ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަން ސްޕްރީމް ކޯޓުގެ އަމުރުން ސާފުވެއްޖެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެެެވެ.
ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނާއި ގުޅޭގޮތުން ސްޕްރީމް ކޯޓުން ނިންމެވި ނިންމެވުމުން ވެސް ސާފުކޮށް އެނގެނީ 12 މެމްބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭކަން ކަމަށެވެ. އަދި 12 މެމްބަރުން ޕީޕީއެމް އިން ވަކިކުރި އިޖުރާތުތަށް ހިންގާފައިވަނީ 13 ޖުލައި 2017 ގެ ކުރިން އެނގޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
Anti defection Qaanoon aa gulhey gothun SC in ninmi ninmevumun ves saafukoh egunee 12 Memberunge therein evves memberegge gondi nugelleykameve . 12 memberun PPM in vakivumuge ijuraa athu thah hingaafai vanee 13 July 2017 ge kurinkan saafukoh igeythee .
— Qasim Ibrahim (@qasimibrahim) April 30, 2018
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
މި މެމްބަރުންގެ ގޮނޑި ގެއްލިފައިވަނީ ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުން އެންޓި ޑިފެކްޝަން ބިލެއް ފާސްކުރުމުންނެވެ. މި ހުރިހާ މެމްބަރުންނަކީ ވެސް މީގެކުރިން ވެރިކަން ކުރާ ޕީޕީއެމްގައި ތިއްބެވި މެމްބަރުންނެވެ.
އެ ބިލް ބާތިލުކުރަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުން ވަނީ އެ ގާނޫނު ބާތިލު ކުރެވެން ނެތް ކަމަށް ކަނޑައަޅާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ގޮނޑި ގެއްލުނު މެމްބަރުންގެ ދާއިރާތަކުގައި ބައި އިލެކްޝަންތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
އެންމެ މަތީ ފަޑިޔާރުދޯ. ބޯހަލާކު.
ގާސިމް އަށް ސާފު ވިޔަކަސް އަދި ނުފުދެއޭ
ދޭހަވާ މިންވަރުގެ ތަފާތު ދެއްތޯ؟
ގާސިމޫ. މޮޔަފުޅު ވީތޯ؟
މީނަމިއީއެހެންމީހުންނައް އާދަޔާޚިލާފުމީހެއް ހާއްސަކޮށް ގާނޫނީދާއިރާއިން މީނަޔައް އުއްތަމަފަޑިޔާރުކަންދޭންފެންނަނީ
ގާސިމޫ. މޮޔަފުޅު ވީތޯ؟ކީއްކުރާނީދޯ ލަދުންބޯހަލާކް 2018ރައީސްޔާމިން އިންޝާﷲ