ކޮވިޑް-19 އާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެ އިން ތުރުކީގެ އެހީއަށް އިއްޔެ އެދިއްޖެއެވެ.
ރާއްޖެ އިން މިހާތަނަށް 228 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެންމެ ބޮޑު އެއް ފިޔަވަޅަކީ އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމެވެ. ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ފަތުރުވެރިން ރާއްޖެ އައުން އެއްކޮށް ވަނީ މަޑުޖެހިފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އާމްދަނީ ލިބޭނެ ގިނަ ދޮރުތަކެއް ވަނީ ބަންދުވެފައެވެ.
ރާއްޖެ އަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ދެކުނު ކޮރެއާ އާއި ރަޝިއާގެ އެހީއަށް ވެސް އެދިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުޓް ކަވުސްލޫ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގުޅުއްވައި، ކުރެއްވި މަޝްވަރާތަކުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު ދެއްވި ކަމަށެވެ.
އަދި ގޮންޖެހުންތަކުން އަރައިގަތުމަށް ތުރުކީގެ އެހީއަށް ޝާހިދު އެދިވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް މެވްލުޓް ތައުރީފް ކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ދުނިޔެ އަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެވޭނީ ހުރިހާ ގައުމުތަކުން ވެސް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އެ ދެ ބޭފުޅުން ފާހަގަ ކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ރާއްޖެއިން އެހީ ފޯރުކޮށް ދިނީ ޗައިނާ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އިންނެވެ. އަދި ބޭރުގެ ބޮޑެތި ބޭންކްތަކުން ރާއްޖެ އަށް މާލީ ގޮތުން އެހީތެރިވާން މިހާރު ވަނީ ނިންމައިފައެވެ. އޭގެތެރޭގައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި އޯޕެކް ފަންޑު ހިމެނެއެވެ. ދިވެހި ސަރުކާރުން ވަނީ މާލީ ހާލަތުން އަރައިގަތުމަށްޓަކައި ބޭރުގެ ބޮޑެތި ބޭންކުތަކުގެ އެހީއަށް އެދުމަށް ވެސް ނިންމައިފައެވެ.
ތިޔަ ގައުމުތަކުން ކިއްވެ ތަ ހެޔޮހިތުން އެހި ނުދެނި އަދެސްކުރިމަ ދޮ ދެނި ތިގައުމުތަކުން ވަރަށް ބޮޑައް އެހި ވެ މިހަލަތުަގަ އެހެން ގައުމުތަކައް
މި ސަރުކާރުން އެ ގައުމުތައް ދުރުކޮށް ހަމަ އެކަނި އިންޑިއާ ކައިރިކޮށްގެން އުޅުނީމަ ވާނެ ހައެތި މިވަނީ
ދުވާލު ދެދަޅައަށް ނާޝިގަޑު ހިފައިގެން ސަލާމް ޖެހުން ކާޕެޓް ރައީސްގެ ކަމަކީ މީނާ ދަތުރު ކޮއްކޮއް ރާއްޖޭގެ ބަޖެޓް ދަވާލާފަ ކޮންސަކަރާތެއް މިހާރު މިޖަހަނީ
މިހާރު ދެން އެހީއަށް ނޭދި އޮތީ އިތިއޯޕިއާ އަދި ޗައިނާ! އޭގެ ތެރެއިން ކޮން ޤައުމެއްގެ އެހީއަކަށްބާ ދެން އެދޭނީ؟
ފޫހި ފަށެއްވާ މީހެއް މީ ، ވަރައް ކަރަޕްޓް ނާގާބިލް މީހެއް!
މުޅި އުމުރުދުވަހަށް ޓުވަރިޒަމަށް ބަރޯސާވެ ދުނިޔޭގެ މާކެޓުގައި އެންމެ އަގު ބޮޑުކޮށް ކޮޓަރި ވިއްކަނުން ދިޔަ ބަޔަކު މިހާރު ނާށި ގަޑު ހިފައިގެން ސަލާން ޖެހީމަ ހަމަ ހިނި އަންނަނީ.... އެއްޗެއް އަދިވެސް ނުވިސްނޭނެ ޤަމާރުން
ﷲ ގެ ކުޅަދުންވަންތަވެ ރިކަން ނިކަންދެކިބަލަ މިގެކު ރިން މިގައިގަނޑު ރާއްޖެ ބަނޑައްޖައްސަންގޮވީ ދުނިޔޭގެ ހު ރިހާ ގައުމުތަކެއްގަދުވެގެން ވިސްނާފިކު ރުކު ރި މީހަކައް އިބުތަތެއްލިބޭނެ މިއަދު ވެ ރިކަމުގަ މިބައިގަނޑު އޮވެ ދިވެހި ރައްޔިތުން މިތިބީ ބަނޑައްޖެހިފަ ނާށިގަނޑު ހިފައިގެން މިބައިގަނޑު ދުވަންޖެހިފަމިއޮތީ މިބައިގަނޑައް އަމިއްލަޔައް ފޭހިލީ އިލޮށި މިއޮތީ އަމައްލަ ލޮލައްހެ ރި ނިމިފަ އަދިވެސް ހިޔެއްނުވޭ މައިތި ރިވާނެހެން
ޗައިނާއިން ލޯނެއް ހޯދަބަލަ
1...ދެން މުޅި ދުނިޔޭގައި ނާ ށި ގަނޑު ހިފައިގެން ސަލާން ޖަހާ..ކަލޭމެން ކޮ ށްފިއްޔާ ކޮންމެކަމެއްވެސް ރަގަޅު.. 2ވަނަ ވާހަކަޔަކަ ށް ބުނެލަން އޮތީ ރަންބިސް އަޅާ ކުކުޅުގެ ވާހަކަ..ބޮޑުކަމެއް ލައިގަތީމަތާ މި އެގެނީ ރަންބިހެއްވެސް ފެންނާކަ ށް ނެއްކަން..ނިކަން ވިސްނަބަލަ އެންމެ 2 މަހެއްހާ ވަރު ގައުމު ލޮކްޑައުން ކޮ ށްލީމަ މުސާރަ ކޮޅުވެސް ބައެއް ރިސޯޓް އޯނަރުންނަ ށް ދޭން ދަތި..ހަގީގަތަކީ ވޭތުވެދިޔަ 20 އަހަރަށ ށް ބެލިޔަސް ހަމައެކަނި ޓޫރިޒަމުން ލިބުނު ލާރިން ބޮޑު ކަމެއްދިމާވެދާނެ ކަމަ ށް ތައްޔާރުވެފަ ތިބިނަމަ އެތައް މަހެއްވަންދެން ރައްޔަތުން ނިންދަވައިގެން ކާންދީ ބޯންދީ ހެދޭނެވަރުގެ އާމްދަނީއެއް ވަންނަ ގައުމެއްމީ..މިލިޔަނުން ފައިސާ ލިބުނު ބައެއް ވެރިންނަށ ށް މިރޯދަމަހުގެ އިނާޔަތު ފައިސާ ކޮޅޮވެސް ނިކަމެތި މަސައްކަތްތެރިޔާއަ ށް ނުދެވުނު..އިހުލާސްތެރިކަމެއްވެސް ނެތީ..ދިމާވެދާނެ ބޮޑުކަމަކަ ށް ތައްޔާރުވެފަވެސް ނެތީ..
ވަރަށް ރަނގަޅު ނިމްމުމެއް. ހާލުގައި ޖެހުމުން ދެންތިބި ދުނިޔޭގަ ބާރުގަދަ އަދި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ އިސްލާމީ ގައުމުތަކުގެ އެހީތެރިކަމަށް ވެސް އެދެންވާނެ. ޝުކުރިއްޔާ
ލަދު ހަޔާތް ކުޑަ އޭ. ސަލާން ޖަހަން ގައުމުތަކަށް ދުވަން
ކޮބާ ތަ ޓޫރިޒަމުން ލިބުނު ހާ ލާރިތައް، ރަލާ އޫރު މަހާ ވިއްކައިގެން އެތައް ދިވެހި ޒުވާނުން ގެ ދީން ހަލާކުކޮށްލައިގެން،
އޭ ކަލޯ ޝާހިދޫ...ތުރުކީ އެއީ ހުދުމުހުތާރު ވެރިކަމެއް ހިންގާ ސަރުކާރެއް އޮތް ގައުމެއް..ކަލޭމެންކަހަލަ ދިމާކުރާތީ އުސޫލުތަކަ ށް ލޯބިކުރާ ބަޔަކު އެފަދަ ބައެއްގެ އެހީއަ ށް އެދުނީމަ ކަޑަ..
އެހީއައް ހަމަ އެދެންވީ.. ނާށިގަނޑު ހިފައިގެން ބަނގުލާދޭޝްއަށްވެސް ބޫޓާނައްވެސް ދާންވީ..މިވަގުތު ރާއްޖޭގެ އިންޑަސްޓުރީއަކީ ސަލާންޖެހުން..މިތާކު ފައިސާއެއް ވަންނާނެ މާގިނަ ކަމެއް ނެތް.. ދެން ހަމަ ސަލާން ޖަހާންވީ..މި ވަގުތު ރާއްޖެއައް ބޭނުންވަނީ ސަލާންޖަހަން މޮޅު ސަރުކާރެއް.. ގޭގަތިބެގެންނާއި...ރޭޑިއޯ ޓީވީ އަދި ޓުވިޓަރުންވެސް ސަލާން ޖަހަންވީ.. ފޯނުންވެސް ސަލާން ޖަހަންވީ. މިހާރު މިތިބީ ފުރިހަމައަށް ޖަޒީރާވެނިމިފަ. ސަލާންޖަހައިގެން ފައިސާ ނުލިބިއްޖެއިޔާ ދެން އޮތީ ދައުލަތުގެ ހަރުމުދާ ވިއްކަންފެށުން.. އެއީ ސަރުކާރު އޮފީސް ތަކުގެ ފުރާޅުން ޓިނު ނަގައިގެން ވިއްކިޔަސް..
ޢެންމެ ފުރަތަމަ ދުވަހުވެސް ބޯޑަރު ބަންދު ކުރި ނަމަ މިއަދު މި ދުވަސް ދެކޭކަށް ނުޖެހުނީސް....އަދިވެސް ގެންނަނީ......ބަލި ފެތުރެން ފުރުސަތު ދީފަ ދެން މި ކުޑަކުޑަ މާލޭގަ ލޮކްޑައުން އެޅުވީމަ ކިހިނެއް ތޮއްޖެހިގެން އުޅޭނީ ...ބޮޑެތިން ޓިޝޫ ރޯލް އިނާ ދެންހުރި އެއްޗެހިން ޗެލެންޖް ކުރީމަ ހިރިހާ ކަމެއް ނިމުނީ
އަވަހަށް މިވަބާ މިޤައުމަށް ގެނައި ސަރުކާރު އިސްތިއުފާ ދެއްވާށެވެ! ރައްޔިތުންނަށް އޮޅުވާލާ ސަރުކާރެކެވެ. ރައްޔިތުންގެ ޚަޒާނާ ލޫޓުވާލި ސަރުކާރެކެވެ. ރައްޔިތުންގެ ހަރުމުދާތައް ނުއަގުގައި ވިއްކާ ހުސްކޮށްލާ ސަރުކާރެކެވެ. ރައްޔިތުންގެ ޚަޒާނާގައި ހުރި ހުރިހާ ޑޮލަރެއް އިންޑިޔާގެ ރުޕީސް އަށް "ސްވޮޕް" ކޮށްލި ނާޤާބިލް ސަރުކާރެކެވެ. ރައްޔިތުންނޭވެ! ހޭއަރާށެވެ! ސަރުކާރު މިހާރު މިއޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ. އެންމެން ގުޅިގެން ކުރިހާ އާދޭސް މިސަރުކާރުން ބޮލާލާ ޖަހާލާ ޤައުމީ ދޮރޯށިތައް ބަންދު ނުކޮށް ޤަޞްދުގައި މިވައިރަސް ލަންޑަނުންނާއި ބޭރުޤައުމުތަކުން އެތެރެކުރީއެވެ. ނިކަމެތި ދިވެހިރައްޔިތުން މިތިބީ މަރަށް ތެޅެން ދޫކޮށްލާފައެވެ. ދިވެހިފަސްގަނޑު އިންޑިޔާއަށް ނުއަގުގައި ވިއްކާލަން ރާވާފައިވާ ރޭވުމުގެ ކޮޅުމަތި މިފެންނަނީއެވެ.
ހުރިހާ ތާކުން އެހީ ހޯދަން އުޅޭނެ ކޮވިޑް އޭކިޔާފަ. މީނަގެ ނުބައިކަން 74 މިލިއަން ހަރަދުކޮއް ތަންތަނައްގޮސް ލާރިލިބުނޭ ކިޔާފަ ދޮގުހަދަމުން ދުވީ . މީނަ ގެ ކިބައިއިން މިގައުމު ސަލާމަތް ކޮއްދެއްވާށި