ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ދަނިކޮށް ގދ. ތިނަދީ އިން ހައްޔަރުކުރި ރުސްތުމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެކަމާއި ގުޅިގެން "ވަގުތު" އިން ފުލުހުންގެ މީޑިއާ އޮފިޝަލަކަށް ސުވާލު ކުރުމުން ވިދާޅުވީ ދީނަށް ފުރައްސާރަ ކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކާކުމެއް އޮފިޝަލް ހާމައެއް ނުކުރެއެވެ. "ވަގުތު"އަށް އެނގިފައިވާ ގޮތުގައި އެމީހައަކީ ރުސްތަމްއެވެ.

ރުސްތުމް އެންމެ ފުރަތަމަ ހައްޔަރު ކުރީ، ދީނާ ދެކޮޅު އެއްވުމެއް ތިނަދޫގައި ބާއްވައި އަދި ޒުވާނުންނަށް ދީނާ ދެކޮޅު ވާހަކަތައް ކިޔައިދޭނެ ކަމަށާއި، ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށް ބުނެ ކުރި ޓްވީޓަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ މިދިޔަ މާޗު މަހުގެ ތެރޭގައި އޭނާ ދޫކޮށްލަން ތިނަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ދޫކޮށްލުމާއެކު އަނެއްކާވެސް ރުސްތުމް ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ޓުވީޓުކުރަން ފަށައިފައެވެ.

ރުސްތަމް ދޫކޮށްލި މައްސަލާގައި ސަރުކާރަށާއި ޕީޖީއަށް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެކަމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމް ޓްވީޓެއްވެސް ކުރެއްވިއެވެ. ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެކުރިން ވެސް ދީނަށް ފުރައްސާރަވާގޮތަށް ކަންކުރި މީހުންނަށް ދައުވާކޮށްފައިވާ ކަމަށާއި، ދެން ވެސް ކުރާނެ ކަމަށެވެ. އަދި ހަގީގަތް ނުބަލާ ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ދެރަކަމެއް ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރުސްތުމް

    އޭނަ މަރަންތަ ދެން ހުކުން ކުރާނީ؟

    1
    1
  2. Anonymous

    ޝަމީމަކީ ރުސްތުމް މެން ފަދަ މީހެއް. ޢެމްޑީއެން ތެރޭގައި އުޅުނު މީހުން މިލާދީނީ ސަރުކާރު ތެރޭގައި އުޅެނީ.

  3. Anonymous

    ރުސްތަމް އަށް އެކަނިތަ ދަޢުވާކުރަނީ،؟؟ ކޮބައިތަ މިސަރުކާރާއި ގުޅިގެންތިބެ އިސްލާމްދީނަށް ފުރައްސާރަކުރި އެމްޑީއެމްގެ ބައިގަނޑު، ޝަމީމުގެ އަނބި ޝަހިންދާ ވީމަތަ އެ ލާދީނީ ބައިގަނޑު މިލިސްޓަށް ނައަރުވަންވީ؟؟،ބޭއިންސާފު ނައްތާލާފަ އަދުލުއިންސާފު ގާއިމިކުރަން އައިސަރުކާރުގެ ފެންވަރަކީ މިއީތަ؟؟ ސަރުކާރުން ފާޅުގާ ހިންގިޖަރީމާއެއް އެލާދީނީ ގުރޫޕު ގައުމުން ބޭރުކޮށް ފުރުވާފައި އެތިބީ،

    6
    1