ށ. ނަރުދޫން، އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 7 އަށް އަރައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން، މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ އަމާޒު ބޯޓުގެ ކައްޕިގެ އަނބިމީހާ އާއި އެ ދެމަފިރިންގެ ތިން ދަރިންގެ އިތުރުން، ބޯޓުގެ ވެރިފަރާތުގެ އާއިލާ ދެ މީހެކެވެ. މި ދެ މީހުން ދިރިއުޅެމުން ދަނީވެސް ދެ ގެއެއްގައި ކަން ވަނީ އެނގިފައެވެ.

ނަރުދޫ "އަމާޒު" ބޯޓުގެ ކައްޕި، ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެޗްޕީއޭއީން އިޢުލާންކުރީ، މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ބޭއްވި، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޑރ. އިބްރާޙިމް އަފްޒަލެވެ.

98 މީހުންނާއި އެކު، ނ.ހޮޅުދުއާއި، ށ.އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރު ކުރި މި ބޯޓު، މާލެއިން ފުރާފައިވަނީ، މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެއީ ފުރަތަމަ ފަހަރަށް، މާލެއިން ކޮވިޑް-19 ފެނުނު ދުވަސް ކަމަށްވެސް، ޑރ އަފްޒަލް ވިދާޅުވިއެވެ.

"މި ބޯޓު، ނ. މާފަރު، ހެނބަދޫ، ކެނދިކުޅުދޫ، ހޮޅުދޫ އަދި ށ. ނަރުދޫ، ފުނަދޫ އަދި ފީވަކުގެ އިތުރުން ހއ. އުތީމާއި ދިއްދު އަށް ވެސް ދިޔަ. މިއީ ވަރަށް ބޮޑު ކްލަސްޓާ އަކަށް ވުން އެކަށީގެންވޭ. އެހެންވެ މީގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން އެބަ ދޭ. އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފަސް މީހަކު ވަނީ އަލާމާތްތައް ފެނިފައި." މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޑރ.އަފްޒަލް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން، "އަމާޒު" ބޯޓުން މީހުން ދަތުރުކޮށްފައިވާ ރަށްރަށަށް އަރައި ފޭބުން މަނާކޮށް މިހާރު ވަނީ އެރަށްރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އެބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް އެޗްޕީއޭ އަށް ކޮންޓެކްޓް ޓްރޭސް ނުކުރެވިވާ މީހުން އެކަން އެޗްޕީއޭ އަށް ވީ އެންމެ އަވަހަކަށް އެންގުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާޞްކޮށްފައެވެ.

"އަމާޒު" ބޯޓުގެ މި ދަތުރާއި ގުޅިގެން، ނަރުދޫން އެކަނިވެސް 22 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. މީގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނެއެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ 15:00 އެހާއިރު މާލެއިން ފުރި މި ބޯޓުން، ށ.މިލަންދުއަަށްވެސް 5 މީހަކު ދަތުރުކޮށްފައިވެއެވެ. މި މީހުންގެ ސާމްޕަލްތައް ނަގާފައިވާއިރު ނަތީޖާ ލިބިފައިވާ ސާމްޕަލްތަކުގެ ތެރެއިން އެކަކު މި ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މިއާއި އެކު މާލެ ފިޔަވާ ކޮވިޑް-19 އަށް މީހުން ފައްސިވި ރަށްތަކުގެ އަދަދު ހަތަރަކަށް އެރީއެވެ. އެއީ ހއ.އުލިގަމު، ކ.ތުލުސްދޫ، ށ.ނަރުދޫ އަދި ށ.މިލަންދޫއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އައިއިރު، މުޅި ރާއްޖެއިން 245 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ 94 ދިވެހިންނާއި، 151 ބިދޭސީންނެވެ. އަދި 18 މީހަކު ވަނީ މި ބަލިން ރަނގަޅުވެސް ވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އައިމީ

    ްައަވަސް ޝިފާއެއް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި.. އަޅުގަނޑުމެން ހުރިހާ ދިވެހިންގެ ހެޔޮ ދުޢާވަނީ ޢާއިލާއާއެކު

    110
  2. ??

    شفاك الله??? ޔާﷲ މިހާރު ފެތުރެމުން މިދާ ކޮވިޑް-19 އިން މުޅި ރާއްޖެއާއި ދުނިޔޭގެ އެންމެން ސަލާމަތް ކުރައްވާށި????
    حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ???

    100
    1
    • ?

      އާމީން

      52
      • އެންމެނެއް ނޫން

        މާތް ﷲ އެންގުންތަކަށް ބޯލަނބާ ކިޔަމަންތެރިވި އަޅުން ކޮވިޑް19 ސަލާމަތް ކޮށް ދެއްވާށި..ދުނިޔޭގެ އެންމެ ނެއްނޫން..މުސްލިމުންނަށް ޖަރީމާ ހިންގާ އެމަރިކާ އިސްރާއީލު އަދި އެނޫންވެސް ހަރުކަށި ގައުމުތަކުގައި ގަދަފަދަ ޔަށް ފެތުރި މަރުވެދަންޏާ ރަނގަޅީ

  3. ސަމާ މާލެ

    ކީހާ ދެރެ ބަލި ހިފައިގެން ގޮސް މުޅި އާއިލާއަށް ތި ޖެއްސީ.

    8
    83
    • ނަސޭޙަތް

      ނޭނގޭ ވާހަކަ ނުދެއްކުން އެދެން. ތިފަދަ ވާހަކަ ތަކުން ހާދަ އަސަރެއް ކުރާނެޔޭ. އެއްވެސް މީހަކު ގަސްދުގަ ބަލި ހިފައިން ނާންނާނެ.

      125
      4
      • ރާކަނި

        ޙަޤީޤަތަކީ މިއީ އެވެ. އެކަމަކު ކަންވަނީ އެހެންނެއް ނޫނެެވެ. އަސަރުކުރަނީ ތިމާގެ ދަރިންނަށް ބަލިޖެހޭ ހިސާބުންނެވެ. މިކަން މިހެންވުމުގައި ރައްޔިތުންގެ މަޖިލިސް ބޮޑު ދައުރެއް އަދާކުރިއެވެ. އެމީހުން މީސްތަކުންނަށް ވިސްނައިދެމުން ދިޔައީ މިއީ އާދައިގެ ރޯގާއެއްކަމެވެ. ރައްޔިތުން ވިސްނުންދިޔައީ އެމަގުންނެވެ. ހޭވެރިކަން މިވަނީ އަބިދަރިންނަށް ބަލިޖެހުމުންނެވެ.

      • ރުޅިއައިސާ

        އަސަރު ކުރާނީ ވާހަކަ ދެއްކީމަ! އުޅެވުނު ގޮތެއް ނޭނގުނެއްނު! ކަނޑައެޅިގެން މާލެއިން މީހަކުފެނުނީމާ ނުފުރަން ބުއްދި ހުރިކޮންމެ މީހަކަށްމެ އެނގޭނެ! އެއްގަނޑުންތޯ ދީނީކަންކަމަށް ތަބާވަނީ! އަސްލު ކުރިކަމަކީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ފައިދާނަގާ ފުރީ، އެކަމަކު ފުރީ ބަލިހިފައިގެން! ކަން އޮތްގޮތަކީ މިއީ! ކިތަންމެ ރުޅިއެއްއަޔަސް!

  4. އަލީއިމްރާނ

    މިބޯޓްފަހަރުގައެއް ނޯންނާނެ ގައި ދުރުކުރެވޭކައް ފުޅާމިނުގައި ކިރިޔާ ފޫޓެއް ހަމަވާ ވަރުގެ ގޮދަޑިއެއް ކޮންމެ މީހަކައް ދެނީ އަތުރާފަ ހުންނާނީ ގޮދަޑިޔަކާ ޖެހި ގޮދަޑިއެއް ދެންވިސްނާ ވަޑައިގަންނަވާ ކިހާވަރަކައް ތިޔަ ވިދާޅުވާ ކުލަސްޓާ އަކައްވާނެތޯ މީއެއްވެސް ފަރާތަކުން ބައްލަވާކަމެއްނޫން 98 އަށް މީހުން ތިބޭނެގޮއް އިހުސާސް ކުރައްވާ މީގެން ދަތުރުކުރިމީހުންވެސް އަމިއްލަ ނަފްސައްވެސް ނުވިސްނާ ދަތުރުކުރަން އަރާއިރުވެސް އެގޭނެ ނޫންތޯ ގައިދުރުކޮއް ނުތިބެވޭނެކަން މިކަމުގަ ކައްޕީގެ އިހްމާލް ވަރައްބޮޑު މިހާ ގާއްގާތުގަ މީހުން ބޭތިއްބުން މިވަރައް ގޮވާއިރުވެސް

    32
    9
  5. އެމަންޖެ

    ލޮކްޑައުން އިއުލާންކޮއްފަ އޮއްވަ ފުރައިގެންދެވުނީ ސަރުކާރުން ހުއްދަދެވިގެން...؟؟

    36
    12
    • ޒިމްޒިމް

      މާލެއިން ބައްުޔަށް މީހަކު ޝައްކުވާ ހިސާބުން މާލެ ބަންދުކުރެވެންވާނެ ނަތީޖާ ލިބެންދެން.. ޕޮޒިޓިވްކޭސް އިއުލާންކުރަންވާނީ ވެސް މާލެ ފުރަބަންދުކޮއްފަ..

      10
  6. މަންމަ

    ލޮކުޑައުން އިއުލާން ކުރީ އެދުވަހު 3.30 ގައި.. ރަންގަޅައް މައުލޫމާތު ލިބިގެން ވާހަކަ ދައްކަބަލަ...

  7. ޞޮނިބެ

    ލޮކުޑައުން ކޮށްފަ އޮތަސް އެމީހުން ފުރުމުގެ ހުށްދަދޭންޖެހޭތީ ދިނީބަލައެމީހުނަކަށްވެސް ނޭންގެ ބަލިޖެހިފަ މީހަކު ހުރިކަމެށް އެނގޭނަމަ ނުފުރާނެ ފުރިޔަކު ނުވެސްދޭނެ އެކަކުވެސް ބޭނުމެއްނުވާނެ ބަލިފަތުރާކަށް

  8. ނާބެ

    ްައަވަސް ޝިފާއެއް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި.. އަޅުގަނޑުމެން ހުރިހާ ދިވެހިންގެ ހެޔޮ ދުޢާވަނީ ޢާއިލާއާއެކު.

    20
  9. އަލިކާ

    އެއްވެސް މީހަކާދިމަލަށް ބަދުބަސްނުބުނުމަށާއި އެއްވެސް މީހަކު ކަނޑައެޅިގެން ހުރެ އެމީހެއްގެ ލޯބިވާ އާއިލާއަށް ބަލި ނުޖައްސާނެނެކަމަށާއި އަދި ބަލި ޖެހެންބޭނުންވެސް ނުވާނެއެވެ.

    10