ޤާނޫނު އަސާސީ އާއި ޚިލާފުވިކަން ކަނޑައެޅުމުގެ ބާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް ލިބިގެން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.

ޝަރީފް މިގޮތަށް ވިދާޅުވެފައި ވަނީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު ޢަހްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުالله އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލަށް ޖަވާބު ފޮނުއްވާފައިނުވާތީ މިނިސްޓަރ އަމީން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި މަޖިލީހުގެ ޤަވާއިދާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން ދާދިދެންމެއަކު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެއްވެސް މިނިސްޓަރަކު ޤާނޫނު އަސާސީ އާއި ޚިލާފުވިކަމަށް ކަނޑައެޅުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށާއި، އެއީ މަޖިލީހުގެ އިދާރާއަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

އަދި މިނިސްޓަރ އަމީނަށް، މެމްބަރު ހައިތަމް ފޮނުއްވި ސުވާލުތަކަށް މިނިސްޓަރ މިއަދު ޖަވާބު ދެއްވާފައިވާ ކަމަށާއި، "ބައެއް ބޭބޭފުޅުން ވިދާޅުވާގޮތަށް މަޤާމުން ދުރުކުރަން ޖެހޭ ސަބަބެއް އޮތްކަމަށް ޤާބޫލު ނުކުރާ" ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާ ޚިލާފުވެވަޑައިގެންފައިވާ ކަން ހާމަކޮށްފައި ވަނީ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، "ސުވާލު ނޯޓިސް އަށް ޖަވާބުދެއްވުމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން އަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 74 ވަނަ މާއްދާގެ ދަށުން އެރުވުނު 14 ދުވަހުގެ ނޯޓިހުގެ މުއްދަތު 27 އޭޕްރިލް 2020 ގެ ނިޔަލަށް ހަމަވެ، ޖަވާބުދެއްވުމަށް މިއަދު 14:00 ގެ ނިޔަލަށް އެމަނިކުފާނަށް އެރުވިފައިވާ މުއްދަތު ހަމަވިއިރުވެސް ޖަވާބު ފޮނުވާފައި ނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާ މިނިސްޓަރ އޮފް ހެލްތު، އަބްދުﷲ އަމީން ޚިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކިވަޑައިގަންނަވާ" ކަމަށެވެ.

މިނިސްޓަރ އަމީންގެ އަރިހުން ޖަވާބު ހޯއްދެއްވުމަށް މެމްބަރު ހައިތަމް ވަނީ ދިހަ ސުވާލެއް ފޮނުއްވާފައެވެ. އެ ސުވާލުތައް ފޮނުއްވާފައި ވަނީ، ކޮވިޑް-19 ފެތުރެމުންދާ މި ހާލަތުގައި އެކަށީގެންވާ ވަރަށް ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި، އެކަމުގެ އެންމެ ފަހުގެ ޚަބަރުތައް ސާފުކުރެއްވުމަށް އެދިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    ސާބަހޭ މަވޯޓާ

    100
    1
  2. ުޔޫސުފް

    ޤާނޫނާ އެއޮތީ ޚިލާފުވެފަ. ވަރަށްސާރް. އަވަހަ/ށް ބޭރުކުރޭ.

    12
    49
  3. އިންނު މުހައްމަދު

    މިނިސްޓަރ ރައްޔިތުންގެ ހައްގުގައި ހޭބޯނާރާ މަސައްކަތް ކުރާއިރު މަސައްކަތް ތަކަ ށް ނުފޫޒު ފޯރުވަނީ ނަޝީދު މޮޔަފުޅު ވީތޯ.؟ މި ނާޒުކު ދަޑިވަޅުގަ މަޖިލީހަ ށް މުހިއްމީ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުން ތޯ؟. ހެލްތު ގެ މަސައްކަތް ކުރާ މީހުންނާ މިދަޅިވަޅުގަ ޖައްސާލުމުގެ ބޭނުމަކީ ކޮބާ ތޯ.؟؟ މަޖިލީސް ގެ ސަބަބުން މި ވަބާ ފެތުރުނީ

    78
  4. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    އަވަހަށް މިވަބާ މިޤައުމަށް ގެނައި ސަރުކާރު އިސްތިއުފާ ދެއްވާށެވެ! ރައްޔިތުންނަށް އޮޅުވާލާ ސަރުކާރެކެވެ. ރައްޔިތުންގެ ޚަޒާނާ ލޫޓުވާލި ސަރުކާރެކެވެ. ރައްޔިތުންގެ ހަރުމުދާތައް ނުއަގުގައި ވިއްކާ ހުސްކޮށްލާ ސަރުކާރެކެވެ. ރައްޔިތުންގެ ޚަޒާނާގައި ހުރި ހުރިހާ ޑޮލަރެއް އިންޑިޔާގެ ރުޕީސް އަށް "ސްވޮޕް" ކޮށްލި ނާޤާބިލް ސަރުކާރެކެވެ. ރައްޔިތުންނޭވެ! ހޭއަރާށެވެ! ސަރުކާރު މިހާރު މިއޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ. އެންމެން ގުޅިގެން ކުރިހާ އާދޭސް މިސަރުކާރުން ބޮލާލާ ޖަހާލާ ޤައުމީ ދޮރޯށިތައް ބަންދު ނުކޮށް ޤަޞްދުގައި މިވައިރަސް ލަންޑަނުންނާއި ބޭރުޤައުމުތަކުން އެތެރެކުރީއެވެ. ނިކަމެތި ދިވެހިރައްޔިތުން މިތިބީ މަރަށް ތެޅެން ދޫކޮށްލާފައެވެ. ދިވެހިފަސްގަނޑު އިންޑިޔާއަށް ނުއަގުގައި ވިއްކާލަން ރާވާފައިވާ ރޭވުމުގެ ކޮޅުމަތި މިފެންނަނީއެވެ.

    44
  5. ޢިކުރާމު.

    ތިޔަކެރަފާ ނަޝީދަކީ ބޮޑުއާފާތެއް މިރާއްޖެޔައް ޖެހިފައޮތް

    91
  6. ޝާހް، ރ.ވާދޫ

    ގ. ކެނެރީގޭ މުހައްމަދު ނަޝީދަކީ އޭނަ ބޭނުންހާ އެއްޗެއް ކިޔަން ވަކި ފުރުސަތު ލިބެންޖެހޭ މީހެއްނޫން. އަދި ނަޝީދުވީމަ އޭނަޔާ ދެކޮޅަށް އެއްޗެއް ނުބުނެވެންވީ މީހެއްވެސްނޫން. އަދި ނަޝީދުވީމަ އޭނަޔަށް ސަނާކިޔަންޖެހޭވެސް މީހެއްނޫން. މޫނަށް ކަނދުރާއަށް ނުބަލާ މަވޯޓާ ބުނަންޖެހޭބަސް މިޔަދު ބިނެފި?

    90
    1
  7. ކުޑޫ

    2008
    ސުޕުރީމް ކޯޓަކީ ކާކުހޭ - މައުމޫނޭ
    އުއްތަމަ ފަނޑިޔާރަކީ ކާކުހޭ - މައުމޫނޭ
    ޕޮލިސް ކަމިޝަނަރ އަކީ ކާކުހޭ - މައުމޫނޭ
    ސިފައިންގެ ބޮޑު މީހަކީ ކާކުހޭ - މައުމޫނޭ

    2020

    ސުޕުރީމް ކޯޓަކީ ކާކުހޭ - ރއސ ނ
    އުއްތަމަ ފަނޑިޔާރަކީ ކާކުހޭ - ރ
    ޕޮލިސް ކަމިޝަނަރ އަކީ ކާކުހޭ - ރ
    ސިފައިންގެ ބޮޑު މީހަކީ ކާކުހޭ - ރ
    އެފް.އޭ.އެމް އަކީ ކާކުހޭ - ރ
    ފޮރިން މިނިސްޓަރަކީ ކާކުހޭ - ރ
    މަޖިލީހުގެ ރައީސް އަކީ ރ
    ރާއްޖޭގެ އެކވެރި ގައުމުތަކުގެ ސަފީރަކީ ރ (ޗައިނާ ފިޔަވާ)
    އިސްލާމިކު މިނިސްޓަރަކީ ރ
    ޓޫރިޒަމް މިނިސޓަރަކީ ރ
    އެމް.އެމް.އޭގެ ފައިސާ ގުދަން ހުޅުވަނީ ކާކުހޭ އެމަނިކުފާނޭ
    ކޮވިޑަކީ ކާކުހޭ ރ
    ހަނދު ސާބިތު ކުރެވެނީ ރ
    ފޮރިން ފޮލިސީ އަކީ ކާކުހޭ ރ

    53
    1
  8. މަސޯޓާ

    ދެފުއްކެހެރި!

    34
    3
  9. ބޭޗާރާ

    ހަނދާންވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވި. މަޖިލީހަށް ދޮގު މައުލޫމާތު ދޭ މީހުންގެ މައްސަލަ ބަލަން ޕޮލިހަށް ފޮނުވާނެކަމަށް. ޖިނާއީ ތަޙްގީގު ހިންގާނެ ކަމަށް. ޝަރީޢަތަށް ފޮނުވާނެކަމަށް. އިއްޒަތްތެރި ރައީސް ކުރެން އަހާލަން ބޭނުންވަނީ ކޮވިޑާގުޅިގެން މިތައް މިލިއަން ޚަރަދުކޮށްފިއޭ ވިދާޅުވެ މަނިކުފާނު އިތުރުފުޅެއް ހެއްދެވި ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބުރޫކު ހާމަކުރައްވައިފި. އަދި އެކި ކަންކަމަށް ދިޔަ ޚަރަދުވެސް ކިޔައިދީފި. މިހާބޮޑު ދޮގު މައުލޫމާތެއް ރައްޔިތުންނަށާއި މަޖިލީހަށް ދީފައި ހުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ މަނިކުފާނު ކުރިން ވިދާޅުވިގޮތް ފެންނަން އޮތްއިރު، މަނިކުފާނު އިތުރުފުޅު ހައްދަވާފައި ދެނަހުރި ކަމަށްވެސް ހަދާނުލައި ހުންނަވަނީތޯ؟ ޖިނާއީ ތަހްގީގެއް މަނިކުފާނުގެ މައްޗަށް ހިންގުމަށް މައްސަލަ ޕޮލިހަށް ނުފޮނުވާނަންތޯ؟ ޝަރީޢަތަށް ނުފޮނުވާނަންތޯ؟

    45
  10. މަބުރޫކު މުރާކި

    ސާބަހޭ ސްޕްރިމްކޯޓްގެ އިސްފަނޑިޔާރެއްނޫންތަ ނަސީދަނީ ލޮލް ދެތިކިޕީ ހަމަފައްކާ މާރެއް އެއީ

    40
  11. އިއްބެ

    ތަނެއް ދޮރެއް ނުދަންނަ ޖާހިލަކަށް ޙައްޤަކީ ކޮބައިކަމެއް ނޭގެނެއެވެ.އިސްލާމީ ޝަރީޢަތުގެ ކަންފުޅެއްވެސް ނެތްތާގައި ތިމަންމެންގެ އަތުން ކޮށާމަށާ ހަދައިފައިވާ ޤާނޫނުވެސް ނޭގެއެވެ.ވާނީވެސް އެހެންނެވެ. މަގުމަތީގައި ފަސާދަކުރަން އުޅެނިކޮށް އިށީންނާނެތަނެއް ލިބުނީމާ ވާނީވެސް އެހެންނެވެ.ޑޮމޮކްރަސީ ވަރަށް އެގޭކަމަށް ގޮތްދައްކައިގެން ބާރެއް ލިބުނީމާ ހުރިހާއެއް އަތުމުށަށް ލީމާ މިއެގެނީ ހުޅުނގުން ގެނައި ޑިމޮކުރަސީއަކީ ކަތުރު ފަނިކާފައިވާ އެއްޗެއްކަމެވެ.އަމީނަކީ ޖާހިލެއްނޫން މިޤައުމު ހެކިވާނެއެވެ.

    39
  12. ގެރިސޮރު

    އެއްކަމެއް ވަރަށް ސާފު! އާންމުކޮށް ދިވެހިންނަކީ ހަދާން ބަލިބަޔެއްކަމުގައިވިޔަސްވެސް، ފާއިތުވި 30 އަހަރު ހަމަ ތިލަވަ ކިޔަނީ، މައުމޫނުގެ ފަހު ދެއަހަރުން ފެށިގެން "ޑިމޮކްރަސީ" ރާއްޖެއަށް ބިސްއެޅީ، އެއިރުވެސް ގާނޫނާ ޚިލާފުވާހަކަ ދައްކަމުން ދިޔައީ، ދެން ވެރިކަމަށް އައީ ސީދާ "ޑިމޮކޮރަސީގެ އައްޕަ" އޭނަ ދުއްވައިގަތީ ޗާޓުން ބޭރުން، ގާނޫނަކީ އޭނަ ބޭނުންވީމަ ބޭނުން ގޮތަކަށް ކަންކުރަންވީ، ދެން ޔާމީނު، ހަމަ އެއްލަވައެއް ކިޔާ އަޑު އިވުނީ! މިހާރު މިއޮތީ އަނެއްކާ "ޑިމޮކޮރަސީ" އައިސްފަ، މުޅި އޮޑިގަ ހަސަނުގެ ދެފަޔޭ ބުނާގޮތަށް މަތިން ތިރިޔަށް މިއޮތީ ޑިމޮކްރަސީ! އެއްކަލަ ގާނޫނު އަސާސީ ހިމާޔަށް ކުރަން ނުކުށްބައިގަޑު! ދެންވެސް ކިޔަންވީ ހަމަ އެއްލަވައެއްތޯ! ގާނޫނު، ގާނޫނު، ޚިލާފު ޚިލާފު، އަންދާ ގާނޫނު!

    14
  13. ބޮޑުވަޒީރު

    އިލެކްޝަން ޝަރީފަށް އެއޮތީ ހިތްފުރޭ ވަރަށް ދީފަ، އިންޑިޔާ އެއޮތީ ހިތްހަމަޖެހިގެން މިގައުމު ހިންގާލަ ހިންގާލާ! 100މިލިޔަން ދީފަ 200 މިލިޔަން އަތުލާފަ! ބުއްޅަބ/ެ އާއި، ތުއްތުންބޭ ޖަލުން ބޭރުކޮށްފި، ދެން ބުއްޅަބޭ މިގައުމު ހިންގަންދެން އަތްޖަހާލަ ޖަހާލަ ތިބޭ!

    19
  14. ދުންތަރި

    ނޫން ނޫން ނޫން ސްޕްރީމްކޯޓަކަށް ނުވަތަ ޝަރުޢީ ދާއިރާއަކަށް އެއްވެސް ކަމެއް ނުނިންމޭނެ އެއްވެސް ކޯޓަކަށް ކަމެއްނުނިންމޭނޭ ހުރިހާކަމެއްވެސް ނިންމަންޖެހޭނީ މަޖިލީހޭ ކިޔާ ކެނެރީ ޕްރައިވެޓް ލިމިޓެޑުގެ އެމްޑީ ކެނެރީގޭ ނަޝީދަށް އަދި އެކުންފުނިން ކަނޑައަޅާފައިވާ ކޮމެޓީއޭކިޔާ ކޯޓަށް އެކޯޓުން ޙުކުމް ކުރީމާ ދެން އެކަން ބެލޭނެ އެއްވެސް ތަނެއް މި ދުނިޔެ މައްޗަކު ނޯންނާނޭ ކުންފުނީގެ ރައީސްއޭކިޔާ މީހަކު ހީވަނީ ދުނިޔެ ރަންވެގެން ތެޅި ބާލާހެން ނޭންގޭކަމެއް ނުދަންނަ ކަމެއްނެތް ޤާނޫނު މާނަކުރަނީވެސް އެ މަނިކުފާނު ނުވަތަ މަޖިލިސް ކޯޓުން ދުސްތޫރީ ނިންމުންތައްވެސް ނިންމަންޖެހެނީ އެމަނިކުފާނާ މަޖިލިސް ކޯޓުން ހައިކޯޓާ ސްޕްރީމް ކޮޓުން ނިންމަންޖެހޭ ހުރިހާކަމެއްވެސް ނިންމަންޖެހޭނީ އެކޯޓުން ކޯޓުތަކަކީ މިހާރު ރަމްޒީއެއްޗެއް ހުރިހާ ބާރެއް ކެނެރީ ޕްރައިވެޓު ލިމިޓެޑުގެ އެމްޑިގެ ބަނޑުދަށުގަ މި ޤައުމުގަ ރައީސަކު ހުންނަނީވެސް ރަމްޒީ މީހެއްގެ ގޮތުގަ ވެރިކަން ކުރަނީވެސް މި ކުންފުނިން މީ ރައްޔިތުން ނުވެގެން އުޅުނުކަމަކީ ކެނެރީ ޕްރައިވެޓް ލިމިޓެޑުގެ އެމްޑި ނޫސްބަޔާންނެރޭނެ ޙުކުމް ކުރާނެ ޙުކުމް ތަންފީޒުވެސްކުރާނެ ހުރިހާބާރެއް އޮތީ އެކުންފުނީގެ ބާރުގެ ދަށުގަ ވައަތުން ކުރެވޭކަންތައް ކަނާތައްވެސް ނޭނގޭނެ

    15
  15. ކޮރޯނާ

    ޞިއްޙީގޮތުން ޤައުމަށްދިމާވެފައިވާ މިފަދަ ބޮޑުނާޒުކުދަނޑިވަޅުގައި ޞިއްޙީ މާހިރުންނާއި މިނިސްޓަރުންނާއި ސަރުކާރުގެ އެހެނިހެން އިސްވެރިން އެއްވެސް އަރާމެއްނެތި އެހާމެބުރަކޮށް ކުރައްވަމުންމިދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެބޭފުޅުންނަށް ހިއްވަރުދިނުމުގެ ބަދަލުގައި މިފަދަބޮޑު ޤައުމީ ކާރިސާގައި ހިރުވާތަން ކަހާވެސްނުލާ ތިބި ބަޔަކު ނިކުމެ އެމަސައްކަތަށް ހުރަސްއެޅޭގޮތަށް މަސައްކަތްކުރަންފެށުމުން ދޭހަކޮށްދެނީ އެއީ ސަރުކާރާއިމެދު ރައްޔިތުން އޮތް އިތުބާރާއި ގެއްލުވާލައި އެއުޅެނީ ސަރުކާރާއިމެދު ބަޔަކު ހިތުތެރޭ ނަފްރަތު އުފައްދަން ކަމަށެވެ.
    މިފަހަރު އެމް ޑީ ޕީ ސަރުކާރާއި ދެކޮޅަށް އެމް ޑީ ޕީ އެތެރެއިން ނިކުމެ މިހިންގަން އުޅެނީ ބޮޑުޖަރީމާއަކާއި ހާދަވައްތަރެވެ.

    12
    1
  16. އަބްދޫ

    ނަސީދަކީ މިގައުމަށް ޖެހިފައިވާ ބަލާއެއް.ކޮވިޑް މިގައުމށްގެނެސް 20 ދުވަހުތެރޭ ވަލި ފެތުރޭނެޔޭބުނި ތަހުގީގު ނުކުރީ ކީއްވެ؟

    21
  17. ހުވަދު އަތޮޅުން: ދޮން އަޙައްމަދާގެ މުކުރިޔާ / ދޮން އަޙްމަދު އާބެ

    *** ކ. މާލޭ / ގަލޮޅު ކެނެރީގެ އަލްފާޟިލް މުޙައްމަދު ނަޝީދު އަކީ (މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް) ކަފާލާތުގެ އުޞޫލުގެ ދަށުން ދިވެހިރާއްޖޭގެ ޖަލުން ނެރިފައިހުރި ޤައިދީއެއްކަން ޝަރްޢީ ކޯޓުގެ ލިޔުމުން އެގޭކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. ދެން މިބޭފުޅާގެ ކުށުގެ ރިކޯޑް ސާފުކުރެވި ކެންޑިޑެންސީ ބާޠިލް ނުވެ މަޖިލީހަށް ވެންނެވީ ވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތައް މުގުރާފައިކަމީ ސާފުކޮށް ފެންނާން އޮތް ޙަޤީޤަތެކެވެ.

    *** ކ. މާލެ / ގަލޮޅު ކެނެރީގެ އަލްފާޟިލް މުޙައްމަދު ނަޝީދު އަކީ އަޑީގައި ހުރެގެން ނުސީދާ ގޮތުން މިސަރުކާރުގެ އަގު ވައްޓަވާލައްވާ ބޭފުޅެކެވެ. އަދި މިބޭފުޅާއަކީ ކަނޑައެޅިގެން މުޖުތަމަޢުގައި ބިރުވެރިކަމާއި ނާމާންކަން އުފައްދަން މަސައްކަތްކުރާ އިސްލާމްދީނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ފުރައްސާރަ ކުރައްވާ ހަޖޫޖައްސަވާ ބޭފުޅެކެވެ. އަބަދުވެސް މިބޭފުޅާގެ ބަހާއި ޢަމަލުން ސާބިތުވާނީ ރަނގަޅަށް ކަމުގެ މަޢުލޫމާތު ހޯއްދެވުމެއްނެތި މަޚްމަލުން މެޑަލް ޖައްސަވަން އުޅުއްވާ، ދެއިރު ދެދަޅައަށް ކޮންމެވެސް މީޑިޔާއެއްގެ ފަލަޞުރުޚީއަށް އެރުއްވޭތޯ ބެއްލެވުމެވެ.

    *** ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިޔަސް އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިޔަސް ތެދުބަހުން ވާހަކަ ދެއްކުން ލާޒިމް ކޮށްފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޚިލާފަށް އިހަކަށް ދުވަހަކު ކޮވިޑަށް މިތައް މިލިއަން ދިވެހިރުފިޔާ ޚަރަދުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވުމުން، އެބޭފުޅާ އެވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އާއި ކަނޑައެޅިގެން ޚިލާފްވެ ވަޑައިގެންފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ދޮގު މަޢުލޫމާތު ދޭ މީހުންގެ މައްސަލަ ތަޙްޤީޤުކޮށް ޝަރީޢަތަށް ފޮނުވަންވާނެ ކަމަށް އެބޭފުޅާ މީގެކުރިން ވިދާޅުވެފައި ވެސް ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ދޮގު މަޢުލޫމާތު ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރައްޔިތުންނަށް ދީފައި އެކަން ފުލުހުން ތަޙްގީޤު ނުކޮށް ޝަރީޢަތަށް ނުފޮނުވައި ބޭއްވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވިޔަސް ޢާއްމު ފަރުދަކަށްވިޔަސް ޤާނޫނުގެ ޙުކޫމަތު އެންމެންގެ މައްޗަށް ވެސް ހަމަހަމަވެގެންވެއެވެ.

    *** މިބޭފުޅާއަށް ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓްގައި ހިމެނޭ ކަންކަން ކުރުން ފިޔަވައި، ދިވެހި ދައުލަތުގެ އެއްވެސް މަޢުލޫމާތެއް ޙިއްޞާކުރަމުން ދިޔުމުގެ ނަތީޖާ އަކީ ދައުލަތް ނޭވާހޮޅިއަށް އެޅި ނުރައްކާތެރި ކޮވިޑް - 19 މިރާއްޖެއަށް އެތެރެކުރެވި، މިޙާލަތަށް ޤައުމު ވެއްޓި ނިކަމެތި ދިވެހިރައްޔިތުން މަރުގެ ތުންފަތްމަތީގައި ތިބެން ޖެހުމެވެ. ދިވެހިރާއްޖޭގެ ހުރިހާ މީޑިޔާތަކާއި ނޫސް މަޖައްލާތަކުގެ މެނޭޖުމެންޓުން ވެސް މިބޭފުޅާގެ ޚަބަރުތައް ނުގެނެސްދެއްވޭތޯ ބެއްލެވުން ރަނގަޅު ކަމަށް ފެނެއެވެ.

  18. ދިވެހިން

    ސާބަހޭ ޝަރީފް ބުރޯ. އިންތި ކަލޭ މަގޭބުރޯއާއި ނުބެހޭތި.