ބްލަޑް ބޭންކްގައި ލޭ މަދުވުމުން އަވަސް ރައިޑްގެ ޑްރައިވަރުން ލޭ ހަދިޔާ ކުރުމަށް ހާއްސަ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

އަވަސް ރައިޑް އިން ބުނީ، މި ކޭމްޕްގައި އަވަސް ރައިޑްގެ ގިނަ ޑްރައިވަރުން ބައިވެރިވި ކަމަށާއި، މި ދަނޑިވަޅުގައި ޑްރައިވަރުންގެ ފަރާތުން ބޮޑެތި އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.

އެގޮތުން ޑްރައިވަރުން ގެންދަނީ އެތައް ބަޔަކަށް ހިލޭ ކާބޯތަކެތި ޑެލިވަރީ ކޮށްދިނުމަށްޓަކައި ދަތުރުތައް ކުރަމުންނެވެ. އަދި މިގޮތަށް ހިދުމަތް ދެމުން އަންނައިރު، އެ ޓެކްސީ ސެންޓަރުގެ ކާރުތައް ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.

އަދި މިހާރު ގިނަ ޓެކްސީ ސެންޓަރުތައް ބަންދުކޮށްފައި ހުރި ނަމަވެސް، އަަވަސް ރައިޑް އިން ގެންދަނީ ޓެކްސީ ހިދުމަތްތައް ދެމުންނެވެ. އެގޮތުން އަވަސް ރައިޑް އިން ދަތުރު މިހާރު ކުރަނީ ފުލުުންގެ ހާއްސަ ހުއްދަ ނަގައިގެންނެވެ. އަދި މިގޮތަށް ދަތުރު ކުރަމުން ދަނީ އެއްޗެއް ޑެލިވަރީ ކުރުމަށް ނޫނީ ދަތުރު ކުރުމަށް އެހީއެއް ބޭނުންވާ ނަމައެވެ.

އަވަސް ރައިޑް ޑްރައިވަރުންގެ ހަރަކާތެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް

މިގޮތަށް އެހީތެރިކަން ބޭނުންވާނަމަ 3353030 އަށް ގުޅުމަށް އަވަސް ރައިޑުން ވަނީ އެދިފައެވެ.