ޓެލެތޯންއެއް ހެން ޓީވީތަކުން ކޮވިޑް-19އިގެ މައުލޫމާތު ގެނައުން ރަނގަޅު ނޫން ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. އާރިފް މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މި ދަނޑިވަޅުގައި ނަފްސާނީ ގޮތުން މީހުންނަށް އަސަރު ކުރާނެ ކަމަށާ، މީހުން ހެލުންތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.މީޑިއާތަކަށް މި ދަނޑިވަޅުގައި ކުރެވިދާނެ ކަންކަމާއި މެދު އޭނާ ވަނީ ވާހަކަދައްކަވާފައެވެ.

"އަޅުގަނޑު ހިތުން 24 ގަޑިއިރު އަބަދު ކޮވިޑްގެ އެއްކަލަ ތެލެތޯން އެއްހެން ގެނައުމަކީ އަސްލު މީހުންނަށް އެހާ ރަނގަޅު ކަމެއް ނޫންހެން އަޅުގަނޑަށް ހީވަނީ. އޭގެ ނަފްސާނީ ގޮތުން. އަޅުގަނޑަށް ހީވަނީ އެހެން ނުގެންނާށެކޭ ނޫން. އެކަމު އޭގެ ތެރޭގައި އެހެން މީހުންނަށް ލުއިކަން ލިބޭނެ މީހުންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދޭނޭ މައުލޫމާތުތައް ވެސް އެ ޓެލެތޯން ތެރޭގައި ގެނައުން އަޅުގަނޑަށް ހީވަނީ ވަރަށް ބުއްދިވެރިހެން،" އޭނާ ވިދާޅުވިއެވެ.

ހަމައެކަނި ފައްސިވާ މީހުންގެ ތަފާސް ހިސާބުތައް ގެނައުމަށް އެކަނި ސަމާލުކަން ދިނުމުގެ ބަދަލުގައި މިހާރު ހުރި އިޖުތިމާއީ މައްސަލަތަކާއި، މީހުންގެ ހިތަށް ފަސޭހަކަމެއް ލިބޭނެ ގޮތަށް މައުލޫމާތު ގެނެސްދިނުމަށް މީޑިއާގެ ރޯލު ވަރަށް ފުޅާކަމަށް އޭނާ ވިދާޅުވިއެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކައަކީ އާއްމުކޮށްވެސް ދައްކަން އުނދަނގޫ ވާހަކައެއްކަން އާރިފް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަދާލަތު

    މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ނުދިނުމަކީ، ގިނަބަޔަކު މި މުޞީބާތު ގައި ޖެއްސުމަށް ހުޅުވައިލެވޭ ދޮރެއް. ސަރުކާރުން މިހާރު ކުރިޔަށް އެ ގެންދަވަނީ އެއްމެ ރަނ ގަޅަށް.

    6
    11
  2. ޙޭލާ

    ސަރުކާރުން ދެއްތޯ ދެދަޅައަށް ތި މައުލޫމާތު ހިއްސާކުރައްވަނީ ، އަދި އަރާކޮންމެ ގަޑިޔަކު ފޮނިކަނޑަ އެޅިފައިވާ ފިޔަވަޅުތަކުގެ މޮޅުވާހަކަ ދައްކަނީ ، ރައްޔިތުން ވަރަށް އިތުބާރު ކޮށްގެން ތިއްބާ ތިބެގެން ފާޅުގައި ދޮގުހަދަންފެށީ ، އަދިވެސް ކޮންމެސް ދޮގުތަކެއް ހެދޭތޯ ތިބަަލަނީ ،

    12
    2
  3. ބޭކާރު

    ނޫން ބުނަން ޖެހޭނެ އެންމެންނަކީ ނޫސް ބަލާ ނެޓަށް ވަދެވޭ ބައެއްނޫން ގިނަމީހުން މައުލޫމާތު ހޯދަނީ ޓީވީން ތިޔަމީހާގާތު ނަސީދު ބުނީ ކީކޭ ޓެލެތޯން ނުވަތަ 24 ގަޑީގަ ކޮވިޑް 19 ކިޔަސް ކިޔަންވާނެ ބަލަގަ މިގައުމަށް ބަލި އެތެރެ ނުވެގެން ދެރަވެގެން އުޅުނު މީހާ އެެްއްޗެއް ބުނީތަ؟
    އެއާޕޯޓް ގަސްކްރީން ކުރަނީ އުޅެނިކޮށް ފުރަގަހުން ނައްޓާލާފަ އައީ ކޮވިޑް19 ހިފައިގެން

  4. ކޮއްކޮ

    ޑޮކްޓަރ އެ ފާހަގަކުރެއްވީ ވަރަށް މުހިއްމުކަމެކެވެ. މީޑިޔާއިން މައުލޫމާތު ގެނެސްދިނުމުގައި ބައެއް ހާލަތުގައި ބައެއް ކަންކަމުގެ ހާމަކަން މާބޮޑުވުމަކީ މުޖުތަމައުގެ ބަޔަކަށް ނޭދެވޭ އަސަރެއް ވަރަށް ބޮޑަށް ކޮށްފާނެ ކަމެކެވެ.

    6
    6
  5. ކޮތަރު

    ޑރ. ޢާރިފަށް ވަރަށްވެދުން. އޭރުންތާ ރައްޔިތުން ވާނުވާ ނޭނގި އިތުރު ހާސްކަމެއްގަ ތިބޭނީ. އަހަރުމެން ކުޑައިރު ވެރިކަމުގަ ހުރި މީހަކުވެސްބުނި ނަރަކައިގެ ވާހަކަ ކުޑަކުދިންނަށް ކިޔައިނުދޭށޭ. ނަފްސާނީ އަސަރުތަކެއް ކޮށްފާނޭ. އެވާހަކައާ ތިޔަ ބުނި އެއްޗަކާ އެއްވެސް ތަފާތެއްނެތް.

    7
    4
  6. ދިވެހިން

    ޑރ.އަފީފްއަށް ވަރަށްސަލާމް

  7. ރާއްޖެތެރޭ މީހާ

    ޑރ.އަފީފް ދިވެހިން ދަސްކުރަންއެބަޖެހޭ. ޑަކުޓަރީކަން ކިޔެވިއަކަސް ދިވެހިންނަކާ ޑީލްކުރާކަނޭގޭނެ.