ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނި އިގްތިސާދީ ގޮތުން ލިބެމުންދާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދޭން ނިންމި 28.9 މިލިއަން ޑޮލަރު ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އައިއެމްއެފުން ރާއްޖެއަށް ދިން 28.9 މިލިއަން ޑޮލަރަކީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މާލި ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ރެޕިޑް ކްރެޑިޓް ފެސިލިޓީއެކެވެ.
ރާއްޖޭގެ އިގްތިސާދު ރަނގަޅުކޮށް، ފަތުރުވެރިކަން ނަގާ ކޮޅަށް ޖެހުމަށް އިތުރު ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް އައިއެމްއެފް އިން ބުންޏެވެ.
އެމްއެމްއޭ އިން މިއަދު ބުނީ، އައިއެމްއެފުން ރާއްޖޭން ދޭން ނިންމި 28.9 މިލިއަން އެމެރިކާ ޑޮލަރު މިހާރު އެމްއެމްއޭ އަށް ލިބިފައިވާ ކަމަށެވެ.
އަދި މި ކަންތައްތަކުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އިމްޕޯޓް ކުރުމަށާއި، ކޮވިޑް-19 އާއި ގުޅިގެން ސިއްހީދާއިރާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރު ފައިސާ އެމްއެމްއޭއިން ފޯރުކޮށް ދިނުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގައި އެމްއެމްއޭއިން ވާނީ ކުރިންވެސް ވަނީ ބުނެފައެވެ.
މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ނުވަތަ ގްރޮސް އިންޓަނޭޝަނަލް ރިޒާވް ހުރީ 741.4 މިލިއަން ޔޫއެސް ޑޮލަރުގައެވެ. އެހެންނަމަވެސް މިމަހުގެ 27 ގެ ނިޔަލަށް ރަސްމީ ރިޒާވް އަކީ 882.6 މިލިއަން ޔޫއެސް ޑޮލަރެވެ.
ކޮވިޑް-19 ގެ ސަބަބުން، ރާއްޖޭގެ އަދި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތައް މި އޮތޯރިޓީން މިދަނީ ވަރަށް ގާތުން ބަލަމުންނެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ވާހަކަ ދެންނެވީމެވެ.
ކާކުގެ ޖީބަކަށްބާ މިލާރި ވަންނާނީ؟ މަހުޖަނު ބޯއިސް ކޮބާ؟ ޖީބަށް ލާރި އަޅާ ޓައިމް އައިސް މިއޮއް ޖެހުނީ.
﴿279﴾ فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ
ފަހެ، ތިޔަބައިމީހުން (ނަށް أمر ވެވިގެންވާ ގޮތަށް) عمل ނުކޮށްފިނަމަ، اللَّه އާއި، އެކަލާނގެ رسول އާގެ حضرة ން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން يقين ކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (رِبا ދޫކޮށް) އެނބުރި رجوع ވެ توبة ވެއްޖެނަމަ ތިޔަބައިމީހުންގެ رأس المال ތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ.
އަލް ބަޤަރާ ސޫރަތުގެ 279
ތިޔާއީ ދަރަނި ދަންތުރަ އަކަށް ނުވެ ނުދާނެ
ތެންކްސް އައިއެމްއެފް.
ޔާމިނު އޮތީ ޖަލުގަ.. އެހެންވެ ވައްކަމެއް ނުހިނގާނެ.. ދެން ބަލަން ތިބެމާ މިފަހަރު ވާނެޭގޮތް
މިފައިސާ ޖަމާކުރިކަން ރައްޔިތުންނަށް އެންގިފަދައިން ފައިސާ ޚަރަދުކުރެވޭގޮތް ވެސް ރައްޔިތުން ނަށް އެގިގެން ދާންވާނެ! މިހާރުވެސް އަޑުމިއިވެނީ ފިނޭންސް މިނިސްޓަރ ފައިސާތަކެއް މިލިއަނުން ބޭނުންކުރާވާހަކަ! އަދި ޢާމްދަނީއާއި ނުބައްދަލު ރޯހައުސްތައް ހުރި ވާހަކަޔަކާއި އަދި އިތުރުން ހުވަދު އަތޮޅުގައި ނެތްވަރުގެ ބިޔަދޯންޏެއް ބަންނަމުން ދާވާހަކައެއް. އެހެންނަމަވެސް މެދަށް ވިހާދަރިންނާއި ކޮންމެވެސް މީހަކު ޙަވާލުވާހެން ބަންނަމުންދާ ބިޔަދޯންޏާއި ގަނެފައިވާ ރޯހައުސް ހުރީ ބޭބޭފުޅެއްގެ ނަންމަތީގައި. އެބޭބޭފުޅުވެދާނެ މަހަކު މިލިއަނުން ރިވެނިއުކުރާ މީހަކަށްވެސް. ހުރިހާކޮޅެއް އޮންނާނީ ކިތާބީ ހެކިން ފެންނަން. އެހާވެސް ރޭވުންތެރި ކަން އޮންނާނެ! ޝުކުރިއްޔާ
ޑޮލަރުފަށެއް އެބަ ހޯދާ ދޯ? އެކަމު ވާކަމެއް ހަރާން?
ސުނާމީ އެހީގެ ލާރިގަނޑު ހެދިހެން ކާލާނީއެއްނޫން. އިންސާފުއެއީ މިރާއްޖޭގައި އޮންނަ އެއްޗަކަށް ނުވިޔަސް، ޤީޔާމަތް ދުވަހުގެ އިންސާފުވެރިކަން ވަރަށް ފުރިހަމަވާނެ. ވިސްނާތި ކޮންމެ ބަޔަކަށްވިޔަސް، އެދުވަހުން މަގޭ ހިއްސާ ހޯދާނަން.