ށ. ނަރުދޫން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ.

މިއާއި އެކު އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. އެހެންކަމުން މާލެ ފިޔަވާ އެންމެ ގިނަބަޔަކު ފައްސިވި ރަށަކަށް އެ ރަށް މިހާރު ވަނީ ވެފައެވެ.

އެރަށުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އަމާޒު ބޯޓުގެ ކައްޕިއެވެ. "ވަގުތު" އަށް އެނގިފައިވާގޮތުން ފަހުން ފައްސިވި ތިން މީހުންގެ ތެރޭގައި ހިމެނެނީ ކައްޕިގެ އަންހެނުންނާއި، އޭނާގެ ދެ ދަރިންނެވެ.

އަދި އެގޭގައި ދިރިއުޅޭ އިތުރު މީހުންގެ ސާމްޕަލް ނެގި ނަމަވެސް އެމީހުންގެ ސާމްޕަލްތައް ނަތީޖާ ވަނީ ނައްސި (ނެގެޓިވް) ވެފައެވެ.

އެރަށުން މިހާތަނަށް 22 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނެއެވެ.

މި މައުލޫމާތު އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ނުކުރެ އެވެ. ނަމަވެސް މިއަދު އާއްމު ކުރި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި މި މީހުން ހިމެނޭ ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 245 މީހެކެވެ. މީގެ ތެރެއިން 18 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކާފަރ

  އެހެންވެގެން އެބުނަނީ ގައިދުރުވާށޭ. ބޭރަށް ނުދާށޭ. މީހުންނާ ބައްދަލު ނުކުރާށޭ. ގާތްވާ ކޮންމެ މީހަކަށް ވާސިލްއެބަވެއޭ.

  19
  • ކާފަރ 2

   ބަލައޭނަ އާދެސްކުރި ސާމްޕަލް ނަގަން.. 7 ދުވަސް ފަހުން ނެގުނީ އެޗް.ޕީ.އޭ އަށް.. އެެއްގޭގަ އުޅޭ އިރު ވެދާނެ..މިއީ މުލިއާގެއެއްނޫން

 2. މަގޭ

  މާބަނޑުކުއްޖާ ސާމްޕަލް ނެގިފަހުން މިއީ 3 ވަނަ ދުވަސް.. އޭގެ ފަހުން އެކުއްޖާ ޕޮސިޓިވްވެފަވެސް ހުރެދާނެ? އިއްޔެ ރޭ ނެގި ސާމްޕަލްގެ ނަތީޖާ ލިބުނު އިރު އެކުއްޖާގެ ނުލިބޭ.. މިއީ އެޗް.ޕީ. އޭ ތައްޔާރުވެފަ އޮތްވަރު ދޯ...

  19
  2
 3. ????

  شفاك الله?????♥️

  15
  1
 4. ހ.ކުޑަހުވަދޫ

  ކިހިނެއްތޯ ބޯޓް ކައްޕިއަށް ޖެހުނީ... ބޯޓް ކައްޕިއެއީ ކުލަސްޓަރ އެއްތޯ ނުވަތަ ޕްރައިމެރީ ކޮންޓެކްޓެއްތޯ... އެނގޭ މިހަކު މިކަން ސާފުކޮއްލަދީބަލަ... ބަލި ޖެހިފައިވާ އެންމެންނަށް އަވަސްސިފާއެއް އެދެން... އާންމީން.