ޅ. ކުރެއްދޫ ރިސޯޓުން ނަގާފައިވާ ކޮވިޑް-19ގެ ސާމްޕަލްތަކުގެ ތެެރެއިން 74 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ އަދި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކުރެއްދޫއަކީ ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސް ފެނުނު ރިސޯޓެވެ.

އެ ރިސޯޓުން ކޮވިޑް-19 އަށް ފައްސިވީ 2 ފަތުރުވެރިންނާއި 3 މުވައްޒަފުންނެވެ. އޭގެ ތެރޭގައި ކުރެއްދޫގެ ޑޮކްޓަރު ހިމެނެއެވެ. މާރޗް މަހުގެ ކުރީކޮޅު އެރަށުން ބަލި ފެނުމާއި ގުޅިގެން އެރަށް 6 މާރޗްގައި ވަނީ ފުރަބަންދުކޮށްފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެރަށުގެ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނިންމާފައި ވަނީ އެރަށުގެ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޭ ބެލުމަށް ކަމަށެވެ. އަދި އެރަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ އެރަށުގެ އެންމެން ޓެސްޓް ކުރުމަށްފަހުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެގޮތުން އެރަށުގެ 649 ސާމްޕަލެއް ނަގާފައިވާ ކަަމަށާއި، އައިޖީއެމްއެޗްއިން 354 ސާމްޕަލެއް ޕްރޮސެސްކޮށްފައިވާއިރު، ފުލުހުންގެ ލެބޯޓްރީން 221 ސާމްޕަލެއް ޓެސްޓުކޮށްފައިވާ ކަަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާތަނަށް 74 ސާމަޕްލެއްގެ ނަތީޖާ ނުލިބި އެބަ ހުރި ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

"މި ނަތީޖާ ލިބުމާއެކީގައި ކުރެއްދޫ އާއްމު ހާލަތަށް ގެނެވި ކުރެއްދޫގައި ތިބި މުވައްޒަފުންނަށް ފުރައިގެން ދެވޭނެ ގޮތް މަގުފަހިވެގެން ދާނެ"މަބްރޫކް ވިދާޅުވިއެވެ.

ކުރެއްދޫގައި މަސައްކަތްކުރާ މުވައްޒަފުން އެ ރިސޯޓުން ނުފުރި ތިބޭތާ ދެ މަސް ވާން ކައިރި ވެފައިވައިރު، އެ މީހުން ކޮންމެ ދުވަހަކުވެސް ދަނީ ޝަކުވާތައް ކުރަމުންނެވެ. އެޗްޕީއޭ ބުނަމުން ދަނީ، އެ ރިސޯޓުން މީހުން ފޭބޭނީ އެންމެން ޓެސްޓު ކުރުމުން ކަަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 249 މީހުންނެވެ. އޭގެ ތެރެއިން 18 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

  ---- 250 މީހުންނަށް މިވައިރަސް ސަރުކާރުގެ ލާއިންސާނީ ޢަމަލުގެ ސަބަބުން މިވަނީ ޖައްސާފައެވެ. ސަރުކާރު އަތަށް ގޮވައި ދެއްތޯއެވެ؟ ބޯޑަރު ބަންދު ކުރަން ގޮވީމާ ޤައުމުގެ ވަލިއްޔުލް އަމްރު ދެއްވީ ބީރުކަންފަތެކެވެ. ދިވެހިން މަރަށް ތެޅެން ދޫކޮށްލެއްވީއެވެ. ވައިރަސް އަކީ އުދުހިފައި އައި ދޫންޏެއް މިތަނަށް ގެނެސް ވައްޓާލި އެއްޗެއްތޯއެވެ؟ މިހާރު ކިތަންމެ ވަރަކަށް "އިޖްތިމާޢީ ގައިދުރު" ގެ ޝިޢާރު ސޭލް އަޅުވަން އުޅުއްވިޔަސް އެޝިޢާރު ބަލައިގަންނަ ދިވެއްސެއް ނެތެވެ. ތިމާގެ ޒަރޫރީ ބޭނުމަށްޓަކާ ނުވަތަ ތިމާ ބަލަންޖެހިފައިވާ ބައެއްގެ މުހުތާދުތައް ފިލުވުމަށްޓަކައި ގެއިން ބޭރަށް ނިކުންނަން މަޖްބޫރެވެ.

  ---- މާލެއަށް ނޭވާ ލެވެނީވެސް އަތުގައި ފައިސާ ހުރެގެންނެވެ. ރައްޔިތުންގެ ބައިތުލްމާލުން މިއަހަރަށް ކަނޑައެޅި ބަޖެޓްވެސް 2020 އޭޕްރީލް މަސް ނިމުމުގެ ކުރިން ކަޅާކޮށްލައިފިއެވެ. އަނެއްކާވެސް އައު ނަމެއް ކިޔުއްވާފައި ދިވެހިރައްޔިތުން "ކޮވިޑް - 19 ނުވަތަ އެޖެންޑާ - 19" އިން މިންޖުވާނެކަމަށް ބުނާ 'ބަޖެޓެއް' ވެސް މަޖިލީހުގައި ތިބި އެމްޑީޕީ ލާދީނީ ގުންޑާއިން ފާސްކޮށްދީފިއެވެ. މިފަސްއަހަރުގެ ދައުރުގައި ރައްޔިތުންގެ ޚަޒާނާ ލޫޓުވާނެ ވަރަކަށް ލޫޓުވާ ލައްވާތަން މިތިބީ ދިވެހިރައްޔިތުން ނިކަން ރީތިކޮށް ބަލާށެވެ!

 2. އަހްމަދު

  މިދެންދެރަކަމެއްދޯ މިހާރުކިތައްދުވަސްވީ ތިޔައެއްޗެއްނެގިފަހުން އެކަމު ބޭނުންވެއްޖިއްޔާ އެކަކު ތިންހަތަރުފަހަރުވެސް ޓެސްޓުއެބަހެދޭ އެތަނުގަގަވެސް އެތިބީއިންސާނުންދޯ ތިޔަކަންމިހާރުނިމެއްވެއްޖެދޯ

 3. ކަމަނަ

  ހާދަ ދުވަހެކޭ ތިވަނީ...ތި ދުވަހަކުވެސް ލިބޭނެތަ...