ކަރަންޓާއި ފެން ބިލް ހިލޭ ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ހުށަހެޅުމުން އެހުށަހެޅުން ފާސްނުކޮށް، ފެއިލް ކޮށްލައިފިއެވެ.

މިރޭ އޮތް އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ މިހާރު ސަރުކާރުން ނިންމާފައިވާ މާޗް އަދި އޭޕްރީލް މަހުގެ ކަރަންޓް ބިލުން 40 އިންސައްތަ އަދި ފެން ބިލުން 30 އިންސައްތަ ކުޑަކުރުމަށް ނިންމާފައި އޮތް ނަމަވެސް ރައްޔިތުން ފުރަބަންދު (ލޮކްޑައުން) ގައި ތިބޭ ވަގުތުގައި ކަރަންޓާއި ފެން ބޭނުން ކުރާވަރު އިތުރު ވާނެތީ ޖީބުން ދައްކަން ޖެހޭ އެއްޗެއް ކުޑަނުވާނެ ކަމަށެވެ. އެހެންކަމުން އޭނާ ހުށަހެޅުއްވީ މާޗް މަހާއި އޭޕްރީލް މަހުގެ ފެންބިލާއި ކަރަންޓް ބިލް ހިލޭ ކޮށްދިނުމަށެވެ.

އެހުށަހެޅުމަށް ތާއިދު ކުރެއްވީ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އެވެ. ޝިޔާމްގެ ހުށަހެޅުމަށް ވޯޓަށް އެހުމުން ވޯޓް ދެއްވީ ހަތަރު މެންބަރުންނެވެ. އެއީ ޝިޔާމްގެ އިތުރުން އެމްޑީޕީގެ ފުވައްމުލަކު މެދު ދާއިރާ މެންބަރު ޙުސައިން މުޙައްމަދުދީދީ، އެމްޑީޕީގެ މެންބަރު މާފަންނު މެދު ދާއިރާ އިބްރާހިމް ރަޝީދު (ބޮންޑޭ) އަދި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އެވެ.

ވޯޓަށް އެހި ވަގުތު އަލީ ހަމީދު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ނެތް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ކަރަންޓް ބިލާއި ފެން ބިލް ހިލޭ ކުރަން ހުށަހެޅި ހުށަހެޅުމާއި ދެކޮޅަށް ވޯޓް ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ ތޮއްދޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެކަންޏެވެ. ދެން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ މެންބަރުން ވަކި ކޮޅަކަށް ވޯޓެއް ނުދެއްވައެވެ.

ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިއްބެވީ އެމްޑީޕީ އަށް ނިސްބަތްވާ ކިނބިދޫ ދާއިރާ މެންބަރު މުޙައްމަދު ނާޝިޒު، ފޭދޫ ދާއިރާ މެންބަރު މުހައްމަދު ނިހާދު އަދި އަމިއްލަ މެންބަރެއް ކަމަށްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އެވެ.

އެސްއޯއީ ކޮމެޓީގައި ތިއްބަވަނީ އެމްޑީޕީގެ އަށް މެންބަރުންނާއި ޖޭޕީގެ މެންބަރަކާއި ޕީޕީއެމްގެ މެންބަރާއި ޕީއެންސީގެ މެންބަރެއްގެ އިތުރުން އަމިއްލަ މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ލެފްޓްރައިޓް

    އަސްލު ކުއްޔަށް އުޅޭ ރައްޔިތުންގެ އަތުގައި ހުރީ ކާނެއެއްޗެއް ގަންނަން ހުރި ލާރިކޮޅެއް، އެވެސް ވަރަށް މަދު. ވީއިރު މިފަދަ ދަނޑިވަޅެއްގައި ވަޒީފާއެއް އަދި އާމްދަނީއެއް ނުލިބި ކުއްޔަށް އުޅޭ ރައްޔިތުންނަަށާއި، އެންމެ ރައްޔިތުންނަށް ކަރަންޓް ފެން ހިލޭނުކުރެވެންވީ ސަބަބެއް ނެތް. ރައްޔިތުން ދަނީ ޓެކްސް ދައްކަމުން . އެތަކެއް ހިލޭއެހީތަކާއި ލޯންތަކުން ފައިސާ ދަނީ ލިބެމުން. ރައްޔިތުންނަށް މިދަނޑިވަޅު އޯގާތެރިވުމަކީ ފަހަށް ލިބޭނެ މޮޅަކަށް ނުވެނުދާނެ

    151
    3
  2. ސިޒޫ

    އެވެސް މީހަކައް ފަސޭހަވެދާނެތީ

    123
    5
  3. ޢަގީލަންބާ

    ކަލޭމެންނަށް މުސާރަދޭން 4.2 ބިލިއަން ރުފިޔާ ފާސްކުރެވުނީމަ ނިމުނީއެއްނަުން. އެހެން ބަޔަކަށް ލުޔެެއް ހޯދައި ނުދޭތި

    144
  4. މާނުބައި

    ކަރަންޓާއި ފެން ބިލް ހިލޭ ކުރަން ހުށަހެޅުމުން ފާހެއް ނުވި، ނުވެސްވާނެ،
    ޖަޒީރާ ރާއްޖޭގާ ދިވެހިން މިގައުމުންވެސް ބޭރުކޮއްލަފާނެ!
    ބަނގުލަދޭޝުން ރާއްޖެއަށް އެތެރެވެ ޕާސްޕޯރޓު އަމިއްލައަށް ވީދާލާކޮންމެ މީހަކަށް، އެއްވެސް ސުވަލެއްކުރުމެއް ނެތި، ދިވެއްސަކަށް ލިބޭނެ ހުރިާ ހައްގެއް ލިބިގެންދާނެ، އަދި ހުޅުމާލެއިިން ހިޔާވެސް، ކުއްޔަކާނުލާ ދިރިއުޅެވޭނެ ގޮތް ހަމަޖެހޭނެ، ދިވެހި އައި.ޑީ،ކާޑެއް އޮތަސް "މާލޭގެ ސިޓިޒަންޝިޕް" ލިބިފައި ނެތިިއްޔާ ބަންގުލަދޭޝް މީހުންނަށްވުރެވެސް ދަތިހާލުގައި އުޅެފައި ލިބޭ ހުރިހާ ފައިސާއެއް ކުއްޔަށް ދީފައި މަރުވާންޖެހޭނީ!
    ޖަޒީރާ ރާއްޖޭގައި، އަދި އެންމެ ނުރައްކާތެރި ކަމަކީ ﷲ އާއި އެއިލާހުގެ ރަސޫލު صلى الله عليه وسلم އަދި ކީރިތި ގުރުއާނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ފާޑުފާޑުގެ ރިޕޯރޓުނެރުން. ކޮންމެހެން މޑނ ގެ އެކަނިކަމެއް ނޫން، މޑނ ލައްވާ އެކަންކުރުވާ މީހުން އަދި މާނުބައި.

    109
    3
  5. ބިޖޫ

    ކަލޯ އެވެރިންނަކައް އެކަމެއް ހަޖަމެއްނުވާނެ މިއުޅެނީ ސައުދީން ބަހަންދިން ކަދުރުކޮޅުވެސް ހެޔޮސަރުކާރުން ބަނޑުފުޅު އަޅުއްވާލައިގެން ދެން މިވަރަކައް ހެޔޮވާނީ ކުރީގަ ކަދުރުފާތުމަ މިހާރު ކަދުރު ފަޒްނާ ދޯ

    116
    6
    • ދޮގެއް؟

      ކުރީގަ ކަދުރު ނުލިބިފަ އެބައޮތްތަ؟ އެންމެނަށްވެސް ކަދުރު ލިބޭ ކުރީގަ. މިދިޔަ އަހަރާއި މިއަހަރު ވަގަށް ނަގައިފި ކަދުރުކޮޅުވެސް. ކުރީއަހަރު ސިޓީ ކައުންސިލްގެ ކޮޓަރިއެއްގަ ގުދަން ކޮށްގެން ކަދުރުކަޅުދައްތަ ކަދުރުކޮޅު ކާލި ކަމަށް ވަނީ. މިފަހަރު އިސްލާމިކް މިނިސްޓްރީ ތެރޭން ތިކަމެއް ހިނގަނީ.

  6. ާއަހުމަދު

    އައްޑޫ މެންބަރު ދެކޮޅުހެދި ތަ؟

    74
    1
    • ޙަސީނާ ފޭދޫ

      އެއީ އެތާއިން އެންމްމެ ގަމާރު އެންމެ ބޮޑާމީހާ.

  7. ޖިހާދު

    ރައްޔިތުންނައް އޯގާތެރި އެމްޑީޕީ ސަރުކާރުގެ އޯގާތެރިކަން މިހިރަފެންނަނީ އަދިވެސް ވޯޓްހޯދަން ރައްޔިތުންކައިރިއަށް އަންނަންޖެހޭނެކަން ހަނދާންކުރާތި އިރާދަކުރެއްވިއްޔާ ވަރައްއަވަހައް ކަލޭމެން ތިކުރާކަންތަކުގެ ހިތިރަހަކަރުތެރޭގަ ލާންފަށާނެ

    123
    6
    • ކިނބޫ

      ކޮންތާކު! ދިވެހިން ދުވަހަކުވެސް ހޭވަރިކަން ނުވާނެ.

  8. ނަޖީ

    އެހެން ޤައުމުތަކުގަވެސް ކިހާކަމެއް ކޮވިޑާ ހެދި ރައްޔިތުންނަށް އެ ލުއިކޮށްދެނީ. ނިކަމެތި ރައްޔިތުން ހާލުގަ ޖެހުނީމަ އެހީއެއްވެދޭން ރަނގަޅު.

    102
    3
  9. Anonymous

    އޯގާތެރި ސަރުކާރުގެ އޯގާތެރިކަން މިހިރަ އުތުރި އަރަނީ. ރައްޔިތުން ބަނޑަށްޖެހި ހާލުޖެހުނު ދުވަހު ފައިސާވެރިން އެމީހުންގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް އެއްލާލައި، މާލޭގެ ގެދޮރުވެރިން އެމީހުންގެ ގެތަކުން ކުލިބޮޑުކޮށް ކުލި ނުދައްކާނަމަ ގެއިން ނެރެލައި، ސަރުކާރު މުވައްޒަފުންގެ މުސާރަކުޑަކޮށް ކަމެއް ނުކުރިޔަސް އެންމެ ބޮޑު މުސާރަ ލިބޭ މަޖުލިސް މެންބަރުންގެ މުސާރަ ކުޑަނުކޮށް މެންބަރުންގެ ދާއިރާގެ ހާލުވެސް ނުބަލައި، އަދިވެސް ރައްޔިތުންނަށް ލުޔެއްލިބޭނެ ކަމެއްނަމަ އެކަމެއް ވިޔަނުދީ ރައްޔިތުން ބަނޑަށް މަރުވާންދޫކޮށްލުމީ އޯގާތެރިކަން އުތުރި އެރުމުގެ މިސާލެއް. ދެންވެސް އިންތިޚާބެއް އަންނައިރަށް އެމްޑީޕީއިން ގޮސް ރައްޔިތުމީހާގެ ކައްގަނޑުގައި ދޫހާކާއިރަށް ހޭދެބައިވެގެން މިބުރާންތިންނަށް ވޯޓުދޭނެ ގަޅި ރައްޔިތުން.

    104
    3
  10. ޢަނީ

    ނިކަމެތި ރައްޔިތުންނަވީމަ އެޗެއްދޭން ދެކޮޅު. އިޒަތްތެރިންނަށް ހުރިހާ މޮޅެއް. ކޮބާ އިންސާފު؟

    114
    1
  11. ޔަޒީ

    Hiley nukuriyas fenbilunnaa current bill thakun vanee baeh madhukurevifa ? rayyithun athun dhaulathah vanna laarin ves Hama mi haadhisaa dhimaavumun huri dhathi thah foobehdhumah eba masaikai thah kurevigen dhey, raajje ah laari Vanna mai eh dhoru mihaaru evanee ekee bandhu vefakan ves faahaga kohlan, ehen vumun mi haalathuga mi gaumah laarieh Vanna ehen maagina bodethi kolhu thakeh nei eyge sababun dhaulathun bodu haradhuthah kohgen dhookuraa current r fenaa mihurihaa kamah ves dhaulathun balaanee edhevigenvaa gothakah Mikan kamuge kharadhuthah belehetteytho noon tho? Mihaaru ves meege kurin Aharen dhakkaa fenbilaa current ah araa varah vureh Madhu laari kolheh dheegen miulhenee gaimuves kurin dhakkaa varah vureh bodeh nuve Kuda kohdheefa othee ehen vumun gaumuge maalee haalathu ves engihure emeehun ekohdhin kamah shukuruverivaa haaluga vrh ufalun mi hunnevee adhi alhuganduge dua akee mulhi gaumun mi balimadukan filaa gaumuge binthakugai Allaah subhānahu wa ta'ala barakaai lahvavai hurihaa enmenge rizq thanavasve dhulhaheyo Kan dhevvavaa gaumuge iqthisoadhah Kuri erunthah Allaah subhānahu wa ta'ala minvaru kurehvun Aameen! Alhamennakee shukuruverivaa kehtheri baeh kamugai lavvavaashi

  12. ބަކުރުބެ

    ކޮވިޑް19 އާ ގުޅިގެން ކަރަންޓާ ފެނާ ހިލޭކޮށްދިނީ ކޮން ޤައުމަކހންބާ، ސިޔާމުމެންގެ މުސާރަ ފަންސާސް ޕަސެންޓް ކުޑަކުރަން ހުށަހަޅަހަޅަން ނުކެރިގެން އުޅެނީ ކީއްވެގެންބާ!؟

    15
    40
    • ކިނބޫ

      ކަލޭގެ ގުންޑާއިން ލައްވާ ހުށަހަޅަންވީނު 50 ޕަސެންޓް ކުޑަކުރަން. ކީއްވެ ނުކެރިގެން އުޅެނީ؟ ކަލޭމެން ބުނާ އެއްޗެއް ހުށަހަޅާކަށް ނުޖެހޭ ޝިޔާމަކަށް.

  13. ކޮތަރު

    ވޯޓް ދޭންވާ ގަޑިއަށް ބަޗައިގެން ދިޔުމަކީ ތިޔަ ޢިއްޒަތްތެރި ގޮހޮޅުންގެ ކަށީގައި ހިފާފަ ހުންނަ ވަރަށް މާތް ސިފައެއް. އެބައިގަނޑުގެ މުސާރައެއް އެލަވަންސެއް ބޮޑުކުރަން ހުށަހަޅާ ވޯޓަށް އަހައިފިނަމަ ފާޚާނާތަށި މަތީގަ އިނދެފަ ނުތާހިރާވެސް ގަޑިއަށް ޙާޒިރުވެ ވަޑައިގަންނަވާނެ.

    44
    1
  14. ނައިފަރު އެއްބައި

    ޢެމްޕީ ސިޔާމް އަކީ ރައްޔިތުންނަށް ހެޔޮއެދޭ ބޭފުޅެއް. ސިޔާމް އަށް ހަމަ އައްސަރި ބަހާ ސާބަސް.

    54
    5
    • ލަމްހާ

      އައި ލަވް ހިމް ސޯ މަޗް..ހޭންޑްސަމް މޭން.

  15. Juhaa

    އެޕްރީލްމަހާއި މޭމަހުގެ ފެން ބިލުން %30 ކަނޑާދޭނަމޭ ސަރުކާރުން ބުނިއިރު އެޕްރީލްމަހުގެ ބިލްތައް ލިބުނުއިރު އެންމެ ލާރިއެއްވެސް ކަނޑާފައެއް ނެތް. ޙީލަތްތެރި ސަރުކާރެއް.

    48
    1
  16. މ

    ދެން ހުރިހާ ކަމަކަށް ލުއި ދެންޔާ ގައުމު އެކަށް ހަލާކުވާނީ. ގޭގަ މަޑުން ތިބެން ބުނީމަ އެކަން ކުރަން އިނގުނީއެއް ނޫން. ޟިޙާރު ވެސް ކޮންނަމެއް ލުއި ނުކޮއް ދެނީ. ދިވެހިންނަށް ހެވެއް ގޮތެއް ނޯވޭ!!!!

    7
    35
    • ކެކެކެ

      އޭ އެލެކްސް ކަލޭ މިތަނަށް ވަދެ އަނގަ ނުތަޅާ ހުރޭ. ތީ ބޮލުރޮދި ކެނޑިފަ ތިބި އެއްޗިހިތަކެއް.

      2
      1
    • Anonymous

      މިތަނަށް މި ބަލި ފެތުރުނީ ގޭގަ ނުތިބިގެނެއް ނޫން. ބޮޑުންގެ އާއިލާތައް އެކި ގައުމުތަކުން ގެނެސް ކޮރަންޓީން މުއްދަތު ހަމަ ނުކޮށް މާލެ ތެރެއަށް ދޫކޮށްލާ އަދި ނުވިތާކަށް ޕާޓީ ބާއްވާލީމަ. އޭގެ ކުރިން ރާއްޖެ އަކު ކޮވިޑެއް ނެތް. އވިސްނިއްޖެތަ؟

      5
      3
  17. ކައްބޮއްލާ

    ތިތާ ތިބެނީ ރައްޔިތުންނަށް ހެވެއް އެދިގެން އުޅޭ ބައެއްނޫން. ތިމާމެންގެ އަމިއްލަ މަންފާއަށް އެދޭ ބައެއް.

    35
  18. ާއަޙްމަދު

    ހިލޭކުރަން މަށައްވެސް ނުފެނެ. ޔުނިޓަކަށް 1 ލާރި ހަދަން ފެނޭ. އެއީ އެންމެ އިންސާފު ގޮތްކަމުގައި ދެކޭތީ.

    19
    4
  19. ނަމަ

    ބޮޑު މުސާރަ ލިބުނީމަ އެނިމުނީ ރައްޔިތުން ހަނާވިއަސް ރަންގަލުވާނެ ވޯޓު ހޯދީ ފައިސާ ދީގެނޭ ބުނީމަ ރަންގަޅުވާނެ

    29
    1
  20. ދިވެހިން

    ބަޖެޓުކައި ހުސްކޮއްފި. ދެންކިހިނެއް ތިކަމެއްވާނީ؟

    32
  21. ދުންތަރި

    އެމްޑީޕީ މަޖިލިސް މެމްބަރު 82 ހާސް ޖަމާވާނެ ނިކަމެތިން ނިކަމެތިވާނީ ނިކަމެތިންނަށްކުލިނުދެއްކޭނީ ބިލްތަކަށް ފައިސާ ނުދެއްކޭނީ އެހެންވިމާ އެކަހަ ބިލްތައް ޖެހޭނީ ވަގުތުން ބޭރުކުރާން ނިކަމެއްޗަކަށް މަންފާއެއްވާކަހަލަ އެއްވެސް ކަމެއްކޮށްގެން ނުވާނެ ބާރާ އާރާ ނުފޫޒު ބަނޑުދަށުލާން މިދަނޑިވަޅުގަވެސް ބިލްތައް ހުށަހަޅައި ޖަލްސާ ބާއްވައި ބިލްތައް ފާސްކުރުމަށް ހޭބޯ ނާރާ ތެޅިފޮޅެނީ ނިކަމެތިން ނިކަމެތިކަމުގަ ނިކަމެތިން ބޭނުންވާނީ ވޯޓު ހޯދަންވީމަ ވޯޓު ލިބުނީމަ އެހިސާބުން އެބާބު އެނިމުނީ ދެން ބަލާމާނި އަމިއްލަ ބާލީހަށް ބަނޑާރަ ކަފަ ލެއްވޭތޯ ދައުރު ނިމެންވާއިރަށް މިލިއަން މިލިއަން ރުފިޔާ އާއި ބޮޑެތި ވިޔަފާޜިތަކާ ކުންފުނިތަކުގެ ހިއްސާއާއި އާގުބޯޓާ ސަފާރީތަކާ މުދާ ހޯދުނީމަ އެ ނިމުނީ

    31
  22. ޑައެލޯގް

    ބޭންކުލޯނު ކަންތަކާވެސް ސަރުކާރުންހެދީ މަކަރު އިންޓްރެސްޓް ނުކަނޑާ، ދެންގޮވަނީ ކުއްޔަށްދީފައިވާ ތަންތަން ކުލިކުޑަކުރާށޭ، ކުލިކުޑަކުރުންރަގަޅު އަދި ބައެއްމީހުން ކުޑަވެސްކުރިއެވެ. ނަމަވެސް ސަރުކާރުން ފެން، ކަރަންޓް ކުޑަނުކުރެއެވެ. މިވަގުތަކީ ގޭގަ ބަންދުވެފަތިބޭވަގުތުކަމުން ފެނާކަރަންޓް ގިނައިން ބޭނުނަކުރާނެ. އެކަމު ލިބޭހާއާއި ލޯނުގެ އެއްބައި ބޮޑުންގެ ޖީބަށެވެ. އެކަމު މިއީ ލޯނުނުނަގާ ސަރުކާރެކޯލަ

  23. ކެރޯން

    މަގޭހަޔާތުގަވެސް މިވަރުގެ ޖާހިލް ގޮލައެއްނުދެކެން ބޮޑުވަގު ކަލޭގެ

    4
    1
  24. އަލީއިމްރާނ

    މިޔައްވުރެ މާގިނަ ފައިސާ އެޙަރަދުކުރަނީ ސަރުކާރުގެ އިހްމާލުން މިގައުމުގަ އިމިގްރޭޝަން ގާނޫނާއި ޙިލާފައް އުޅޭމީހުންނައް ފެދޮރު އަޅާދީ ކާންދީ ބޯންދީ ކަރަންޓާއި ފެން ހިލޭ ކޮއްޔެނެތި މިގައުމުގެ ރައްޔިތަކައް ދޭންވީމަ ބޮޑު އެކަމަކު ސަލާންޖަހައިގެންނާއި އާދޭސް ކޮއްގެން ވޯޓް ހޯދަން ތައޔަތު މީހާކައިރިޔައް ކޮބާތޯ މިމީހުންގެ ލަދާ ހަޔާތާ ކުލުނާ އަގަލު ވޯޓް ހޯދަންވީމަ ލޮބިވެތި ރައްޔަތުން

  25. އަލީއިމްރާ

    މިޔައްވުރެ މާގިނަ ފައިސާ އެޙަރަދުކުރަނީ ސަރުކާރުގެ އިހްމާލުން މިގައުމުގަ އިމިގްރޭޝަން ގާނޫނާއި ޙިލާފައް އުޅޭމީހުންނައް ފެދޮރު އަޅާދީ ކާންދީ ބޯންދީ ކަރަންޓާއި ފެން ހިލޭ ކޮއްޔެނެތި މިގައުމުގެ ރައްޔިތަކައް ދޭންވީމަ ބޮޑު އެކަމަކު ސަލާންޖަހައިގެންނާއި އާދޭސް ކޮއްގެން ވޯޓް ހޯދަން ތައޔަތު މީހާކައިރިޔައް ކޮބާތޯ މިމީހުންގެ ލަދާ ހަޔާތާ ކުލުނާ އަގަލު ވޯޓް ހޯދަންވީމަ ލޮބިވެތި ރައްޔަތުން

  26. ދދދދދދ

    ރައްޔިތުންނަށް އެއްޗެއް ދޭން ކެރޭނެތަ ތި ވަގުންނަށް؟ ތީ ކޮންބައެއް! ރަތްލާޖެހި ރީނދޫ ވަގުން.

    7
    1
  27. މވސ

    ލޮކްޑައުންގެ މުއްދަތުގެ ކަރަންޓާއި ފެންބިލް ހިލޭ ކުރަންޖެހޭ.. ސަބަބަކީ ލޮކްޑައުންގައި ތިބި ގިނަ ފަރާތްތަކުގެ އާމްދަނީ ދައްވެ މަސައްކަތް ނުކުރެވޭތީ.. އެންމެ ކުޑަ މިންވަރަކައް މި މުއްދަތުގެ ފެން އަދި ކަރަންޓު ބިލް ކުރިޔައް އޮތް 6 މަސް ދުވަހައަ ބަހާލަދީގެން ދައްކާ ގޮތައް ހެދުންވެސް ހަމަ ރަނގަޅު. އެކަމަކު މި ދޔވަސް ވަރުގައި އެހެން މަސްތަކެކޭ އެއްގޮތައް ބިލްކޮއް ފައިސާ ނެގުމަކީ އިންސާފެއް ނޫން އަދި ރައްޔިތުންގެ ހާލާއި މެދު ހަގީގީ ހަމްދަރުދީހުރި ސަރުކާރަކުންނެއް އެގޮތައް ހެދުމަކައް ނެދޭނެ.

  28. ރާގެތެރޭ މީހާ

    މާލޭ މީހުން ނަށް ކަރަންޓާ ފެނާ ހިލޭދޭކަށް ނުޖެހޭނެ އޭފަހެ ކިހާ ވަރެއްގެ ބައެއް.................

  29. ޝުކުރިއްޔާ

    އިއްޒަތް ތެރި ވަގު އެމްޕީސް ރައްޔިތުންގެ ދެން ނައަންނައްޗޭ މަގޭ ކާރިޔަށް ވޯޓް ހޯދަން ތީރައްޔިތުންގެ ހަލާކް ކޮރޯނާ ޖައްސާ ބަލި ކުރަށް އެކަކު މުގްނީ ކަލޭގެ ބޯ ހުރިތޯ ބަލާބަ ގަމާރު ގޮލާ

    5
    1
  30. ޙުސެން

    ރައްޔިތުންނަށް ލުޔެއް ދިނުމުގެ ބަދަލުގައި އަދިވެސް ރައްޔިތުން އަތުން ފެލަނީ....ކާ އެތި ކޮޅު ހޯދަން މަގަށް ނުކުމެ ގެއަށް ވަނުމުގެ ކު ރިން ފުލުހުންނަށް 1000 ރ ދޭންޖެހިއްޖެ... އާދޭސް ކޮށް ކާނެ އެއްޗެއް ނެތި އޯޑަޜަށް ޖެހި މަސްކޮޅު ނައިސް 2 ދެދުވަސް ވީމަ ނުކުތުމުން ސަ ރުކާ ރުން ދިން ހަދިޔާ އަކީ 1000 ރ ގެ ފައިން ސްލިޕް ކޮޅެއް... ސަ ރުކާ ރު ވާނީ ނުކުޅެދިފައި ރައްޔިތުންނަ ދިނުމުގެ ބަދަލު ރަައްޔިތުން ފެލަނީ...

  31. 13މޮޔަ

    އެއްގޮތަކަށްވެސް ހިލޭ ވެގެންނުވާނެ ގައުމަށް ހެޔޮއެދޭ އެއްވެސް މީހަކު މިވަރުގެ ކަމަށް ނޭދޭނެ ހިލޭ ކޮއްފިނަަ ފެންއިސްކުރު ދޫއްފަ ބަހައްޓާނީ ކިތަށްމީހުންތޯ؟ މީތާ އުޅޭ ބިދޭސިން ފެންބޭނުން ކުރުމުގައި ހައްދެއް އޮއްނާނެތޯ
    ތިޔަ ކަހަލަ ކޮސްނުގޮވާ ލިބޭ ތަރުހީބަށްވުރެށް ގެލޭ އިތުބާރު ގިނަވާނީ .