިސްޓްރީންނާއި ފުލުހުން ދެއްވާފައި ނުވާއިރު، ރައީސް ޔާމީން މާފުށީ ޖަލުގައި ހުންނަވަނިކޮށް މިފަދަ ކަންކަން ހިނގައިދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އިދިކޮޅުން ރައީސްއަށް ފޮނުއްވި ސިޓީގައި ބުނެފައި ވެއެވެ.

އެހެންކަމުން ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެއްވުމަށް ވެސް ސިޓީގައި ވަނީ އެދިފައެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުދާއިރު، އެމަނިކުފާނަށް ޤާނޫނީ ގޮތުން ހައްޤުވާ ކަފާލާތުގެ ފުރުސަތުވެސް ނުލިބޭކަމަށާއި، ކަން ހިނގާ ގޮތަށް ބަލާއިރު ޔާމީން އާއި އެމަނިކުފާނުގެ އާއިލާ އަށް ސަރުކާރުގެ ފަރާތުން އަނިޔާވެރިވަމުންދާ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

އެހެންކަމުން އަނިޔާވެރިކަމަށް ފުރުސަތު ނުދެއްވާ އިހުސާންތެރިކަން އިސްކުރެއްވުމާއެކު، ރައީސް ޔާމީންގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުން އިދިކޮޅު ކޯލިޝަނުން ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ.

ކޮވިޑް-19 އާ ގުޅިގެން މާފުށި މޮނީޓަރިންގެ ހާލަތަށް ގެނެސް ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރަމުން އަންނައިރު އެ ރަށް މޮނީޓަރިން އަށް ލަފާފައިވާ އަސްލު ސަބަބު ތަފްސީލުކޮށް ބަޔާން ކޮށްދިނުމަށް އިދިކޮޅުން މީގެ ކުރިން އެދިފައި ވެއެވެ. އަދި އެކަމާއި ގުޅިގެން އިދާރާތަކުން ޖަލުގެ ހާލަތު ހާމަކުރަމުން ނުދާތީ ވެސް އެފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ޔާމީން ގެޔަށް ބަދަލު ކޮށްދިނުމަށް އިދިކޮޅުން ރައީސް އަށް ފޮނުއްވި ސިޓީއެއްގައި އެދިފައި ވާއިރު، ރައީސް ޔާމީން ގެޔަށް ބަދަލު ކޮށްދިނުމުގެ ކަންކަން އަވަސް ކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. މާލެ ބޭބެ

    ރ.ޔާމިން ދޫކޮށްލުމަށް ގޮވާ އިދިކޮޅު އިސްބޭފުޅުންގެ ހިތުގެ ސާފުކަން އެބައޮތްތޯ ..އިދިކޮޅޭ ކިޔަނީ ވަލަށް ބާރުކޮށް ދަމަންވީމަ ދަމަންޖެހޭނެ..އަދި ދަމާ ނުލަފާ ވެރިންގެ ބަޑު ގުޅެކުޅޭ ފަސްގަޑުމަތީ ޖެއްސެންޖެހޭނެ...ތި ހިންގަނީ އިދިކޮޅު ޕާޓީއެއްތަ...ނުވަތަ ނަގޫފިތި ތިބެ ސަޕޯޓަރުން ހިތްހަމަ ޖައްސަން ކަމެއްކޮށްލަނީ... މިހާރުވެސް ގޭތިބެގެންވެސ އިހުތިޖާޖު ކުރެވޭނެ.. މުޅިން ޓީވީގަ އަލިފް ލައިލާ ވާހަކަ ކިޔަނީ..ސަރުކާރަށް ޕްރެޝަރކުރެވޭނެ.އަދި ސަރުކާރު ސައިޒް ކުރެވޭނެ..ނުހައްގުން ޖަލުގައި މީހަކު ޖަލުގައި ބެހެއްޓުމުގެ ބާރު ނޮއޮންނާނެ....

    2
    1
  2. މުހައްމަދު

    ރާއްޖެ އަށް މިއައި ކޮވިޑްގެ ކޯފާ އައުމުގެ އެއްސަބަބަކީ ނާއިންސާފު.

    36
    8
    • Anonymous

      ހަމަ ޔަގީން.މިސަރުކާރު ރީތިގޮތަކަށް ނިމި ދާދިއަވަހަށް ހިނގައިދާނެ. އިންޝާ ﷲ.

      4
      1
      • ދޮންކެޔޮ ބުރޯ

        ތީނައަށް މާބޮޑަށް އިނގެނީ

    • ޢަހު

      ކޮވިޑް އޮޮތީ މިތަނުގަ އެކަނިތަ؟ ޢަންތަރީސް.

  3. ުއުނދުޅި

    ކުށައް އަދަބު ލިބުމަކީ އަނިޔާއައް ވެއްޖެޔާ މިގައުމުގަ ކުއްވެރިންނެއް ނޫޅޭނެ ވަގުންނެއްވެސް ނޫޅޭނެ.
    ޢަނިޔާވެރިންނަކަށް އަނިޔާ އެއީ ކޯޗެއްކަން ނޭގޭނެ

    2
    5
  4. އަދުރޭ

    މިދިޔަ ސަރުކާރުގައި ވަރަށް އަނިޔާވެރިކޮށް ވަރަށް ނާއިންސާފުކޮށް ޝަރީއަތަކާއި ނުލާ ވަރަށް ގިނަ ބަޔަކު ވަރަށްގިނަ ދުވަސް ވަންދެން ޖަލުގައި ބޭތިއްބި. ވެދާނެ އެކަންތައްތައް ރައީސް ޔާމީނާ އަރާ ހަމަކުރީ ކަމަށްވެސް.. މޮޅަށް ދެނެވޮޑިގެންވާނީ ﷲ

    4
    2
  5. ވިލިގިލި މީހާ

    ޔާމީނުގެ ވެރިކަމުގައި ޖަލުގައި ތިބިމީހުން ގެޔަށް ބަދަލުކުރަން ތި ބޭފުޅުން ވަކާލާތުނުކުރެއްވީ ކީއްވެތޯ؟

    2
    3
  6. ޒުލް

    ގައުމުގެ ހާލަތަކީ އަމިއްލައަށް ހޯދާގަތްކަންކަން. ﷲގެ އަދުއްވުން ާއި، ނަބިއްޔާއަށް ފުރައްސާރަކުރާ ސަރުކާރެއް މިތާ މިއޮތީ. ދިވެހިން ރަިތިގޮތަކަށް ނިކަމެތިވަމުން މިދަނީ. ސަލާން ޖެހިއަސް އެހީތެރިކަމެއްދޭނެވމ ބައެއްނެތް. ޔަހޫދީ ޖަމާއަތްތަކުގެ އެހީ ލިބެމުން އައިސަރުކާރު މިއަދު މިއޮތީ ކުޑަކަކޫ މައްޗަށް ތިރިކުރައްވާފަ. ތިޖޫރީ ފޫ ފެނުންކަމަށް ބުނި މީހުން ދޭބަލަން. އަސްލު ހުސް ތިޖޫރީ މިހާރު ފެންނާނެ. ފައިސާކޮޅު ހުސްވަމުން އެދަނީ ހުސް މެޑިކަލް ސަޕްލައިއަށް. ޕްރޮޓަކްޓިވް އެއްވެސް ކަމެއް އެއިން ނުކުރެވޭ. ދިވެހިންގެ ޖާހިލުކަމުގެ ރަހަ މިހާރު ހިތިގޮތަކަށް ތަޖުރިބާ ކުރެވެމުންމިދަނީ.

  7. މާލޭ މީހުން

    ކަލޯ އަދި ރައްޔަތުން ކު ރިމައްޗައް އަންނާނެ ދުވަހެއް ވަ ރައް އަވަހައް އިބައޮތް ހަނދާން ކު ރާރތި

  8. ޒާހިރު

    1.ދުނިޔޭގެ 214 ގައުަަަަަަަަަަަަަަަަަަމަށް.މިބަލި ޖެހުނީ ރާއްޖޭގެ ބޭއިންސާފުންތޯ. ބޭއިންސާފު އޮތީިި މިއަދު އެކަނި ނޫން. ފާއިތުވި ސަރުކާރުގައިވެސް ބޭ އިންސާފު؟؟؟؟؟؟؟؟؟؟2.މީގެ 2 އަހަރުގެކުރިން އައި ރަމްޟާންމަހެއްގައި ރައީސްކަންކުރި 80 އަހަރުގެ ބޭފުޅަކު ތި ޖަލުގައި ބޭއްވި ހަދާން ތިވެރިން އެބަހުރިތޯ.....؟؟؟؟؟؟؟؟؟؟

    3
    2
  9. ވަތަނީ

    ބަރަކާތްތެރި ރަމްޟޯންމަހު ކުރާ ހިޔޮ ކަންކަމަކީ ސަވާބާއި
    ދަރުމަ އިތުރުވެގެންވާ ކަންކަމެވެ. އަނިޔާވެރިކަން އިސްކޮށް
    ބަދަލުހިފުމާއި ބޮޑާކަންދެއްކުން ހިޔޮކަންކަންކަމުގެ ތެރޭގައި
    ނުހިމެނެއެވެ.

    • ރާގޮޑިރާޖަ

      ތިކަން ޔާމީނަށް ކުރިން ހަނދާންކޮއްދިންނަމަ ހާދަރަގަޅުވީހެވެ. ކިރިއާވެސް އިންސާނިއްޔަތުކަމެއް ހުރިމީހަކުނަމަ ރައީސް މައުމޫނަށް ބަރަކާތްތެރި ރަމަސާން މަހެއްގައި ޖަލުގައި ބަހައްތައިގެން އެދިން އަނިޔާއެއް ނުދޭނެ. ޢެދުވަހު އަތްޖަހަން ތިބި ސައީދު އާ އާދަނުވެސް މިއަދު ހުދު ކަޅަށް ބަދަލުކުރަން އުޅުނަސް އެކަމެއް ނުވާނެ.

  10. ޙަލީލް

    އިދިކޮޅުން އިޙްސާންތެރިކަން މާނަކުރަނީ ވައްކަންކުރިކަން ސާބިތުވެ ހުކުމްކޮށް ޖަލައްލާފަތިބި މީހުން ދޫކޮށްލާ ގެއައްބަދަލުކުރުމައްތޯ؟ ވަރައްވެސް ހެއްވާ ވާހަކަފުޅެއް، ރިހާކުރު ފުޅިއެއް ނަގައިގެން ޖަލައްލީމީހާގެ ވާހަކައެއްނުދައްކާ، މިމީހުންމިކިޔަނީ ދައުލަތުގެ ހަޒާނާ ފެންފޮދަކާނުލާ ދިރުވާލި މީހެއްގެ ވާހަކަ، މިލިޔަން ޑޮލަރުދިރުވާލާ އަމިއްލަގެ ވިހިބުރިއަށް ނަގަމުންދާމީހެއްގެ ވާހަކަ، ކޮބައިތޯއިންސާފު

    2
    4
  11. ސަމާލު

    މައުމޫނުވެސް ރޯދަމަހު އިންނެވީ ޖަލު. ނަޝީދުވެސް ރޯދަމަހު އިންނެވީ ޖަލު. ދެން ކިހިނެއް ވެގެން ތިޔަ ތެޅެބާލަނީ. ކޮވިޑުގެ ސަބަބުން ރަށްރަށުން މީހުން ބާލަންޔާ މާފުށިން މީހުން ބާލަންޔާ ޔާމީނުވެސް ބާލާންވީ. ރޯދަމަހު މިނިވަން ކުރާ ގޮތަކަށް ނޫން ޙުކުމް ކޮފަ ހުރީކީ. އަދި ރޮދަ މަހަކީ ކޮންމެ އަހަރަކު އަންނަ މަހެއްކަން ގާޒީން ދެނެތިބެ 5 އަހަރަށް ޙުކުމް ކުރީ. ގުރޭޑު 5 ގެ ކުށްޖަކަށް އެވަރު ކަންނޭގެ. ރައްޔިތުން ކޮވިޑަށް ދީފައިވާ ސަމާލުކަން ގެއްލުވާލަން ނޫޅެއްޗޭ.

    1
    3
  12. އެދުވަސް

    މިދުވަސްވެސް މާޖީއާއި އެކުވެގެން ދާނެ. ނުލަފާ ވެރިންނަށް ލިބޭނެ ޢަޒާބުވެސް ހަމަލިބޭނެ

  13. ނަައީމް

    ހަމަ ޔާމީންރައީސްވަރެއނެތޭ ބުނެވޭނީ ކިހިނެއް މުޅިގައުމު ހިންގާލީ ސްޕީޑް ބާރުކަމުން ރައްޔިތުން ހިނިތިންވެފަ މިހާރު އިހުސާސްމި ކުރެވެނީ މުޅި ރާއްޖޭގަ ހާދަހާވާ މަސައްކަތެކޭ އެކުޑަދުވަސްކޮޅު އިދިކޮޅުގެ ނުފޫޒުގެ ތެރެއިންވެސް އެގެނެސްދެއްވީ ސަޅި އިގޭ މިހާރުމިތިބީ އެއްވެސްކަމެއްކުރަންދައްނަބައެއްނޫންހެއް ހީވަނީ މުޅިގައިމުގެ ހަޒާނާ ހުސްއަރުވާލީ ނިކަމެއްޗަކަށް ދިއްކޮށްލި އެއްޗެއްނެތް ހެއްވާކަމަކީ ޔާމީންރައީސް ކޭބުނީ އަދަދު ބަރާބަރަށް ބޭއްކުގަހުއްޓާ ހުކުންމިކުރަނީ ކޭކަމަށް ހަހަހަހަ

  14. ޢަހޮމަދު

    ޔާމީނަކީ މިގައުމުގަ އެއްމެ އަނިޔާވެރި ވެރިކަމެއް ކުރި ރައީސް. ޢިންސާފުގެ ވާހަކަ ދައްކާއިރު ދުނިޔޭގަ ފުރަތަމަ ފަހަރަށް ސްޕްރީމް ކޯޓްގެ ފުރާޅުން ޓިނުނަގައިގެން ފަޑިޔާރުން ހައްޔަރުކުރި ރައީސް. ޙިތްޕުޅުގެ އާލާސްކަން ހުންނަ މީހަކު ކީއްވެތޯ ވެރިކަމުގަ ނުހައްގުން މީހުނަށް އަނިޔާކުރީ. ޢަދި އެވަރު ނުވެގެން ގައުމުގެ ބައިތުލްމާލު އަމިއްލަމިލްކަކަށް ހަދަން މަސައްކަތްކުރީ. ޔާމީނަށް ވޯޓް ދެވުނީތީ ހިތާމަކުރަން.

  15. މޫދު

    ޔަހޫދީންނަކީ ހަމަޔަހޫދީން ޢަމަލާ ބަހާ ދިމާލެއް ނުވާނެ މިބަރަކާތް ތެރި ރަމަޟާން މަހު ރައްޔިތުން ހިތާމާގަ ތިއްބަވާއިރު ރާއްޖެއަށް އިނގިރޭސިވިލާތުން މިހުން އެތެރެކޮށް ހިނިފުޅުވަޑުވަން އާރަށު އޮތުމަކީ ޤަވްމުވެވެރިންގެ ކިބާގަ ހުންނަންޖެހޭނެ ސިފައެއްނޫން

  16. ސުސް

    އއއިންސާފް ގެ އްލި ، ނާ އިންސާފުން، ވެރިކަން، ދަމަ އިގެން، ރަ އްޔިތުން ބިކަކޮށް، ވެރިންގެ ޖީބްތަ އްފުރާލަ އިފި، ރ ޔާމިން އަށް ވެރިކަންހަވާލް ކޮށްދެ އްވާ.. ކޯވިޑް ގެ މުސީބާތުން މި ކުޑަކުޑަ ދިވެހިރާ އްޖެ ސަލާމަތް ކޮށްދެ އްވާންދޭވް..

  17. ނ

    ރައިސްޔާމީން ގެއަށް ބަދަލުކުރުމުން މިސަރުކާރަށް އެއްޗެއް މަދުވަނީތަ .؟އިންސާފޭ ގޮވާއިރު ހުކުމެއް ކޮއްގެން އެހުމެއް ތަންފީޒު ކުރިއެކަކުވެސް ތިބައިގަޑު ތެރެއަކުނެތް .އެހެންމީހުން ވެސް ޖަލަށް ހުކުމެއް ކޮއްފައޮތީތީ އަޅުން ޖަލަށް ވަންނަށްވީނުން.ވަކިބަޔަކަށް ވަކިމީހަކަށް ވަކިގޮތެއް ނޯއްނާނެ .ރައިސްޔާމީނަށް ހުކުމެއް ކުރިއްޔޭ ކިޔާ ޖަލުގަ އޮންނަށް ޖެހޭތަ ؟ގައުމަށް ކަމެއް ކޮއްދިނީ ވެސް ރައިސްޔާމީން .މިއަދުވެސް ކުރެވޭ ކޮންމެ ކަމެއްވެސް ކުރެވެނީ ރައިސް ޔާމީން ކޮއްދީފަ ކުރިމަސައްކަތުގެ ބޭނުން ހިފައިގެން މިއަދު އިބޫ އިސްތިއުފާދިނަސް އިބޫ ކޮއްދިން އެއްވެސް ކަމެއް ފެންނާކަށް ނުހުންނާނެ .މާހޮޔޮއެދޭ މީހަކަށް ވެގެން ތެދުވެރިއަކަށް ވެގެން ބައިއެޅުން ނޫން ކަމެއް ނުކުރޭ .ތަފާތުކުރުން އިންތިހާ ..