ގއ.ކޮނޑޭއަށް އެރި ބޮޑު ކިބުލެއް ދާ ޖަހައިގެން މިރޭ ހިފައިފިއެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު އަބްދުލްހަކީމް ވިދާޅުވީ، އެ ކިނބޫ ފެނިފައި ވަނީ މިރޭ 21:30 ހާއިރު މަސް ހިފަން އުޅުނު ދެމީހަކަށް ކަމަށެވެ.

ކޮނޑޭއިން ފެނުނު ކިނބުލުގެ ދިގުމިނުގައި ހަފޫޓް އެބަހުއްޓެވެ.

"ރާޅު ޖަހާ ހިސާބުގައި އޮއްވާ ކިނބޫ ފެނުނީ މަސް ހިފަން އުޅުނު ދެމީހަކަށް. އިތުރު ބަޔަކާއި އެކު މަސް ހިފާ ގޮތަށް ދާ ޖަހައިގެން ހިފައިގެން މިހާރު އޮތީ ކައުންސިލް އިދާރާއަށް ގެނައިސްފައި،" ހަކީމް ވިދާޅުވެއްޖެ އެވެ.

ހަކީމް ވިދާޅުވީ މިހާރު ކިނބޫ އޮތީ ވަރަށް ރަނގަޅަށް ހައްޔަރު ކޮށްފައި ކަމަށެވެ. ކިނބޫގެ ހަތަރެސް ފަޔާއި ތުން ވެސް ބަނދެފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުލުހުން ރަށަށް އަންނަން ދެން ކިނބޫ ބަލަހައްޓައިދޭން ފުލުހުން އެދިފައިވާ ކަމަށެވެ.

ބައެއް ދުވަސްވަރު ރާއްޖޭގެ ބައެއް ރަށްރަށުން ކިނބޫ ފެނުމަކީ ކޮންމެވެސް ވަރަކަށް ހިނގަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބުރޯ

    ޢެއީ ބުރޯ ބޯކުދިން އެކުދިން ސިކްވީމާ އެދަނީ އެބަޔަކަށް ދެވުނު ގޮތަކަށް މިރަށާއި ކައިރީގައި އޮތް ރަށަށް ރޭގަނޑު ދަންވަރު ކަނޑު ހުރަސްކޮށް ފަތާފައިވެސް ދާކަމަށްވަނީ

    48
    3
  2. ދަަތްބޯ

    ލޮކްޑައުން ގެ ހާލަތުގައި އެއްރަށުން އަނެއްރަށަށް އެރުމަކީ މަނާކަމެއް. އަވަހަށް މުއްދަތުޖަހާ

    89
    • ފާއިޒު

      އެޗް. ޕީ އޭ ގެ ހުއްދަ ނުނަގާ ކޮނޑޭއަށް ކިނބުލެއް އަރައިފި

      15
  3. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    މިކަހަލަ ތަދު ދުވަސްވަރެއްގަ ތި ލިބުނީ ޖަވާހިރެއްނު!

    65
    3
  4. ހަމަހަމަ

    ތި ކިނބޫ ހިފަން ކިތައް އަންހެނުން ބައިވެރިވިތަ.. އަންހެނުންނާ ފިރިހެނުން ހަމަ ހަމައޭ ކިޔާތީ މި އަހާލީ

    80
    5
    • ހުސެން

      ކުރަތްޕެއް ހިފަންވެސް އަންހެނަކު ބައިވެރިއެއް ނުވާނެ މިކޮމެންޓުން ކުއްވެރި ނުވެއްޖިއްޔާ ރަ ގަޅު!!!

      11
      3
  5. ޔާގޫތު

    ތީ މީހުން ކާލަންވެގެން އެރި ގޮލައެކޭ

    58
    1
  6. ބިނޫ

    ވެރިކަމުގަހުރި އެތި ނުފެންނަނީ މިހެންވެދޯ!!

    65
    13
  7. ޯބޯޖަލީލު

    ތީ އިބޫގެ ހާލުބަލާލަން އައި އިބޫގެ އާއިލާ ބޭފުޅެއް ދެރަގޮތެއްނުހަދާ ރިޔާސީ ގަނޑުވަރަށް ގެނެސް ދެއްވާ އޯގާތެރިކަމާއެކު އެހެންނޫނީ މަޖިލީހުގެ ރައީސް ނޫސްބަޔާން ނެރެފާނެ ކިނބޫ ރާއްޖޭގެ ގާނޫނާ ހިލާފުވެއްޖޭ ކިޔާފައި އަނެއްކޮޅުން މަވޯޓާ ސަރީފު އަލިފާނަށް އަރާ ނަސީދަށް ރައްދުދީފާނެ މިއޮތީވާ ވެރިކަމެއް ތި ކިނބޫ ބާއްވާ ގަނޑުވަރުގައި މެޑަމް ފަޒޫ މުނިފޫހި ފިލުވަން ގައުމު ދަވާލައިފި

    35
    6
  8. ޡަމީ

    ތިޔަ ކިބުލު ގެ ބޯކޮށާ ތުބުޅިބާލާ ރީއްޗަށް ފެންވަރުވާފަ ފުއްޖައްސުވާލަ.

    34
    4
  9. ޜޫކުރު

    ޢާއިލީ ބޭފުޅެއް!އަނިޔާ ނުކުރާތ!

    33
    6
  10. މާހިރު

    ޢިބުރާހިމާ ނުފޮށޭ ތީތިކަޑައޭ ބުރޯ

    30
    8
  11. މަބުރޫކު މުރާކި

    ތީ ގެ މައިސޯބު މި ގައުމު ހިން ގަނީ ލޮލް

    34
    8
  12. މާރިޔާ

    މަނިކުފާން ލޮކްޑައުން ކޮއްފަ އޮއްވަ ވަގަށްތިޔަދިޔައީ ގއ.ދެއްތޯ ތާހިރު ވެއްޖެއެއްނު.

    30
    4
  13. ދިވެހިން

    ކުޑަކުދިންހެ ބަގީޗާގައޮތް ކިނބޫދޯ ތިރަށައްތިއެރީ. އަވަހައް މާލެގެނޭ!

    35
    1
  14. ލޮލާލޯ

    ތިރަށަކަށް ގެރިޔެއް ނާރާތަ ސޮނިބެ ވަރަށް އުފާވާނެ ރަށްރަށަށް ގެރި އަރަން ފެށީމަ ދެން އަރާނީ ގެރި ކަންނޭނގެ!

    34
    2