މިދިޔަ އާދީއްތަ ދުވަހާއި ހަމައަށް 52 ކޮންޓެއިނަރުގެ ކާބޯތަކެތި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކްލިއާ ކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޕީއެލް އިން ބުނީ މިދިޔަ އާދީއްތަ ދުވަހު އެކަނިވެސް އެ ކުންފުނިން 5،580 ބަސްތާގެ ހަނޑޫ ކްލިއާ ކޮށްފައިވާ ކަމަށެވެ. އެއީ ފަސްޓަނުގެ ހަނޑުލެވެ. ބިސް އަދި ފިޔާއަށް ބަލާލާއިރު 1،365 ކޭސް ބިސް ކްލިއާ ކޮށްފައިވާ ކަމަށާއި 1،020 ބަސްތާ ފިޔާ ކްލިއާ ކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން ބުނީ އާދީއްތަ ދުވަހާއި ހަމައަށް 165 ކެބެޖާއި 140 ބަސްތާގެ އަލުވިއާ 44 ބަސްތާގެ ކަރައާ 63 ގަނޑު ދޮންކޭލާއި 360 ކޭސް އަލަނާސި އަދި 360 ކޭސް ޓޮމާޓޯއާ 32 ކޭސް އަނބު ކްލިއާ ކޮށްފައިވާ ކަމަށެވެ.

އެމްޕީއެލްއާ ކަސްޓަމްސްއާ ވަނީ ކޮވިޑް-19ގެ ސަބަބުން މާލެ ލޮކްޑައުންކޮށްފައި އޮތަސް، ރާއްޖެއަށް މުދާ ހިފައިންގެން ކާގޯ ބޯޓުތައް އެބަ އަންނަ ކަމަށާއި، އެ މުދާތައް ދަތިކަމެއް ނެތި ދޫކުރަމުންދާނެ ކަމަށް ބުނެފައެވެ.