ރާއްޖެ އިން ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެނިފައިވާތީ ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބާއި ގުޅިގެން ސަރުކާރުން އެކުލަވާލި ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

ކޮމެޓީން މި ބިލު ފާސްކުރިއިރު ބިލަށް ދެ މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި އެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ވެސް ބާއްވަން ޖެހޭނެ ކަމަށް ބުނެ ބިލަށް މާއްދާއެއް ވަނީ އިތުރުކޮށްފައެވެ.

ދެވަނަ އަށް ބިލަށް އިތުރު ކޮށްފައިވާ މާއްދާއަކީ ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅިގެން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއާއި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ އެޑްރެސް ބަޔާންކޮށްފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލުމަށް ރެޖިސްޓްރީ ކުރުމާއި ވޯޓު ފޮށީގެ އަދަދާއި ވޯޓު ފޮއްޓަށް ވޯޓުލާ މީހުންގެ އަދަދާއި ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަލުން ކުރަން ޖެހޭނެ ކަމަށް ބުނެ އިތުރުކުރި މާއްދާއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020،އަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްވެގެން ދާނެއެވެ. އެ އިންތިޚާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިޚާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން މި މަހުގެ 18ވަނަ ދުވަހު އެ އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ނިންމިއެވެ. އެހެންނަމަވެސް ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އިލެކްޝަނުން ވަނީ އެކަމާއި ގުޅިގެން އިންތިހާބު މުއްދަތެއް ނެތް ގޮތެއް ފަސް ކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެއަށްފަހު އެ މައްސަލަ ހައިކޯޓުން ނެގުމަށްފަހު ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެކަމަށް ހައްލެއް ގެނެސް ދެވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށް މަޖިލިސް ރައީސް ވިދާޅުވުމުން އެ މައްސަލަ ސުޕްރީމް ކޯޓުންވެސް އިލެކްޝަނުން ވަނީ ނަގާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ ގާނޫނުގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް މި މަހުގެ 13ވަނަ ދުވަހު ކަނޑައަޅާ އެކަން އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުވަދު އަތޮޅުން: ދޮން އަޙައްމަދާގެ މުކުރިޔާ / ދޮން އަޙްމަދު އާބެ

    *** ކ. މާލޭ / ގަލޮޅު ކެނެރީގެ އަލްފާޟިލް މުޙައްމަދު ނަޝީދު އަކީ (މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް) ކަފާލާތުގެ އުޞޫލުގެ ދަށުން ދިވެހިރާއްޖޭގެ ޖަލުން ނެރިފައިހުރި ޤައިދީއެއްކަން ޝަރްޢީ ކޯޓުގެ ލިޔުމުން އެގޭކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. ދެން މިބޭފުޅާގެ ކުށުގެ ރިކޯޑް ސާފުކުރެވި ކެންޑިޑެންސީ ބާޠިލް ނުވެ މަޖިލީހަށް ވެންނެވީ ވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތައް މުގުރާފައިކަމީ ސާފުކޮށް ފެންނާން އޮތް ޙަޤީޤަތެކެވެ.

    *** ކ. މާލެ / ގަލޮޅު ކެނެރީގެ އަލްފާޟިލް މުޙައްމަދު ނަޝީދު އަކީ އަޑީގައި ހުރެގެން ނުސީދާ ގޮތުން މިސަރުކާރުގެ އަގު ވައްޓަވާލައްވާ ބޭފުޅެކެވެ. އަދި މިބޭފުޅާއަކީ ކަނޑައެޅިގެން މުޖުތަމަޢުގައި ބިރުވެރިކަމާއި ނާމާންކަން އުފައްދަން މަސައްކަތްކުރާ އިސްލާމްދީނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ފުރައްސާރަ ކުރައްވާ ހަޖޫޖައްސަވާ ބޭފުޅެކެވެ. އަބަދުވެސް މިބޭފުޅާގެ ބަހާއި ޢަމަލުން ސާބިތުވާނީ ރަނގަޅަށް ކަމުގެ މަޢުލޫމާތު ހޯއްދެވުމެއްނެތި މަޚްމަލުން މެޑަލް ޖައްސަވަން އުޅުއްވާ، ދެއިރު ދެދަޅައަށް ކޮންމެވެސް މީޑިޔާއެއްގެ ފަލަޞުރުޚީއަށް އެރުއްވޭތޯ ބެއްލެވުމެވެ.

    *** ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިޔަސް އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިޔަސް ތެދުބަހުން ވާހަކަ ދެއްކުން ލާޒިމް ކޮށްފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޚިލާފަށް އިހަކަށް ދުވަހަކު ކޮވިޑަށް މިތައް މިލިއަން ދިވެހިރުފިޔާ ޚަރަދުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވުމުން، އެބޭފުޅާ އެވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އާއި ކަނޑައެޅިގެން ޚިލާފްވެ ވަޑައިގެންފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ދޮގު މަޢުލޫމާތު ދޭ މީހުންގެ މައްސަލަ ތަޙްޤީޤުކޮށް ޝަރީޢަތަށް ފޮނުވަންވާނެ ކަމަށް އެބޭފުޅާ މީގެކުރިން ވިދާޅުވެފައި ވެސް ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ދޮގު މަޢުލޫމާތު ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރައްޔިތުންނަށް ދީފައި އެކަން ފުލުހުން ތަޙްގީޤު ނުކޮށް ޝަރީޢަތަށް ނުފޮނުވައި ބޭއްވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވިޔަސް ޢާއްމު ފަރުދަކަށްވިޔަސް ޤާނޫނުގެ ޙުކޫމަތު އެންމެންގެ މައްޗަށް ވެސް ހަމަހަމަވެގެންވެއެވެ.

    *** މިބޭފުޅާއަށް ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓްގައި ހިމެނޭ ކަންކަން ކުރުން ފިޔަވައި، ދިވެހި ދައުލަތުގެ އެއްވެސް މަޢުލޫމާތެއް ޙިއްޞާކުރަމުން ދިޔުމުގެ ނަތީޖާ އަކީ ދައުލަތް ނޭވާހޮޅިއަށް އެޅި ނުރައްކާތެރި ކޮވިޑް - 19 މިރާއްޖެއަށް އެތެރެކުރެވި، މިޙާލަތަށް ޤައުމު ވެއްޓި ނިކަމެތި ދިވެހިރައްޔިތުން މަރުގެ ތުންފަތްމަތީގައި ތިބެން ޖެހުމެވެ. ދިވެހިރާއްޖޭގެ ހުރިހާ މީޑިޔާތަކާއި ނޫސް މަޖައްލާތަކުގެ މެނޭޖުމެންޓުން ވެސް މިބޭފުޅާގެ ޚަބަރުތައް ނުގެނެސްދެއްވޭތޯ ބެއްލެވުން ރަނގަޅު ކަމަށް ފެނެއެވެ.

  2. އަލީ

    އަލުން ޕްރައިމަރީވެސް ބާއްވަން ވަރަށް ބޮޑަށް ފެނޭ.