ލ. މާބައިދޫގައި މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މާބައިދޫގައި ފިރިހެނަކު ދަންޖެހިގެން، އެރަށުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި މައްސަލައިގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 15:00 ހާއިރު ކަމަށާއި، އޭނާ މަރުވިކަން ޔަގީންވީ 15:30 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް މި ހާދިސާއާއި ގުޅޭ އިތުރު މަޢުލޫމާތެއް މިވަގުތު ޙިއްސާ ކުރެވެން ނެތްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ ހާއްސަ ޓީމެއް ދަންޖެހުނު މީހާގެ ގެ ކައިރީގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިކަމާއި ގުޅިގެން މާބައިދޫ ކައުންސިލް މެމްބަރު އަބްދުﷲ ރަޝީދު "ވަގުތު"އަށް ވިދާޅުވީ، ދަންޖެހިގެން މަރުވީ ނުވަ މަސް ދުވަހަށް ޖަލަށްލާން ޙުކުމްކޮށްފައި ހުރި މީހެއް ކަމަށެވެ. އޭނާ ދަންޖެހުނީ ގޭ ބަންދުގައި ހުއްޓައި ކަމަށްވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި އޭނާ ދަންޖެހިފައި ހުރީ ގަހެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކެރީމާ

    ލާއި ... އަނެއްކާ ކުންކުއްޖެތީ ...

  2. އަސްލުހަސަން

    އެންމެ 9 މަސް ދުވަސް؟؟؟

  3. ޢަލީ

    ތިކަމުގައި ކަރެކްޝަން ޒިންމާވާންޖެހޭނެކަމަށް ފެންނަނީ.

  4. މަމީ

    ދެން ހަމަ ގައިމުވެސް ޖަލަކަށް ނުލެވޭނެތާ ދެން ލާނީ ކައްވަޅަކަންނު

    • ޙައްޖަ

      ދެންލާނީ ނަރަކަށް

  5. ބޮކި ބޮކި ބޮކި

    ނޫންނޫ ކަރެއްޝަން އަދި ޕޮލިސް ތިޔަކަމުން ޒިންމާ ނަގާކަށްނުޖެހޭނެދޯ !

  6. ޢިބްރާހިމް

    ދެން އޭނާ 9 މަސް ވަންދެން ޖަލުގާ ބާއްވާފާ ވަޅުލާ މިސަރުކާރު މީ ޖަލު ސަރުކާރު

  7. ރަށްދު

    އެއްހަރަށްވުރެ ކުރުމުއްދަތަކަށް ޖަލަށްހުކުމްކުރާމީހުން ޖޫރިމަނާއަކަށް ބަދަލުކުރަންވީ އެގޮތަށް ގާނޫނޫ ހަދަންވީ ތިކަމުގެޒިންމާ ކަރެކްސާން ނަގަންޖެހޭނެ މަރުގެދިޔަ ދޭންޖެހޭނެ އާއިލާޔަށް

    • ރައްދު

      މޮޅު ވާހަކަ ދެއްކިޔަސް ނުވާނެ ކުށެއް ކޮށޤފިއްޔާ އަދަބު ދޭންޖެހޭނެ މިކަމުގައި ކަރެކްޝަނުން ޒިންމާވާން ޖެހޭ ސަބަބެއް ނުބުނެ ޒިންމާއޭ ކިޔާ ވާހަކަ ދެއްކީމަ ކަޑައޭ

  8. މި

    ޔާﷲ

  9. ާއއ

    ވ މޮޅު