ރާއްޖެއިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 249 އަށް އަރާފައެވެ.

ކޮވިޑް-19 އަށް ފައްސިވި ހަތަރު މީހުންނާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. އެހެންކަމުން އެމީހުންގެ އުމުރެއް އަދި ނިސްބަތްވާ ގައުމެއް ވެސް އަދި ނޭނގެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ފެނިފައިވާ 21 ކޭސް ވެސް ގުޅިފައިވަނީ އެހެން ކްލަސްޓާތަކާ ކަމަށެވެ. އާ އެއްވެސް ކްލަސްޓާއެއް މިއަދު ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުކަން ޑރ.އަފްޒަލް ފާހަގަ ކުރެއްވެވިއެވެ.

"މިއަދު ފެނުނީ ތަފާތު ކްލަސްޓާތަކާ ގުޅިފައިވާ ކޭސްތަކެއް. އެހެންވީމަ އާ ކޮންޓެކްޓުންތަކެއް ނުފެނޭ. މިހާތަނަށް 144 ކޭސްއަކީ އުމުރުން 12 އަހަރާއި 40 އަހަރާ ދެމެދު. އުމުރުން ދުވަސްވީ އެންމެ ދެ މީހުން. 12 އަހަރުން ދަށަށް ބެލިޔަސް، 33 ކުދިން." ޑރ.އަފްޒަލް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ބިދޭސީން ދިރިއުޅޭ ތަންތަނުން ރެންޑަމްކޮށް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. "ބިދޭސީން އުޅޭ ތަންތަނުގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައިވާ ތަންތަނުން މިހާރު ވެސް ރެންޑަމްކޮށް ސާމްޕަލް އެބަ ނަގަމުން ގެންދަން. މިއަދުގެ ކޭސްތަކާ ގުޅިގެން ވެސް އެކަން އެގޮތަށް ކުރަމުން ގެންދަން." މަބްރޫކް ވިދާޅުވިއެވެ.

މާލެ އިން އޭޕްރީލް 15 ވަނަ ދުވަހު ކޮވިޑް-19 ފެނުނު ފަހުން ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު